މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އެސްޓީއޯގެ ސުޕްމާޓު ހުޅުވާ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.
އެ ފިހާރަ މިހާރު ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ނޫން އެހެން ހުރިހަ ދުވަހެއްގެ ހެނދުނު 10:00ން ހަވީރު 5:00އަށެވެ. އަދި ހުކުރު ދުވަސްތަކުގައި ހުޅުވާނީ މެންދުރު 2:00ން ހަވީރު 5:00އަށެވެ.
މި ބަދަލުތައް ގެނައީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުންނެވެ. އެގޮތުން، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ރޭގަނޑު 9:00ގެ ފަހުން އާއްމުން ބޭރށް ނުކުމެ އުޅުމަކީ މަނާ ކަމެކެވެ. މި ވަގުތުތަކުގައި ބޭރަށް ނުކުމެވޭނީ ފުލުހުންގެ ހާއްސަ ހުއްދައާއެކުގައެވެ.
ކޯވިޑްގެ ދަތިވަގުތުގައި ވެސް އެސްޓީއޯއިން ގެންދަނީ އެ ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތައް ރައްޔިތުންނަށް ދަތި ނުވާނެހެން ފޯރުކޮށް ދެމުންނެވެ. އަދި ރައްޔިތުން ބޭނުންވާ އަސާސީތަކެތިން ފެށިގެން އެތައް ބާވަތެއް އަތްފޯރާ އަގުގައި ލިބޭނެގޮތް މެދުވެރި ކުރުމަށް އެކުންފުނިން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!