ހދ. ކުޅުދުއްފުށި ސިޓީއާއި މާލެ ސިޓީއާއި ދެމެދު ދަތުރުކުރާ، ކުޅުދުއްފުށީ ސިޓީ ފާޅު ބޯޓުގެ ފަޅުވެރިއަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ، އެ ބޯޓު ކުޅުދުއްފުށީ ގައި ކަރަންޓީނު ކޮށްފިއެވެ. އެ ބޯޓު ކަރަންޓީނު ކުރީ، ޕޮޒިޓިވްވި މީހާ ޢާއިލާ ކައިރިއަށް ބަދަލުކުރުމަށްފަހު، ބާކީ 9 ފަޅުވެރިންނާއެކު އެވެ. އެ ބޯޓު ކުޅުދުއްފުށީ ސިޓީއަށް ފޯރީ މިއަދު ހެނދުނުއެވެ. ޕޮޒިޓިވްވި ފަޅުވެރިމީހާއަކީ މިމަހު 2 ވަނަ ދުވަހު ކުޅުދުއްފުށީ ސިޓީގެ ފްލޫ ކްލިނިކަށް ދެއްކިއިރު ޕޮޒިޓިވްވި 3 މީހުންތެރެއިން އެކަކުގެ […]
ޖަލްވާން ޖާދުﷲ
ހދ. ހަނިމާދޫއިން އިންޑިއާ ސިފައިންގެ މީހަކާއި، އިތުރު ދެ ދިވެހިން ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. އެ މީހުން ޕޮޒިޓިވްވިކަން އެނދުނީ ދެންމެ އެވެ. ހަނިމާދޫ ކައުންސިލްގެ އެކްޓިން ސެކެރެޓަރީ ޖެނެރަލް އިބްރާޙީމް ޢަލީ ”ތިލަދުން”އަށް ވިދާޅުވީ، މިއަދު ޕޮޒިޓިވްވި އިންޑިއާ ސިފައިންގެ މީހާއަކީ ކުރިން ޕޮޒިޓިވްވި އިންޑިއާ ސިފައިންގެ މީހާގެ ޢާއިލާގެ ތިން މެންބަރުންނާ އެއް ގެސްޓް ހައުސްއެއްގައި ކަރަންޓީނުގައި ހުރި މީހެއް ކަމަށެވެ. “އެ ދުވަހު އެ ގެސްޓްހައުސްއިން 4 މީހުން ޓެސްޓް ކުރީ، […]
ޔުމްނާ ޢަލީ
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލަހުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އިން ރައްކާތެރިވުމަށް ހާއްސަ ފިޔަވަޅުތަކެއް ކަނޑައަޅައި، މިއަހަރުގެ ހައްޖުގެ އަޅުކަން ކުރިއަށް ގެންދިއުމަށް ސައުދީ އަރަބިއްޔާއިން ނިންމައިފިއެވެ. ހައްޖުގެ އަޅުކަން ކުރިއަށް ގެންދާނީ ސިއްހީ ގޮތުންނާއި ސަލާމަތީ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅައިގެން ކަމަށާއި ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތައް ކަމަށްހައްޖާއި އުމްރާގެ ކަންތައްތަކާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އަދި ހައްޖުގެ...
އައިޝަތު އިލްމާ އަދުނާން
ހއ. ދިއްދޫއިން އިތުރު 11 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ދިއްދޫގައި ހުންނަ ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވީ މެއި 1 ވަނަ ދުވަހު އެވެ. އެއީ އަލާމާތްތައް ހުރެގެން ދެއްކި މީހެކެވެ. މިކޭހާއި ގުޅިގެން މިހާތަނަށް 95 މީހެއް ވަނީ ޕޮޒިޓިވްވެފަ އެވެ. އެއީ ފްލޫ ކްލިނިކަށް ދެއްކިއިރު ޕޮޒިޓިވްވި މީހާގެ އިތުރުން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި 83 މީހަކާއި، ރެންޑަމް ސާމްޕަލްގެ ގޮތުގައި ނެގި ސާމްޕަލްތަކުން 11 މީހެކެވެ. އެރަށުން […]
ޙުސައިން ޝަހުދީ
ރާއްޖެއިން ކޯވިޑް-19 ބަލީގައި އިތުރު ދެމީހަކު ނިޔާވެއްޖެ އެވެ. މިފަހަރު މީހުން ނިޔާވީ ދެ ރަށަކުން ނެވެ. އެއީ ބ. އޭދަފުށިންނާއި ކ. މާފުށިންނެވެ. ބ. އޭދަފުށިން ނިޔާވީ މިއަދު ހެނދުނު އޭދަފުށީ ހޮސްޕިޓަލަށް ގެންދެވުނު އުމުރުން 85 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވީ ހެނދުނު 8:30 ގައެވެ. އެއީ ރާއްޖެއިން ކޯވިޑް ބަލީގައި ނިޔާވި 86 ވަނަ މީހާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވިއެވެ. މައުލޫމާތު ލިބޭ ގޮތުގައި އެމިހާ ހޮސްޕިޓަލަށް ގެނދިޔައިރުވެސް […]
ޖަލްވާން ޖާދުﷲ
މާދަމާ އިން ފެށިގެން ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާކޮށްފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ވިދާޅުވީ، މިއަހަރުގެ ހުޅަނގު މޫސުން ރާއްޖެ ސަރަޙައްދަށް ފެށެން ކައިރިވުމާއި ގުޅިގެން، މާދަމާއިން ފެށިގެން ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މި ދުވަސްތަކުގައި އާންމު ގޮތެއްގައި ގަޑިއަކު 5 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި […]
ޔުމްނާ ޢަލީ
ރާއްޖޭގައި ކޯވިޑް-19 އަށް ފައްސިވަމުންދާ އަދަދު އިތުރުވެ، ހާލަތު ގޯސްވުމާގުޅިގެނ،ް އޭޑީކޭގައި އެޑްމިޓްކޮށްފައިވާ ބަލި މީހުންނަށް ޒިޔާރަތްކުރުން ހުއްޓާލުމަށް އޭޑީކޭއިން އެދިއްޖެއެެވެެ. އޭޑީކޭ ހޮސްޕިޓަލުން ނެރެފައިވާ ބަޔާނުގައި ވާގޮތުން، އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުންދާ ބަލިމީހުންގެ ގާތުގައި މަޑުކުރެވޭނީ އެއްމެ ފަރާތަކަށްކަމަށާއި އެފަރާތަކީ ކޯވިޑްގެ އެއްވެސް އަލާމަތެއް ނެތް ފަރާތަކަށްވާން ޖެހޭނެކަމަށް ބުނެފަ ވެއެވެ. ކޯވިޑްގެ ހާލަތު ގޯސްވަމުންދާތީ މިއަދުން ފެށިގެން އެ ހޮސްޕިޓަލްގައި އެޑްމިޓްކޮށް...
އައިޝަތު އިލްމާ އަދުނާން
މުޖުތަމަޢަށް ބޭނުންތެރި، އަދި މުޖުތަމަޢުގައި ބަސްވިކޭ ބަޔަކަށް ކުދިން ވާނީ، އެހެން މީހުންނާ ކުރާ މުޢާމަލާތުތަކުގައިވެސް، އަދި ގޭތެރޭގަޔާއި ބޭރުގައި އުޅޭ އުޅުމުގައިވެސް، އެ ކުދިންނަށް ރީތި ނަމޫނާ ދެއްކި މިންވަރަކުން ކަމަށް، ރައިސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާ ހިތާބުގައި ރައީސް ވަނީ، މީހުންނަށް އިޙްތިރާމްކުރުމާއި ކިޔަމަންތެރިވުމުގެ ސިފަ، ކުދިންގެ ކިބައިން ފެންނާނީ، ހުރިހާ ފަރާތްތަކުންވެސް ކުދިންނަ...
އައިޝަތު އިލްމާ އަދުނާން
ރާއްޖެއިން އަނެއްކާ ވެސް އިތުރު މީހަކު ކޯވިޑް-19 ބަލީގައި ނިޔާވެއްޖެ އެވެ. ހެލްތް ޕޮރެޓެކްޝަން އޭޖެންސީ (އެޗްޕިއޭ)އިން ވިދާޅުވީ، އަޖީއެމްއެޗްގެ އީއާރުގައި ފަރުވާ ދެމުންދިޔަ އުމުރުން 75 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެފަ ވާކަމަށެވެ. މިއާއިއެކު ރާއްޖެއިން މިބަލީގަ ނިޔާވި މީހުންގެ ޢަދަދު 85 އަށް އެރީއެވެ. ރާއްޖޭގައި ކޯވިޑްގެ ހާލަތު އަދި ރަނގަޅުވާން ފަށާފައިނުވާއިރު އަދި ވެސް ޕޮޒިޓިވްވާ ޢަދަދު ދަނީ މައްޗަށެވެ. އިއްޔެ 1091 މީހަކު މި ބަށްޔަށް ޕޮޒިޓިވްވެފަ ވެއެވެ. އެއީ މާލޭ […]
ޝިއުނާ އާދަމް
ފެމިލީ ކޯޓުން، މާލޭ ސިޓީގައި ކައިވެނިކޮށްދޭ ދުވަސްތަކަށާއި ގަޑިތަކަށް ބަދަލު ގެނެސް އެކަން އާންމުކޮށްފިއެވެ. ފެމިލީ ކޯޓުން ކުރި ޢިއުލާނެއްގައި ބުނިގޮތުގައި އެގޮތަށް ނިންމީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕިއޭ)އިން ރައްކާތެރިކަމުގެ ފިޔަވަޅުއަޅަން އަންގާފައިވާ އެންގުމާއި ގުޅިގެން ކަަމަށެވެ. މިގޮތުން މިއަދުން ފެށިގެން ފެމިލީ ކޯޓުން ކައިވެނިތައް ކޮށްދެމުން ގެންދާނީ ކޮންމެ ހަފްތާއެއްގެ ވެސް ހޯމަ އަދި ބުރާސްފަތި ދުވަހު ރަސްމީ ގަޑީގަ އެވެ. ރަސްމީ ގަޑީގައި އޮންލައިންކޮށް ކައިވެނިތައް ކޮށްދިނުމުގެ އިތ...
ޔުމްނާ ޢަލީ
އިޓާލިއަން ސީރިއާ އޭގައި އާދީއްތަ ދުވަހުގެ ރޭ އެސީ މިލާނާއި އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ބައްދަލުކުރި މެޗުން 3-0 ގެ ނަތީޖާއިން ޔުވެންޓަސް ބަލިވެ އެ ޓީމް ޕޮއިންޓް ތާވަލުގެ ފަސްވަނައަށް ވެއްޓިއްޖެއެވެ. އިޓާލިއަން ލީގުގެ މި ސީޒަންގެ ޗެމްޕިއަންކަން އިންޓަ މިލާނަށް މިހާރު ކަށަވަރުވެފައި ވީ ނަމަވެސް ލީގުގެ ގަދަހަތަރެއްގެ ވާދަވެރިކަން ވަނީ ބޮޑުވެފައެވެ. ކޮންމެ ޓީމަކަށް ވެސް ލީގުގައި ބާކީ ތިންމެޗު އޮތްއިރު މި ވަގުތު 35 މެޗުން ލިބުނު 72 ޕޮއިންޓާއިއެކު […]
އިބްރާހިމް ޚަލީލް
ސްޕެނިޝް ލަލީގާގެ ޕޮއިންޓް ތާވަލުގެ އެއްވަނަ މަގާމަށް ޖެހިލަން ލިބުނު ފުރުޞަތު އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ނަގާލައިފިއެވެ. އާދީއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ރެއާލް ނުކުމެފައިވަނީ ސެވިއްޔާއާއި ދެކޮޅަށެވެ. މި މެޗު ކާމިޔާބު ކޮށްގެން ޕޮއިންޓް ތާވަލުގެ އެއްވަނަ އަށް ޖެހިލުމުގެ ފުރުޞަތު ރެއާލަށް ތަނަވަސް ވެފައި އޮތް ނަމަވެސް މި މެޗު ނިމިގެން ގޮސްފައިވަނީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ކޮންމެ ޓީމަކަށް ލީގުގައި ބާކީ ތިން […]
އިބްރާހިމް ޚަލީލް
ށ. ފޭދޫ “ޝާޒީ-4 ބޯޓު”ގެ 5 ފަޅުވެރިއަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ. އެ ބޯޓަކީ ފޭދޫއާއި، އެ އަތޮޅު އެހެން ބައެއް ރަށްތަކާއި މާލެއާއި ދެމެދު ދަތުރުކުރާ ބޯޓެކެވެ. އެ ބޯޓުގައި މިވަގުތު މަސައްކަތް ކުރަނީ 8 މީހެކެވެ. ފޭދޫ ސިއްހީ މަރުކަޒުން ވިދާޅުވީ، އެ ބޯޓުގައި މަސައްކަތްކުރާ 8 މީހުންގެ ވެސް ސާމްޕަލް މިއަދު ނެގި ކަމަށެވެ. އޭގެ ތެރެއިން 5 ފަޅުވެރިއަކު ކޯވިޑަށް ޕޮޒިޓިވްވެފަ ވާކަމަށް އެ މަރުކަޒުން ހާމަކުރަށްވަ އެވެ. ފޭދޫ ކައުންސިލްގެ […]
ޝިއުނާ އާދަމް
ރާއްޖެއިން އިތުރު 1091 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ މިވަގުތު އެކްޓިވްކޭސްގެ ގޮތުގައި ތިބިފާރާތްތަކުގެ އަދަދު 10 ހާހާއި ގާތަށް ޖެހިލައިފި އެވެ. މިއަދަކީ ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވި ދުވަހެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 933 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވި މީހުންގެ ތެރެއިން 147 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓްތަކުން 6 […]
ޖަލްވާން ޖާދުﷲ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ މަންމާފުޅު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ރައީސްގެ މަންމާފުޅު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ މިއަދުގެ ވަގުތެއްގައެވެ. މިހާރުވަނީ އެކަމަނާ ދަރުމަވަންތަ ހޮސްޕިޓަލްގެ 17 ވަނަ ފަންގިފިލާގައި އެޑްމިޓްކޮށްފައެވެ. ރައީސްގެ މަންމާފުޅު އެޑްމިޓްކުރެއްވި ނަމަވެސް ހާލުކޮޅު ރަނގަޅުކަމަށް މައުލޫމާތު ލިބެއެވެ. ރައީސް ސޯލިހުގެ މަންމާފުޅު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، ރައީސް ސާލިހުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ފަޒްނާ އަހ...
ޖަލްވާން ޖާދުﷲ
އިތިއޯޕިއާ އިން ރާއްޖެ އައި އިނގިރޭސި ރައްޔިތެއްގެ އަތުން 3.413 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ވިދާޅުވި ގޮތުގައި މި ތަކެތީގެ މަގުމަތީ އަގު 10،239،000 ރުފިޔާއަށް އަރާ ކަމަށެވެ. އެތަކެތި ރާއްޖެ އެތެރެކުރަން އުޅުނު އުމުރުން 30 އަހަރުގެ އިނގިރޭސި ވިލާތުގެ މީހާ ރާއްޖެއައީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އެއީ ފިރިހެނެކެވެ. ކަސްޓަމްސްއިން އޭނާގެ ލަގެޖް ޗެކްކުރީ އޭނާ ރާއްޖެ އައިސްފައިވާ ރޫޓް އަދި އޭނާގެ އަމަލުތައް ހުރި […]
ޖަލްވާން ޖާދުﷲ
ށ. ޅައިމަގު މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ޅައިމަގު މޮނިޓަރިން ހާލަތަށް ގެނައީ މިއަދު މެންދުރުފަހު ދެގަޑި ބައިހާ އިރުއެވެ. ޅައިމަގު ސިއްހީމަރުކަޒުގެ މެނޭޖަރު އާދަމް އަޒުމް “ތިލަދުން”އަށް ވިދާޅުވީ، އެރަށުމީހުން ހޯމް ކަރަންޓީނުގައި ތިބި ދެ ގެއަކުން އިއްޔެ ޓެސްޓް ކުރުމަށް ސާމްޕަލް ނެގި ކަމަށެވެ. އޭގެތެރެއިން 5 މީހެއްގެ ސާމްޕަލް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފަ ކަމަށް އޭނާ ވިދާޅުވިއެވެ. “އެއްގެއެއްގައި ކަރަންޓީނުގައި ހުރީ އެކަކު، އޭނާގެ ފިރިމީހާއަކީ ވެކްސިންގ...
ޔުމްނާ ޢަލީ
ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިމަހުގެ 6 ވަނަ ދުވަހުގެ ދިންހަމަލާގައި، ބޮންގޮށްވާލި ވ. ތިނަދޫ، ހިޔާ، އުމުރުން 25 އަހަރުގެ އަދުހަމް އަހްމަދު ރަޝީދު އެހަމާލާދިނުމަށް ތައްޔާރުވެހުރެ ހަމަލާދިން ވީޑިއޯ މިއަދު ފުލުހުން އާންމުކޮށްފިއެވެ. އެހަމަލާއިގުޅޭ އިތުރު ތަފްސީލް ދިނުމަށް މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވި ގޮތުގައި އަދުހަމް ހުރީ ބޮމުގެ ރިމޯޓް އަތަށް ލައިގެން ނެވެ. އަދ...
އަލީ އާދިލް