ކޯވިޑް-19އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ކުޅުދުއްފުށީ ސިޓީ މޮނިޓަރިން ހާލަތަށް ގެނެސްފައި އޮތް އޮތުން މިއަދު ނިމުމަކަށް ގެނެސްފިއެވެ.
އެ ސިޓީ މޮނިޓަރިން ހާލަށް ގެނައީ، އެ ސިޓީގެ ފްލޫ ކްލިނިކަށް ދެއްކި 3 މީހަކު ޕޮޒިޓިވްވުމުން ހަމަ އެދުވަހުއެވެ. އެއީ މިމަހުގެ 2 ވަނަ ދުވަހުއެވެ.
އެ ސިޓީ މޮނިޓަރިން ހާލަތުން ނެގީ ތިން ދުވަސް މަތިން ކޭއާރުއެޗްއިން ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވް ވުމުންނެވެ. މިގޮތުން 234 ސާމްޕަލެއް ނެގިއެވެ.
މި ކޭސްތަކާއި ގުޅިގެން މިވަގުތު އެ ސިޓީގެ 13 ގެއެއް މޮނިޓަރިންނަށް ވެސް ލިޔެއެވެ.
ކުޅުދުއްފުށީ ސިޓީ މޮނިޓަރިން ހާލަތުން ވީއްލި ނަމަވެސް ރާއްޖޭގެ ހުރިހާ ރަށެއް ފުރަބަންދުގެ ހާލަތުގައި ވުމުން، ދަތުރުފަތުރުކުރުން ހިފެހެއްޓިފައި ވުމާއެކު، އެއްރަށުން އަނެއް ރަށަށް މި ވަގުތު އަދި ދަތުރު ކުރެވޭނީ ހަމައެކަނި ޒަރޫރީ ބޭނުމަށް ކައުންސިލްގެ ހުއްދައާ އެކުގައިކަން ކޭއާރުއެޗްއިން ވަނީ ހަދާން ކޮށްދީފަ އެވެ.
ކުޅުދުއްފުށީ ސިޓީ މޮނިޓަރިން ހާލަތުން ވީއްލިއިރު އުތުރު އަނެއް ދެ އަތޮޅުގެ ވެރިކަންކުރާ ދެ ރަށްކަމަށްވާ ހއ. ދިއްދޫއާއި ށ. ފުނަދޫ އޮތީ މޮނިޓަރިން ހާލަތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!