ރާއްޖެއިން އަނެއްކާ ވެސް އިތުރު މީހަކު ކޯވިޑް-19 ބަލީގައި ނިޔާވެއްޖެ އެވެ.
ހެލްތް ޕޮރެޓެކްޝަން އޭޖެންސީ (އެޗްޕިއޭ)އިން ވިދާޅުވީ، މިރޭ ނިޔާވީ 83 އަހަރުގެ އަންހެނެއް ކަމަށެވެ.
އެމީހާއަކީ މިރޭ އައިޖީއެމްޗުގެ އެމަޖެންސީ ރޫމަށް ގެންދުވުނު މީހެކެވެ. އޭނާ ގެންދެވުނު އިރުވެސް އޭނާ ނިޔާވެފަވާ ކަމަށް އެޗްޕީއޭއިން ވިދާޅުވެފަ ވެއެވެ. އެމީހާ ނިޔާވެފަ ވަނީ މިރޭ 23:15 ގައި ކަމަށް ވެސް އެ އިދާރާއިން ހާމަކުރަށްވަ އެވެ.
މިއާއިއެކު ރާއްޖެއިން މިބަލީގަ ނިޔާވި މީހުންގެ ޢަދަދު 83 އަށް އެރީއެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދިޔަ އުމުރުން 81 އަހަރުގެ ދިވެހި އަންހެނަކު މިއަދު މެންދުރު 2:46 ގައި ވަނީ ނިޔާވެފަ އެވެ.
މިއަދު ފުރަތަމަ ނިޔާވީ ކ. މާފުށީގައި އައިސޮލޭޝަނުގައި ހުރި އުމުރުން 37 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.
އިއްޔެ ވެސް ވަނީ މިބަލީގައި 6 މީހަކު ނިޔާވެފަ އެވެ. މާލޭ ސިޓީން ނިޔާވި 3 މީހަކާއި ޅ. ނައިފަރުން ނިޔާވި 2 ދެ މީހަކު އަދި އއ. ރަސްދޫގައި ނިޔާވި މީހަކެވެ.
ރާއްޖެގަ ކޯވިޑްގެ ހާލަތު ވަނީ ފާލުން ނެއްޓިފަ އެވެ. މިއަދު ވެސް ވަނީ ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވެފަ އެވެ. މިއަދު އިތުރު 766 މީހަކު ޕޮޒިޓިވިއިރު، ރާއްޖޭއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 34،134 އަށް އަރާފަ އެވެ.
މިއަދު މިބަލި ޖެހުނު މީހުންގެ ތެރެއިން 571 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. 171 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓްތަކުން 23 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށްތަކުންވެސް މީހަކު ޕޮޒިޓިވްވެފައިވެއެވެ.
މިބަލިޖެހިގެން 205 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި 8261 މީހަކު އެބަތިއްބެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!