ހދ. ނާގޯށި ތަރައްޤީ ކުރުމުގެ މަސައްކަތް އަންނަ ރިސޯޓުގެ މަސައްކަތް ކުރިއަށް އޮތް ދެތިން މަހުގެ ތެރޭގައި ފެށިގެން ދާނެ ކަމަށް މޯލްޑިވްސް ޓޫރިޒަމް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ވިދާޅުވެއްޖެއެވެ. އެ ރިސޯޓުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ކުރިންވެސް އެމްޓީޑީސީން ވަނީ ވިދާޅުވެފައެވެ. އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު “ތިލަދުން”އަށް ވިދާޅުވީ، ނާގޯށީގައި ތަރައްގީކުރަން މަސައްކަތްކުރާ ރިސޯޓުގެ މަސައްކަތަށް ބޭނުންވާ އިދާރީ ކަންކަން ގާތްގަނޑަކަށްހެން މިހ...
ޝިއުނާ އާދަމް
ކޯވިޑް-19 އާއި ގުޅިގެން ހއ. ދިއްދޫގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅައިފިއެވެ. އެފިޔަވަޅުތައް އަޅަން ނިންމިކަން އަންގައި ދިއްދޫ ކައުންސިލުން ވިދާޅުވީ، މިވަގުތު ދިއްދޫގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ ޞިއްޚީގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެ ރަށް މޮނިޓަރިންއަށް ލާފައިވުމުމާއެކު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ. މިގޮތުން ދިއްދޫ ކައުންސިލުން ވަނީ އެރަށުގައި ކޯވިޑް ފެތުރުން ކޮނ...
ޔުމްނާ ޢަލީ
އިނގިރޭސިވިލާތުގައި އޮތް ޖީ7 ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމަކަށް ދިޔަ އިންޑިއާގެ ޑެލިގޭޝަންގެ ދެ މެމްބަރަކު ޕޮޒިޓިވްވެއްޖެއެވެ. އިންޑިއާގެ ޑެލިގޭޝަނުގައި އިސްކޮށް ހުންނެވި އެގައުމުގެ ފޮރިން މިނިސްޓަރު ސުބްރަމާނިޔަމް ޖަޔަޝަންކަރު މިއަދު ވިދާޅުވި ގޮތުގައި ކޮވިޑަށް ޕޮޒިޓިވްވެފައިވާ ދެ މީހަކާއޭނާއާ ބައްދަލުވިކަން އިއްޔެ ވަނީ އަންގާފައެވެ. އެހެންކަމުން އޭނާ ވަނީ ދެން ބައްދަލުވުންތަކުގައި އޮންލައިންކޮށް ބައިވެރިވެވަޑައިގަންނަވަން ނިންމަވައި އެކަހެރިވެވަޑައިގެންފައެވެ. “އަޅުގަނޑު ކޮވިޑަ...
އަޙްމަދު ވަހީދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި އިޞްލާހުގައި އެ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގައި “ކޮރަޕްޝަން” ކަމަށް ބުނެފައިއެވަނީ، ކޮރަޕްޝަންގެ ކުށާއި، ކޮރަޕްޝަންގެ ކުށެއް ކުރުމަށްޓަކައި ހިންގާ އެންމެހައި ޢަމަލުތައް ހިމެނޭގޮތުން ކަމަށް ހިމަނާފައިވެއެވެ. އަދި ހަމަ އެ މާއްދާގެ (ށ) ގައި، މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، “ކޮރަޕްޝަންގެ ކުށް” ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލް...
ޝިއުނާ އާދަމް
ކޮވިޑް ފެތުރުން ހުއްޓުމަށް އެޗްޕީއޭއިން އެޅި ފިޔަވަޅުތަކާ ގުޅިގެން މާލެ ސަރަހައްދުގައި ވެމްކޯއިން ހިދުމަތް ދޭ ވަގުތުތަކަށް ބަދަލު ގެނެސްފިއެވެ. ވެމްކޯއިން މިއަދު ބުނީ ކޮވިޑް-19 އާއި ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ކޯޕަރޭޝަންގެ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ޓްރާންސްފާސްޓޭޝަނުން ހިދުމަތް ދޭނީ ހަވީރު 5:00 ޖެހުމާއި ހަމައަށް ކަމަށެވެ. އަދި ވެމްކޯ ކޯލް ސެންޓަރުގެ ހިދުމަތް ދޭނީ ހެނދުނު 09:00 އިން މެންދުރު ފަހު 3:00 އަށްކަމަށެވެ. ވެމްކޯއިން ބުނީ މާލެ […]
އަޙްމަދު ވަހީދު
މިރެއިން ފެށިގެން މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުގެ ފިހާރަތަކާއި ކެފޭ، ރެސްޓޯރެންޓުތައް ހުޅުވޭނީ ރޭގަނޑު 9:00 ޖަހަންދެން ކަމަށް އިކޮނޮމިކްމިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ފިހާރަތަކުން ހިދުމަތް ދެވޭނީ ހެނދުނު 8:00ން ރޭގަނޑު 9:00އަށް ކަމަށެވެ. ނަމަވެސް ފުލުހުންގެ ހުއްދައާއެކުރޭގަނޑު 12:00 ޖަހަންދެން އެފަދަ ތަންތަނުން ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން ކެފޭ އަދި ރެސްޓޯރެންޓުތައް ފަދަ ކާބޯތަކެތީގެ ހިދުމަތް […]
އަޙްމަދު ވަހީދު
ހުރިހާކަމެއްގައި އިންޑިއާއަށް ބަރޯސާވުމުގެ ސިޔާސަތު ދޫކޮށްލައި، ހާރިޖީ މިސްރާބު ބަދަލުކޮށްދިނުމަށް އެދި އަދާލަތު ޕާޓީގެ ކުރީގެ ނައިބު ރައީސް އަދި މަޝްހޫރު އީއެންޓީ ޑަކްޓަރު، ޑރ. މައުރޫފް ޙުސައިން އިލްތިމާސެއް ކުރަށްވައި ފިއެވެ. ރާއްޖޭގައި ކޯވިޑްގެ ހާލަތު ވަރަށް ގޯސްވެފައިވަނިކޮށް ޑރ. މައުރޫފް މިމޭރުމުން ވިދާޅުވީ މީސް މީޑިއާ މެދުވެރިކުރަށްވައި، ކުރެއްވި ޓުވީޓެއްގައާއި، ކުރެއްވި ފޭސްބުކް ޕޯސްޓެއްގަ އެވެ. ޑރ. މައުރޫފް ވިދާޅުވީ، ހުރިހާ ކަމެއްގައި އިންޑިޔާއަށް ބަރޯސާ ވުމުގެ ސިޔާސަތު ދޫކޮށްލަން އެދިލަ...
އަލީ އާދިލް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކުރައްވައިފިއެވެ. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް މި ގެނައި އިސްލާހުގައި ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށާއި، ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށާއި، ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށާއި، ނުފޫޒުން ވިޔަފާރިކުރުމުގެ ކުށް ކަނޑައަޅުއްވާފައިވެއެވެ. އަދި މިފަދަ ކުށެއްކުރިކަމުގައި ނިންމަވާ ހަމަތަކާއި އު...
ޔުމްނާ ޢަލީ
ހދ. ނެއްލައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 65 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައުމި މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ ޕޭވްމަންޓް ހެދުމުގެމަސައްކަތެވެ. މި މަޝްރޫއުގެ ދަށުން 62,863 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި ބިން ހިއްކުމާއި، 331 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 204 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 50 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމ...
އަޙްމަދު ވަހީދު
ރާއްޖެގައި ކޯވިޑް-19އަށް ފަރުވާ ހޯދަމުންދިޔަ ދޮށީ އުމުރުގެ މީހަކު ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޯވިޑަށް ފަރުވާ ހޯދަމުން އުމުރުން 77 އަހަރުގެ އަންހެނެކެވެ. އެހެންކަމުން މިއީ ރާއްޖޭގައި ކޯވިޑް ބަލީގައި ނިޔާވި 75 މީހާއެވެ. ރާއްޖެއިން މިބަލީގައި ނިޔާވެފަ ވަނީ 65 ދިވެހިންނާއި 10 ބިދޭސީންނެވެ. ކޯވިޑްގެ ހާލަތު ގޯސްވެ، މުޅި ޤައުމު ނުރައްކަލަށް ހުށަހެޅިފައިވާއިރު، ރާއްޖޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ....
ޔުމްނާ ޢަލީ
ޔުއެފާ ޗެމްޕިއަންސް ލީގު ސެމީފައިނަލުގައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމް ކަމުގައިވާ ސްޕެއިންގެ ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު މުބާރާތުގެ ފައިނަލަށް ޗެލްސީ ދަތުރު ކޮށްފިއެވެ. މި ދެޓީމް ވާދަކުރި ސެމީފައިނަލުގެ ފުރަތަމަ ލެގުގެ މެޗު ކުޅެފައިވަނީ ރެއާލްގެ ދަނޑުގައެވެ. އެ މެޗު ނިމިގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ބުދަދުވަހުގެ ރޭ މި ދެ ޓީމް ބައްދަލުކުރި ސެމީ ފައިނަލުގެ ދެވަނަ މެޗު ޗެލްސީގެ ދަނޑުގައި ކުޅެފައިވާއިރު މި މެޗު ޗެލްސީ […]
އިބްރާހިމް ޚަލީލް
ހއ. ދިއްދޫއިން އިތުރު 12 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ދިއްދޫގައި ހުންނަ ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވީ މެއި 1 ވަނަ ދުވަހު އެވެ. އެއީ އަލާމާތްތައް ހުރެގެން ދެއްކި މީހެކެވެ. މިކޭހާއި ގުޅިގެން މިހާތަނަށް 53 މީހެއް ވަނީ ޕޮޒިޓިވްވެފަ އެވެ. އެއީ ފްލޫ ކްލިނިކަށް ދެއްކިއިރު ޕޮޒިޓިވްވި މީހާގެ އިތުރުން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި 52 މީހެކެވެ. އެރަށުން ވަނީ ހޯމް ކަރަންޓީނުގައި ތިބި 4 މީހެއް ވެސް […]
ޙުސައިން ޝަހުދީ
ކޯވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، 6 މެއި 2021 ގައި މާލެ ސަރަޙައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ރޭގަނޑު 9:00 ން ފަތިހު 4:00 އަށް ކާފިއު ހިންގުމަށް ނިންމާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗްޕީއޭ) އިންބުނެފި އެވެ. އެޗްޕީއޭއިން ދެންމެ ކުރި ޓުވިޓެއްގައިބުނެފައިވަނީ، މި ވަގުތުތަކުގައި ހިނގާބިނގާވެ އުޅުމާއި ދުއްވާ އެއްޗެހި ދުއްވުމަކީ މަނާކަމެއްކަމަށެވެ. އަދި ޟަރޫރީ ބޭނުމަށާއި ޑެލިވަރީގެ ޙިދުމަތްތަކަށް ފުލުހުން ހުއްދަ ދޫކުރަމުން ގެންދާނެކަމަށެވެ. އ...
އިބްރާހިމް އަސްވާޤް
ކީރިތި ޤުރްއާނަކީ މާތް ﷲގެ ކަލާމްފުޅެވެ. މީސްތަކުން އުޅެންވީ ގޮތް ބަޔާން ކުރަށްވަން ﷲ سبحانه وتعالى ރަސޫލުން ފޮނުއްވަވައި، ފޮތް ބާވައިލައްވަތެވެ. އެ ފޮތް ތަކުގައި މީސްތަކުންނަށް ގެއްލުންވާ އެންމެހައި ކަންކަމުން ދުރުވެ ތިބުމަށް ނަޞީޙަތްތެރިވެ އިރުޝާދު ދެއްވަތެވެ. އަދި ހަމަ އެހެންމެ، އިންސާނުންނަށް ފައިދާ ހުރި ކޮންމެ ކަމެއްގެ ވާހަކަ ވެސް އެ ފޮތް ފޮތުގައި ބަޔާން ކުރަށްވައި އަންގަވަތެވެ. މިފަދައިން ބާވައި ލެވޭ ފޮތްފޮތުގައިވާ އިރުޝާދުތަކާއި މީސްތަކުން ދުރުވެ ފޭވަން ފެށުމުން، އަނެއްކާ […]
އައްޝައިޚް މުޙައްމަދު އަފްޟަލް
ހދ.ހަނިމާދޫ ކޮކާހިޔާ މުހައްމަދު މޫސާ (މަނިކު) ގެ ދެ ކިޑްނީ ފެއިލްވެ ހަޔާތަށް ކުރިމަތިވި އެންމެ ދަތި ދުވަސްތައް ވީ ރާއްޖެއަށް ވެސް ދިމާވި އެންމެ އުނދަގޫ އެންމެ ދަތި ދުވަސްތަކަށެވެ. އެއީ 2020 ވަނަ އަހަރުގެ ކުރީކޮޅެވެ. ކޯވިޑް ބަލި ރާއްޖޭގައި ފެތުރި މުޅި ރާއްޖެ ލޮކްޑައުން ކުރިވަގުތެވެ. ދަތުރުފަތުރު އެއްކޮށް ހުއްޓުނު ވަގުތެވެ. ސިއްހީ މައްސަލައެއް ދިމާވެއްޖެކަން އިހުސާސް ކުރެވެން ފެށިގޮތް ހިއްސާކުރަމުން މަނިކު ބުނެފައިވަނީ އެ ދުވަސްވަރު ކޮންމެވެސް ވަރަކަށް ފައިތިލަ ދުޅަވުން […]
އިބްރާހިމް ޚަލީލް
ހދ. ހަނިމާދޫ ގައި ހޯމް ކަރަންޓީނުގައި ތިބި އިންޑިއާ ސިފައިންގެ ޢާއިލާއެއްގެ ތިން މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. ހަނިމާދޫ ކައުންސިލްގެ އެކްޓިން ސެކެރެޓަރީ ޖެނެރަލް އިބްރާޙީމް ޢަލީ ”ތިލަދުން”އަށް ވިދާޅުވީ، އެ މީހުން ޕޮޒިޓިވްވިކަން އެނގުނީ ކަރަންޓީނުގެ މުއްދަތު ހަމަކޮށް ނެގި ރިލީޒް ސާމްޕަލުން ކަމަށެވެ. އެމީހުން ތިބީ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުންނަ ގެސްޓް ހައުސްއެއްގަ އެވެ. އެ ގެސްޓް ހައުސްގައި އިތުރުބަޔަކު ނުތިބެއެވެ. ހުސްވި އޭޕްރިލް މަހުގެ 20 ވަނަ […]
ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީން ނެގި ހުރިހާ ރެންޑަމް ސާމްޕަލްއެއްގެ ނަތީޖާ ވެސް ނެގެޓިވް ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވެއްޖެއެވެ. ކޭއާރުއެޗްއިން ވިދާޅުވިގޮތުގައި އެ ސިޓީއިން 134 ރެންޑަމް ސާމްޕަލްއެއް ނެގިއެވެ. މިރޭ ވެސް އެ ސިޓީގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ. ކުޅުދުއްފުށީ ސިޓީ މިހާރު އޮތީ މޮނިޓަރިން ހާލަތުގައި ކަމަށް ވުމާއެކު، އެ ހާލަތުން ވީހާވެސް އަވަހަކަށް އަރައިގަތުން މި ސާމްޕަލްތަކުގެ ނަތީޖާއާ...
ޝިއުނާ އާދަމް
ހއ. ދިއްދޫއިން އަނެއްކާ ވެސް 8 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ދިއްދޫގައި ހުންނަ ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވީ މެއި 1 ވަނަ ދުވަހު އެވެ. އެއީ އަލާމާތްތައް ހުރެގެން ދެއްކި މީހެކެވެ. އެކޭހާއި ގުޅިގެން މިހާތަނަށް އެރަށުން 381 މީހެއްގެ ސާމްޕަލް ވަނީ ނަގާފަ އެވެ. އޭގެ ތެރެއިން 203 މީހެއްގެ ސާމްޕަލް ނެގެޓިވްވެފަ ވާއިރު، އަދި ނަތީޖާ ނުލިބޭ 137 ސާމްޕަލެއް ވެއެވެ. ނަތީޖާ ނުލިބޭ ސާމްޕަލްތަކުގެ ނަތީޖާ ލިބެމުންދާއިރު ދިއްދޫގެ ޕޮޒިޓިވް ނަމްބަރު […]
ޙުސައިން ޝަހުދީ