ހދ. ވައިކަރަދޫ ރައްޔިތުންގެ ފަރާތުން ނޭކުރެންދޫ ރައްޔިތުންނަށް އެހީތެރިކަމެއް ފޯރުކޮށްދީފި އެވެ. ކޯވިޑް-19 ކޭސްތަކެއް ފެނުމާއި ގުޅިގެން އަދިވެސް ފުރަބަންދުގެ ހާލަތުގައި އޮތް، ނޭކުރެންދޫ ރައްޔިތުންނަށް ވައިކަރަދޫ ރައްޔިތުންގެ ފަރާތުން ހަދިޔާ ކުރީ، 1700 ކިލޯގެ ރޯމަހެވެ. ނޭކުރެންދޫގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުގެ ސަބަބުން ބޭރަށް ނުކުމެ އުޅުން މަނާކޮށް މިދިޔަ މަހު 29 ވަނަ ދުވަހުން ފެށިގެން އަންނަނީ ކާފިއު ހިންގަމުންނެވެ. ނޭކުރެންދޫ ކައުންސިލުން ވިދާޅުވެފައިވަނީ އެރަށަށް ދިމާވެފައިވާ މި ދަތި އުނދަ...
ތިލަދުން
ކޯވިޑް-19 އާ ގުޅިގެން އާއްމު ރައްޔިތުންނަށް ދިމާވާ މާލީ ދަތިތަކަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން، މިހާރު ކިޔަވާ ކުދިންނަށް ދޫކޮށްފައިވާ ސްޓޫޑެންޓް ލޯންތައް މި އަހަރުގެ ނިޔަލަށް ފަސްކޮށްދޭން ނިންމައިފިއެވެ. މި ނިންމުން ނިންމާފައި ވާކަން ހާމަކުރެއްވީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙެވެ. މިދިޔަމަހު 26 ވަނަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއަކު ސްޓޫޑެންޓް ލޯން އަދި ހައުސިން ލޯނަށް ލުއި ދިނުމާމެދު ސަރުކާރުގެ ވިސްނުން އޮ...
ޔުމްނާ ޢަލީ
ކަރަންޓީނުވާން އަންނަ ފަރާތްތަކަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ހުއްދައެއް ދޭކަށް ނުޖެހޭކަމަށާއި އެއީ ރަށު ކައުންސިލާ ރަށު ރައްޔިތުންނާއި ބެހޭކަމެއްކަމަށް ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު (ބައްޓޭ) ވިދާޅުވެއްޖެ އެވެ. ނޫނު ރައީސް މިހެން ވިދާޅުވީ ކުރެއްވި ޓުވީޓެއްގަ އެވެ. މި ޓުވީޓުގައި ނޫނު ރައީސް ވިދާޅުވެފައިވަނީ ކަރަންޓީނުވާން ރަށަށް އަންނަރައްޔިތުންނަށް އެޗްޕީއޭ އިން ވަކިއެއްޗެއް ނާންގައިގެން ރަށަށް އެރުން ހުއްޓުވާކަށް ނޫނުއަތޮޅު ރަށްތަކުގެ ކައުންސިލްތަކަކަށް ނުފެންނ...
އިބްރާހިމް އަސްވާޤް
ކޮވިޝީލްޑް ޖަހާފައިވާ ފަރާތްތަކަށް 2 ވަނަ ޑޯޒް 6 މަސް ދުވަހުގެ ތެރޭގައި ޖެހޭ ގޮތައް ނިންމައިފި އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ލަފާދެއްވާފައިވާ ގޮތަށް ރާއްޖޭގައި ކޮވިޝީލްޑް ޖަހާފައިވާ ފަރާތްތަކަށް 2 ވަނަ ޑޯޒް 6 މަސް ދުވަހުގެ ތެރޭގައި ޖެހޭނެކަމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަނުން )MTAGI ) ލަފާދެއްވާފައިވާކަމަށެވެ. މިލަފަޔާ ގުޅިގެން ކޮވިޝީލްޑް/އެސްޓްރާޒެނެކާ ވެކްސިންގެ 2 ވަނަ...
އިބްރާހިމް އަސްވާޤް
މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަގާމަށް އައްޔަން ކުރައްވާފައިވާ އައްޑޫސިޓީ ހުޅުދޫ، ޓްރައިސްޓަރ، އާމިނަތު ޝައުނާ އަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. ޝައުނާއަށް ރުހުން ދޭން ފެންނަ ކަމަށް ފާސްވީ 57 މެންބަރުން ވޯޓުންނެވެ. އަދި ރުހުން ދޭން ނުފެންނަ ކަމަށް 8 މެންބަރަކު ވޯޓު ދީފައިވެ އެވެ. އެންވަޔަރަމަންޓް މިނިސްޓަރުގެ މަގާމްގައި ހުންނެވި ޑރ. ހުސެއިން ރަޝީދު ހަސަން ފިޝަރީޒް މިނިސްޓްރީއަށް ބަދަލު ކުރުމަށް ފަހު އެ […]
ތިލަދުން
ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ކުޅުނު ރަހުމަތްތެރި ކަމުގެ ފަހު މެޗުގައި ލެޓްވިއާ އަތުން 7-1 ގެ ތަފާތު ބޮޑު ނަތީޖާއިން މޮޅުވެ އެ ޓީމުން ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފުރިހަމައަށް ތައްޔާރު ވެއްޖެއެވެ. މުޅި މެޗުގައި ވެސް ޖަރުމަނުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި އެކަނި ވެސް ފަސް ލަނޑު ކާމިޔާބު ކޮށްފައެވެ. މި މެޗުގައި ޖަރުމަނުން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ […]
އިބްރާހިމް ޚަލީލް
ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ދޭ މަޢުލޫމާތާއި އެއްގޮތަށް ހއ. އުތީމުގައި ހުންނަ ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގައި ސުވެނިއަރ ފިހާރައަކާ ކެފޭއެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކޮށްފި އެވެ. ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލާކަމަށެވެ. މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރުން އޮންނާ...
އިބްރާހިމް އަސްވާޤް
ހއ. އަތޮޅު ވެރިރަށް ދިއްދޫގައި ކޯވިޑް ބަލިމަޑުކަން ފެތުރި ގިނައަދަދެއްގެ ބަޔަކު ބައްޔަށް ޕޮޒިޓިވް ވުމާއި ގުޅިގެން ބަލިމަޑުކަމުން އަރައިގަތުމަށް، ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުން އިސްނަގައިގެން ކުރެވުނު މަސައްކަތުން، ބަލިމަޑުކަން ކޮންޓްރޯލް ކުރެވުމާއި ގުޅިގެން އެ މަސައްކަތަށް ރަށުގެ މުއައްސަސާތަކާއި ކުލަބް ޖަމްޢިއްޔާތަކާއި އަދި ރައްޔިތުންދެއްވި އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފިއެވެ. މިކަމާއި ގުޅިގެން އެ ހޮސްޕިޓަލުން މިއަދު އާންމުކޮށްފައިވާ ލިޔުމުގައި ވިދާޅުވެފައި ވަނީ މި ބަލިމަޑުކަމު...
އިބްރާހިމް ޚަލީލް
ކުޅުދުއްފުށީ ސިޓީއިން ޅ. ނައިފަރަށް ދަތުރުކުރަމުން ދިޔަ ލޯންޗެއްގައި އިން މާބަނޑު މީހެއް ކަނޑު ގަދަވުމުގެ ސަބަބުން، ހާލު ދެރަވެގެން ށ. ނަރުދޫއަށް ބަނދަރުކޮށް، ނަރުދޫ ސިއްހީ މަރުކަޒުގައި އެމީހާއަށް ފަރުވާ ދޭން ފަށައިފިއެވެ. އެ ލޯންޗްގައި ތިން މާބަނޑު މީހުން ތިއްބެވެ. އެ މީހުންނަކީ އިއްޔެ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދިޔަބަޔެކެވެ. މޫސުން ގޯސްވުމުގެ ސަބަބުން އެމީހުން ރޭ ކުޅުދުއްފުށީގައި މަޑުކުރުމަށްފަހު އަނބުރާ ނައިފަރަށް ދިއުމަށް ދަތުރުފެށީ މިއަދު ހެނދުނުއެވެ. ނަރުދޫ ސިއް...
ޙުސައިން ޝަހުދީ
އެމްޓީސީސީގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 20 ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފިއެވެ. މި ޖަލްސާ އޮންނާނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ “ފަހި ވޯޓު” މެދުވެރިކޮށެވެ. މި ޖަލްސާގައި ބައިވެރިވެވޭނީ މިދިޔަ މަހުގެ 19ގެ ކުރިންއެމްޓީސީސީގެ ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށެވެ. ސީއެމްޑީއޭގެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި ހިއްސާ ވިއްކާ ކުންފުނިތަކުން ކޮންމެ އަހަރެއްގެ އަހަރީ އާއްމު ޖަލްސާ ޖެހިގެން އަންނަ އަހަރުގެ މެއި މަސް ނިމުމުގެ ކުރިންބާއްވ...
އަޙްމަދު ވަހީދު
ހދ. ހަނިމާދޫ މީހުން ދިރިއުޅޭ ސަރަހައްދުން 853،937 އަކަފޫޓްގެ ބިމެއް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ސަރަހައްދުގެ ބައެއްގެ ގޮތުގައި އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާތީ، ހަނިމާދޫގައި ހަރަކާތްތެރިވާ ތިން މަދަނީ ޖަމިއްޔާއިން އެކަމާ ކަންބޮޑުވުން ފާޅުކޮށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް ސިޓީއެއް ފޮނުވައިފިއެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކޮށް، ތަރައްގީ ކުރުމަށް ކުރިމަތިލުމަށް އިންޑިއާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކުން ވަނީ މިއަހަރު މާރިޗްމަހު ކުރީ ކޮޅު ވަނީ ބިޑަށް ހުޅުވާލާފައެވެ....
ތިލަދުން
ދިވެހިރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ދިގުމުއްދަކަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވަމުންއައި މާދިހު އިސްމާއީލް ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ. މާދިހު އިސްމާއީލް ނިޔާވީ ރޭގެ ވަގުތެއްގައި އައިޖީއެމްއެޗް ހޮސްޕިޓަލްގައެވެ. ނިޔާވިއިރު އުމުރަކީ 51 އަހަރެވެ. މާދިހުގެ ޢާއިލާއިން ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވާފައިވާ ގޮތުގައި އޭނާ ނިޔާވީ ހޮޑުލެވި، ހޭނެތުމުން އަޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެެވެ. މާދިހު އިސްމާއީލް އަކީ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޝާހު އިސްމާއީލް އާއި...
ޔުމްނާ ޢަލީ
ހދ. މަކުނުދޫން އިތުރު 8 މީހަކު ކޯވިޑަށް ޕޮޒިޓިވްވެ، ހދ. އަތޮޅުގެ އެކްޓިވް ކޭސްތަކުގެ އަދަދު 105 އަށް އަރައިފިއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވީ މަކުނުދޫ އަލަށް ޕޮޒިޓިވްވި 8 މީހުންގެ ތެރޭގައި ހިމެނެނީ މަކުނުދޫ ފްލޫ ކްލިނިކުން ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި ސާމްޕަލަކާއި، ކޮންޓެކްޓު ޓްރޭސިން ސާމްޕަލްތަކުގެ ގޮތުގައި ނެގި ސާމްޕަލަކުން ޕޮޒިޓިވްވި 7 ސާމްޕަލެއް ކަމަށެވެ. މަކުނުދޫގައި މިބަލީގެ 11 މީހަކު މިހާރު ތިބިއިރު އެރަށް ރޯގާގެ ޢަލާމަތްތައް ހުރެގެން ފްލޫ […]
ޙުސައިން ޝަހުދީ
އިންޑިއާގެ ކޮވިޝީލްޑް ވެކްސިނުގެ ފުރަތަމަ ޑޯޒު ޖެހިއިތާ 6 މަސް ފަހުންވެސް 2 ވަނަ ޑޯޒު ޖެހޭނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލަފާ ދީފައިވާ ކަމަށް ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ. ވެކްސިން ޕްރަގްރާމްގައި އިސްކޮށް ހުންނެވި ޑރ. ފައިސަލް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ 12 ހަފްތާވާއިރުު ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ނުލިބުނަސް 6 މަސްތެރޭ ލިބިއްޖެނަމަ އަލުން ފަށަން ނުޖެހޭނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލަފާ ދީފައިވާ ކަމަށެވެ. “ސަބަބަކީ އެއީ ފުރަތަމަ […]
އަލީ އާދިލް
ސަފާރީއަކުން ފީނަން ފޭބި އިނގުރައިދޫ ޒުވާނަކު ނިޔާވެއްޖެ އެވެ. ފުލުހުން ވިދާޅުވީ އދ. ދަނގެތީ ފަޅުގައި އޮތް ބުލޫފޯރސް 1 ނަމަކަށް ކިޔާ ސަފާރީއަކުން ޑައިވިނަށް ގޮސް އުޅުނު ޒުވާނަކު މިރޭ 22:30 ނިޔާވެފައިވާކަމަށެވެ. ފުލުހުން ވިދާޅުވީ ނިޔާވެފައިވަނީ ރ. އިނގުރައިދޫ، ވެސްޓް ބީސްޗް މުމްތާޒް ހުސައިން އެވެ. 32 އަޖަރުގެ މިޒުވާނާގެގެ ހަބަރެއް ނުވެގެން ބެލި އިރު ފެނިފައިވަނީ ސަފާރީ އާއި ދިމާލު މޫދު އަޑީގައި އޮއްވައެވެ. “އެމީހާ ނެގިއިރު އެއްވެސް ހަރަކާތެއް ނެތް ކަމަށް […]
އަލީ އާދިލް
އުމުރުން 13 އަހަރާއި 18 އަހަރުގެ ކުދިން ބެލެހެއްޓުމަށް ދައުލަތުގެ ބެލުމުގެ ދަށުގައި ހިންގަމުން އަންނަ ކުޑަކުދިންގެ ހިޔާ މަރުކަޒުގައި ދޮޅު މަސް ދުވަހުގެ ތެރޭގައި އަލިފާނުގެ ތިންވަނަ ހާދިސާއެއް ހިނގާފައިވާތީ، އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އިން އެކަމާ ކަންބޮޑުވުން ފާޅުކޮށްފި އެވެ. ރާއްޖޭގެ ކުޑަކުދިންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމުގައިވާ އާކް މޯލްޑިވްސް އިން މިކަން ހާމަކުރީ މި މަހުގެ 6 ވަނަ ދުވަހު ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންގެ […]
އަޙްމަދު އަރުޝަމް
ހއ. ކެލާ ރައްޔިތުން ވެސް ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނާއެކު ތިބިކަން ހާމަކޮށްދީ، އެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން 26،900 ރުފިޔާ ހަދިޔާކޮށްފިއެވެ. މިފައިސާއަކީ، ކެލާ ރައްޔިތުންގެ ފަރާތުން ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ކެލާ ކައުންސިލުން އިސްނަގައިގެން ހިންގި ފައިސާއެއްކުރުމުގެ ހަރަކާތުން ލިބުނު ފައިސާއެވެ. މިގޮތުން ކެލާ ކައުންސިލުން ވަނީ އެ ކައުންސިލް އިދާރާގައި ބެހެއްޓި ފަންޑު ފޮށްޓަށް ލިބުނު 26900 ރުފިޔާ އިންޓަނޭޝަނަކް އެއިންޕޭންގެ އެކައުންޓަށް އި...
ޙުސައިން ޝަހުދީ
ޢަދާވާތްތެރިކަން ކުޑަ މުޖުތަމަޢެއް ބިނާކުރުމުގެ އަަސާސީ މަގަކީ ތަޢުލީމާއި ތަރުބިއްޔަތު ދިނުމުގެ މަގުކަމަށް ކުރީގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ޑރ. ޝަހީމް ވިދާޅުވީ ޤާނޫނަށް ގެންނަ ބަދަލުގެ ސަބަބުން އިސްލާމީ ޝަރީޢަތުގައި ކަނޑައެޅި ބަޔާންވެގެންވާ ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުމުގެ، މަތިވެތި އަސާސަށް އެއްވެސް އުނިކަމެއް އައިސްގެން ނުވާނެކަމަށެވެ. ޝަހީމް މިހެން ވިދާޅުވީ، ލާދީނީ ގޮވުން ހުއްޓުވުމަށް ސަރުކާރުން ހުށަހެޅި ބިލާއި ގު...
ޖަލްވާން ޖާދުﷲ