ހދ. އަތޮޅުގައި މިވަގުތު ކޯވިޑް19 ގެ ހާލަތު އެންމެ ގޯސްކޮން އޮތް ރަށް ކަމުގައިވާ ހދ. ނޭކުރެންއިން އިތުރު 13 މީހުން ޕޮޒިޓިވް ވެ މިވަގުތު އެރަށުގައި އެކްޓިވް ކޭސްތަކުގެ އަދަދު 73 އަށް އަރައިފި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން މިރޭ އާންމު ކުރި މަޢުލޫމާތު ތަކަށް ބަލާއިރު ނޭކުރެންދޫގެ އިތުރުން މިއަދު އިތުރު ޕޮޒިޓިވް ކޭސް އެއް ފެނިފައިވަނީ ހދ. ހަނިމާދޫއިން ނެވެ.

Ad
rt

މީގެ އިތުރުން އެ ހޮސްޕިޓަލް އާންމު ކުރެއްވި މައުލޫމާތަށް ބަލާއިރު އެންމެ ގިނަ ބަޔަކު ޕޮޒިޓީވްވެފައިތިބީ ހދ. ނޭކުރެންދޫގަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޕޮޒިޓިވްފައިވާ 6 މީހަކާއި ރެންޑޮމް ސާމްޕަލްތަކުގެ 7 ޕޮޒިޓިވް ކޭސް އެވެ.

އަތޮޅުތެރޭގައި އިއްޔެ 153 ސާމްޕަލް ވަނީ ނެގިފައެވެ. އޭގެ ތެރޭގައި ފުރަބަނދުގައިވާ 18 މީހަކާއި، ކޮންޓެކްޓް ޓްރޭސިންގެ 27 މީހަކާއި، ފުލޫކްލިނިކް އަށް ދެއްކި 8 މީހުންގެ އިތުރުން ރެންޑަމް 95 ސާމްޕަލް ހިމެނެއެވެ.

މިއަތޮޅުގައި މިވަގުތު ރަށުތެރޭ ބަލި ފެތުރެމުންދާ ކަމަށް ބެލެވިފައިވަނީ ނޭކުރެންދޫގައި އެކަންޏެވެ. ހދ. އަތޮޅުން ޕޮޒިޓިވްވެފައިވާ މީހުންގެ 65% އަކީ އެރަށުން ޕޮޒިޓިވްވެފައިވާ ފަރާތްތަކެވެ. އެރަށް އޮތީވެސް މޮނިޓަރިން ހާލަތުގައެވެ.