މާތް ﷲ އަށްޓަކައި މިސްކިތެއް ބިނާކުރަން ބޭނުންވާ ފަރާތް ތަކަށް ރަނުގެ ފުރުޞަތެއް ހދ. ނޮޅިވަރަންފަރު ކައުންސިލުން ހުޅުވާލައިފި އެވެ. ނޮޅިވަރަންފަރު ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ނޮޅިވަރަންފަރު ސިއްޙީ މަރުކަޒު ދެކުނުގައި، މިސްކިތެއް ބިނާކުރުމަށް ލޭންޑް ޔޫސް ޕްލޭންގައި ކަނޑައަޅާފައިވާ ބިމުގައި މިސްކިތެއް އެޅުމަށް ބޭނުންވާކަމަށެވެ. ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަބްދުﷲ ނަދީމް “ތިލަދުން” އަށް މަޢުލޫމާތުދެމުން ވިދާޅުވީ، މިހާރު އެރަށުގައި 3 މިސްކިތެއް ހުންނަ ކަމަށާއި މިސްކިތ...
ޙުސައިން ޘަޤީފް
ފަނޑުވުމެއް ނެތި، ފިޔަޖަހަމުން، މެދުކެނޑުމެއްނެތި ޚިދުމަތުގައި 25 އަހަރު ދެމިތިބިއެވެ. މާޒީގައި އުފުލަން ޖެހުނު ގޮންޖެހުންތައް ހިތަށް ސިފަކުރާ ހާލު، މާޒީން ކުރަހައިދިން އުފާވެރި ހަނދާންތަކާއެކުއެވެ. އާލަމީވަބާގެ މި ދަތި ދަނޑިވަޅު، އިހަވަންދޫ މަސްވެރިން ގުޅުން، އިމަގުގެ ޚިދުމަތުގެ ރިހިޔޫބީލަށް، އިމަގާއި އިމަގު ދެކެ ލޯބިވާ މިތުރުންނާއި މަދަދުވެރި، ދަރުމަވެރި އަތްތައް ގުޅި، މެހި ހިމުންވާނޭހެން ތެދުވަނީ އުފާވެރި ހަނދާންތައް 2 އަހަރަށް ދެމިގެންދާނެހެން މުނާސަބުކުރުމުގެ ޢަޒުމުގައެވެ. އިމަގުގެ ވިސްނުމ...
އައިޝަތު އިލްމާ އަދުނާން
ވޭސްޓް މެނޭޖްމަން ކޯޕްރޭޝަން (ވެމްކޯ) ގެ މުވައްޒަފުންގެ ފަރާތުން ފަލަސްތީނަށް ބައިލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ. އެ ކުންފުނިން މި ފައިސާ ފަލަސްތީނަށް ހަދިޔާ ކުރަނީ ރާއްޖޭގެ އިންޓަނޭޝަނަލް އެއިޑް ކެމްޕޭނާ ގުޅިގެންނެވެ. މިއަދު އެ ފައިސާ ވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭނާހަވާލުކޮށްފައެވެ. ވެމްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ މުވައްޒަފުންގެ ފަރާތުން މި ފައިސާ އިންޓަނޭޝަނަލް އެއިޑާ ހަވާލު ކޮށްދެއްވީ ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމްމުހައްމަދުއެވެ. ފަލަސްތީނަށް އެހީވާން ވެމްކޯއިން ވަ...
އަޙްމަދު ވަހީދު
ކޯވިޑް ބަލިން ދިފާއުވުމަށް އުފައްދާފައިވާ މޮޑާނާ ވެކްސިން އަދި ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ދީފި އެވެ. އެމްއެފްޑީއޭ އިން މިއަދު ބުނީ ޖެންސެންއިން އުފައްދާފައިވާ ވެކްސިން، “ކޯވިޑް-19 ޖެންސެން ވެކްސިން”އާއި، ސްޕެއިންގެ އުފެއްދުމެއްކަމުގައިވާ މޮޑާނާ ވެކްސިން ރާއްޖެގައި ބޭނުންކުރުމުގެ ހުއްދަ އެ އޮތޯރިޓީއިން، މިއަދުން ފެށިގެން ދީފައިވާ ކަމަށެވެ. މި ހުއްދަ ދީފައިވާނީ މިހާރު އޮތް ޙާލަތަށް ރިޢާޔަތްކޮށް “ރެސްޓްރިކްޓެޑ...
ޔުމްނާ ޢަލީ
މިނިސްޓްރީ އޮފް ޓޫރިޒަމްއިން ސަރުކާރުގެ ސްޓްރެޓެޖިކް ޕްލޭންގައި އެކުލަވާލާފައިވާ ޓޫރިޒަމް ސިނާއަތުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމަނާފައިވާ “ޓޫރިޒަމް ޑައިވާސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން” ޕްރޮޖެޓްގެ ދަށުން ރަށްރަށުގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމާއި ބެހޭގޮތުން ޓޫރިޒަމް މިނިސްޓްރީއިން ހދ. އަތޮޅާއި ށ. އަތޮޅު ރަށްރަށު ކައުންސިލު ރައީސުންނާއި ބައްދަލުކުރައްވައިފިއެވެ. މިބައްދަލުވުމުގައި ހދ. އަދި ށ. އަތޮޅުގެ މަޖިލިސް މެމްބަރުންނާއި އަތޮޅު ކައުންސިލް ރައީސުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ޓޫރިޒަމް މ...
އަލީ އާދިލް
ށ. ފީވަކު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 92 އިންސައްތަ މަސައްކަތް ނިމިފައި ވާކަމަށް އެމްޓީސީސީއިން މިއަދި ބުނެފިއެވެ. އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން، ކުރިން ފުންކޮށްފައިވާ ހާބަރ ބޭސިން އަލުން ފުންކުރުމުގެ މަސައްކަތުގެ 78 އިންސައްތަ މަސައްކަތް ވެސް މިހާތަނަށްނިމިފައި ވާކަމަށެވެ. މި މަޝްރޫއުގެ ދަށުން، 55،163 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 464 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 356 މީޓަރުގެސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 182 މީޓަރުގެ...
އަޙްމަދު ވަހީދު
ބ. ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބްރިޖް ބީމްގެ ކޮންކްރީޓް މަސައްކަތްތައް ފަށައިފިއެވެ. މި މަސައްކަތް ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަސައްކަތް ފެށީ މި މަހުގެ ތިނެއްގައި ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 18،500 ކިއުބިކް މީޓަރުގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 25،000 ކިއުބިކް މީޓަރުގެ ނެރަށް ވަންނަ ސަރަހައްދު ފުންކުރުމަށް ވަނީހަމަޖެހިފައެވެ. އަދި 214 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، […]
އަޙްމަދު ވަހީދު
ހދ. ވައިކަރަދޫ ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ދާއިމީކޮށް ހޯދޭނެ ނިޒާމެއް ޤާއިމުކުރުމުގެ ގޮތުން “ރަށު މަޖިލިސް” ގެ ނަމުގައި ރައްޔިތުން ހިއްސާވާ މަޖިލީހެއް އެކުލަވައިލުމަށް ވައިކަރަދޫ ކައުންސިލުން ނިންމައިފި އެވެ. އެކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެކައުންސިލުގެ 4 ވަނަ ދައުރު ކައުންސިލް ހިންގުމުގައި ރައްޔިތުންނާ ވީހާ ގާތުން މަސައްކަތްކުރުމަކީ ކައުންސިލުގެ މިދައުރުގެ އެންމެ މުހިއްމު އެއް ސިޔާސަތުކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާ...
އިބްރާހިމް އަސްވާޤް
ނުރައްކާތެރި ކޯވިޑް-19 ބަލީގައި ރާއްޖެއިން އިތުރު ދެ މީހަކު ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ، 93 އަހަރުގެ ފިރިހެނަކާއި، 82 އަހަރުގެ އަންހެނެކެވެ. މި ދެ މީހުން ވެސް ނިޔާވެފައި ވަނީ ހުޅުމާލޭ ކޯވިޑް ފެސިލިޓީގައެވެ. ފިރިހެން މީހާ ނިޔާވީ ރޭ މެންދަމު 00:47 ގައެވެ. އަންހެން މީހާ ނިޔާވީ ހެނދުނު 8 ޖަހާއިރުއެވެ. މިބަލީގައި އިތުރު ދެ މީހަކު ނިޔާވުމުން ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ ޢަދަދު މިވަނީ 184 އަށް އަރާފައެވެ. […]
ޔުމްނާ ޢަލީ
އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އަކީ، މިނިވަން މުއައްސަސާއެއްގެ ގޮތުގައި ކަނޑައަޅައި، ތިމާވެށްޓަށްދޭ ގެއްލުންތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމުގެ މުހިންމުކަން، ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ރާވައިގެން އިއްޔެ ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދެއްކި ޕެނަލިސްޓުން ފާހަގަކޮށްފިއެވެ. “ތިމާވެށީގެ ކުށްތައް، ޒިންމާވަނީ ކާކު” މި މައުލޫއަށް ފޭސްބުކް ލައިވް މެދުވެރިކޮށް އިއްޔެ ކުރިއަށް ގެންދިޔަ މި ޕެނަލް ޑިސްކަޝަންއަކީ ދުނިޔ...
ޙުސައިން ޝަހުދީ
ޗައިނާގައި އުމުރުން 3 އަހަރާއި، 17 އަހަރާ ދެމެދުގެ ކުދިންނަށް އެ ގައުމުގައި އުފައްދާ ސިނޮވެކް ބަޔޯޓެކްގެ ކޮވިޑް ވެކްސިން ދިނުމުގެ ހުއްދަ ދީފިއެވެ. ހުކުރުދުވަހު އެ ގައުމުގެ ސްޓޭޓް ބްރޯޑް ކާސްޓާ، ސީސީ ޓީވީ މެދުވެރިކޮށް މިކަން ޢިއުލާން ކުރެއްވީ ސިނޮވެކް ބަޔޯޓެކްގެ ޗެއަރމަން ޔިން ވީޑޮންގެވެ. ޗައިނާގައި މިވެކްސިން ދިނުމަށް އެ ގައުމުގެ ސަރުކާރުން ހުއްދަ ދިން ނަމަވެސް، އެ ގައުމުގެ މި އުމުރު ފުރާގެ ކުދިންނަށް މި ވެކްސިން ދޭނީ އެ ގައުމުގެ ހެލްތު އިދާރާތަކުން ކަނޑައަޅާ […]
ހުސައިން ހަބީބް
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އަށް ވިހަންއައި މާބަނޑު އަންހެނެއްގެ އޯވަރީގައި އުފެދިފައިވާ ބޮޑު ސިސްޓެއް ނެގުމަށްޓަކައި އެ ހޮސްޕިޓަލުން ތާރީޚީ އަދި ކާމިޔާބު ބޮޑު އޮޕަރޭޝަނެއް ކޮށްފިއެވެ. ރ. އަތޮޅު ހުޅުދުއްފާރުން ކޭއާރުއެޗްއަށް ވިހެއުމަށް އައި މާބަނޑު އަންހެން މީހާގެ ވާތްފަރާތު އޯވަރީގައި އުފެދިފައިވާ ސިސްޓުގެ ދިގުމިނުގައި 24 ސެންޑިމީޓަރު، ފުޅާމިނުގައި 20 ސެންޓިމީޓަރު އަދި ބަރުދަނުގައި 2.4 ކިލޯ (2400 ގުރާމް) ހުރިއިރު، މިއީ އޯވަރީގައި އުފެދިފައިވާ މިފަދަ ބޮޑު ސިސްޓެއް ނެގުމަށްޓ...
އިބްރާހިމް ޚަލީލް
ކުޅުދުއްފުށީ ޒުވާނުން ނަށް ހާއްސަ ކޮއްގެން ޕްލާސްޓިކް މަދު ކުރުމަށް ހޭލުންތެރި ކުރުމުގެ އިވެންޓެއް ހިންގައިފިއެވެ. ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށީގައި ކުޅުދުއްފުށީ ކޮމިއުނިޓީ ސެންޓަރ އިސްނަގައިގެން ޕާލޭ މޯލްޑިވްސް އާ ގުޅިގެން ހިންގި މި އިވެންޓްގެ މަޤްސަދަކީ މިއަދުގެ ޒުވާން ޖީލް ތިމާވެއްޓަށް ލޯބި އިތުރު ކުރުވައި އާއްމު ދިރިއުޅުމުގައި ރައްކާތެރި ގޮތެއްގައި ޕްލާސްޓިކް ނައްތާލުމަށް ކުރެވިދާނެ ކަންތައްތަކަށް ހޭލުންތެރި ކުރެވުމެވެ. ރޭ 9:00 ގައި ކުރިއަށް ގެންގޮސްފައިވާ މި އިވެންޓް...
އިބްރާހިމް އަސްވާޤް
މިއަހަރުގެ ސްކޫލް ބޮޑު ޗުއްޓީ ބޯމަތިވެފައި ވަނިކޮށް، ޒަރޫރީ ޒަރޫރީބޭނުމެއްގައި ނޫނީ ރަށްރަށަަށް ނުދެވޭގޮތް ހަދައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓަރު ޖެނެރަލް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިރޭ އާންމުކުރި ޢިއުލާނެއްގައި ވިދާޅުވެފައި ވަނީ ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޒަރޫރީ ބޭނުމެއްގައި ފިޔަވާ މާލެ ސަރަހައްދުން ރަށްރަށަށް ދަތުރުކުރުމަށް ހުއްދަދިނުން މިވަގުތަށް ހުއްޓާލެވިފައިވާ ކަމަށެވެ. ޒަރޫރީ ބޭނުމެއް ގޮތުގައި ބަލާ ދެން ރަށްރަށަށް ދާން ހުއްދަ...
ޝިއުނާ އާދަމް
1 މަހާއި 4 ދުވަސް ފަހުން ހއ. ދިއްދޫ މޮނީޓަރިންއިން ނަގައިފި އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހއ. ދިއްދޫ ކައުންސިލަށް އެޑްރެސްކުރައްވާ ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އެރަށް މޮނިޓަރިންގެ ހާލަތު އުވާލާފައިވަނީ މިމަހުގެ 5 ވަނަ ދުވަހުގެ 00:00 ގައި ކަމަށެވެ. ދިއްދޫ ކައުންސިލަށް ފޮނުވި ލިއުމުގައި ބުނެފައިވަނީ އެރަށް މޮނިޓަރިންގ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތްކަމަށެވެ. ދިއްދޫއިން އެންމެ ފަހުން ނެގި ހުރިހާ ރެންޑަމް ސާމްޕަލެއް ވަނީ ނެގެޓިވްވެފައެވެ. ދިއްދޫގެ [...
އިބްރާހިމް އަސްވާޤް
ރޯގާގެ ޢަލާމަތްތައް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި މީހަކު ހދ. މަކުނުދޫން ޕޮޒިޓީވް ވުމާއިގުޅިގެން އެރަށް މޮނީޓަރިން އަށް ލައިފި އެވެ. މަކުނުދޫ ހެލްތު ސެންޓަރުން މިރޭ ބުނެފައިވަނީ ރޯގާގެ ޢަލާމަތްތައް ހުރެގެން ފްލޫ ކްލިނިކަށް މިމަހުގެ 3 ވަނަ ދުވަހު ދެއްކި މީހެއްގެ ސާމްޕަލް، މިމަހުގެ 5 ވަނަ ދުވަހު ނެގިފައިވާ ކަމަށާއި އެސާމްޕަލްގެ ނަތީޖާ ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިކޭސްއާއި ގުޅިގެން އެމީހާ ދިރިއުޅެމުންދާ ގޭގައި ދިރިއުޅޭ އެހެން ފަރާތްތަކާއި ކޮންޓެކްޓްވެފައިވާ ފަރާތްތަކުގެ ކޮންޓެކް ޓްރޭސިންގ ހެދުމަށް...
އިބްރާހިމް އަސްވާޤް
ށ. ގޮއިދޫ މަސްޖިދުލް ރިލުވާންގެ ޓަވަރު ވެއްޓުމުން އެ ޓަވަރުގައި ހުރި ސްޕީކަރު ވަގުތީގޮތުން އުރީދޫ ޓަވަރަށް ބަދަލުކޮށްފިއެވެ. ރިލްވާން މިސްކިތުގެ ޓަވަރު ވެއްޓުނީ މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުންނެވެ. އުރީދޫގެ ޓީމުން ވަނީ ވަގުތުން މިސްކިތުގެ ސްޕީކަރު އެ ކުންފުނީގެ ޓަވަރަށް ބަދަލުކޮށް ބަންގިގޮވޭ ގޮތް ހަދައިދީފައެވެ. އުރީދޫން ވަނީ ގޮއިދޫގެ އެ ކުންފުނީގެ ޓީމުގެ މަސައްކަތަށް ތައުރީފުކޮށް އެ ޓީމަށް ޝުކުރު އަދާކޮށްފައެވެ. Kudos to our field team for their quick […]
އަޙްމަދު ވަހީދު
ހދ. އަތޮޅުގައި މިވަގުތު ކޯވިޑް19 ގެ ހާލަތު އެންމެ ގޯސްކޮން އޮތް ރަށް ކަމުގައިވާ ހދ. ނޭކުރެންއިން އިތުރު 13 މީހުން ޕޮޒިޓިވް ވެ މިވަގުތު އެރަށުގައި އެކްޓިވް ކޭސްތަކުގެ އަދަދު 73 އަށް އަރައިފި އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން މިރޭ އާންމު ކުރި މަޢުލޫމާތު ތަކަށް ބަލާއިރު ނޭކުރެންދޫގެ އިތުރުން މިއަދު އިތުރު ޕޮޒިޓިވް ކޭސް އެއް ފެނިފައިވަނީ ހދ. ހަނިމާދޫއިން ނެވެ. މީގެ އިތުރުން އެ ހޮސްޕިޓަލް އާންމު ކުރެއްވި […]
އަލީ އާދިލް