މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,415 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1646 ވަނަ ޞަފްޙާ

މަރުހަބާ ޝާހިދު: އދގެ އާންމު މަޖިލީހުގެ ރައީސްކަން ކާމިޔާބު ކުރައްވައިފި

މަރުހަބާ ޝާހިދު: އދގެ އާންމު މަޖިލީހުގެ ރައީސްކަން ކާމިޔާބު ކުރައްވައިފި

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަން ކާމިޔާބުކުރައްވައިފި އެވެ. މިރޭ ބޭއްވި އިންތިހާބުގައި ޝާހިދު އެ މަގާމަށް ހޮވި ވަޑައިގެންނެވީ އަފްޣާނިސްތާނުގެ ކުރީގެ ހާރިޖީ ވަޒީރު ޑރ. ޒަލްމާއި ރަސޫލް އާއި ވާދަ ކުރައްވަ އެވެ. މިރޭ ނެގި ވޯޓްގައި އާންމު މަޖިލީހުގައި ހިމެނޭ 193 މެންބަރު ގައުމަކުން ލީ ސިއްރު ވޯޓެކެވެ. މިނިސްޓަރު ޝާހިދަށް ލިބިވަޑައިގަތީ 191 ވޯޓުގެ ތެރެއިން 143 ވޯޓުންނެވެ. އާންމު މަޖިލީހުގައި ހިމެނޭ […]

އަލީ އާދިލް
ނަޝީދު ޖަލުން މިނިވަންކުރީ 12 މެންބަރުންގެ މަސައްކަތާއެކު، އެކަމަކު ދިނީ ދޯކާ: ލަތީފް

ނަޝީދު ޖަލުން މިނިވަންކުރީ 12 މެންބަރުންގެ މަސައްކަތާއެކު، އެކަމަކު ދިނީ ދޯކާ: ލަތީފް

ކުރީގެ ރައީސް، މިހާރުގެ މަޖިލިސް ރައީސް މުޙައްމަދު ނަޝީދު ޖަލުން މިނިވަންވީ 12 މެންބަރުންގެ ވެސް މަސައްކަތާއެކު ކަމަށާއި، ނަމަވެސް 12 މެންބަރުންނަށް ނަޝީދު ވެވަޑައިގަތް ވަޢުދާ ވަނީ ޚިލާފުވެ ވަޑައިގެންފައި ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބުދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ. ލަތީފް އެ ވިދާޅުވި 12 މެންބަރުންނަކީ ކުރީގެ ސަރުކާރުގެ ދުވަސްވަރު އެ ސަރުކާރުގެ އަނިޔާވެރިކަމާދެކޮޅަށް ކަމަށްބުނެ، އޭރު ވެރިކަމުގައި އޮތް ޕީޕީއެމް ދޫކޮށް އޭރުގެ އިދިކޮޅާއި ގުޅިވަޑައިގަތް 12 މެންބަރުން ކަމަށް ބެލެ...

ތިލަދުން
ތިލަދުންމަތީ ހަނިމާދޫ ބަނދަރު ހަދަން ބޭނުންވާ ބޮޑު ހިލަ ސައިޓަށް ގެންގޮސްފި

ތިލަދުންމަތީ ހަނިމާދޫ ބަނދަރު ހަދަން ބޭނުންވާ ބޮޑު ހިލަ ސައިޓަށް ގެންގޮސްފި

ހދ. ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ބާރޖް މިއަދު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ވާކަމަށް އެމްޓީސީސީއިންބުނެފިއެވެ. މި މަޝްރޫޢުގެ ދަށުން  ބަނދަރަށް އަލަށް އިތުރު ކުރެވޭ ސަރަޙައްދުގެ 53،522.50 ކިއުބިކް މީޓަރުގެ ފުންކުރުމަށް ހަމަޖެހިފައި ވާއިރު، 31،575.50 ކިއުބިކްމީޓަރުގެ ސަރަޙައްދެއް، ބަނދަރަށް ވަދެވެން އޮންނަ ދިމާ ނެރު ފުންކުރާނެއެވެ. އަދި 355 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި 270 މީޓަރުގެ ސަރަޙައްދެއްގައިއެއްގަމު ތޮށި ލުމުގެ މަސައްކަތް ވެސް މި...

އަޙްމަދު ވަހީދު
އުރީދޫ ފެންޓަސީ ލީގުގެ ވަނަތަކަށް އަގުހުރި އިނާމުތަކެއް

އުރީދޫ ފެންޓަސީ ލީގުގެ ވަނަތަކަށް އަގުހުރި އިނާމުތަކެއް

ޔޫރޯ 2020 ގެ ފުޓުބޯޅަ ފޯރި އާއި ގުޅިގެން އުރީދޫ މޯލްޑިވްސްއިން ޔޫރޯ ފެންޓަސީ ފުޓްބޯލް 2020ގައި “އުރީދޫ ފެންޓަސީ ލީގް” ގެ ނަމުގައި މުބާރާތެއް އިއުލާނު ކޮށްފިއެވެ. މި ލީގުގައި ބައިވެރިވާ ފަރާތްތަކުން ވާދަކޮށް ލީގު ނިމޭއިރު އެންމެ މަތިން ވަނަ ހޯދާ 10 ފަރާތަކަށް އަގު ހުރި އިނާމްތަކެއްވެސް ލިބިގެންދާނެއެވެ. މިއީ މިގޮތަށް އުރީދޫ މޯލްޑިވްސްއިން އިންތިޒާމް ކުރާ ދެވަނަ ފެންޓަސީ ފުޓްބޯޅަ މުބާރާތެވެ. 2018ވަނަ އަހަރު ފީފާ ވޯލްޑް ކަޕް އާއި ގުޅިގެން […]

އަޙްމަދު ވަހީދު
ޗައިނާގެ ޕްރޮޕެގަންޑާ ފަތުރަން ޓްވިޓާގައި ފޭކު އެކައުންޓުތަކުގެ ލަޝްކަރެއް

ޗައިނާގެ ޕްރޮޕެގަންޑާ ފަތުރަން ޓްވިޓާގައި ފޭކު އެކައުންޓުތަކުގެ ލަޝްކަރެއް

ޗައިނާއަށް ޓްވިޓާގައި ބާރު ލިބުނީ އެ ގައުމުގެ ސަރުކާރުގެ ޕްރޮޕެގަންޑާ ފަތުރާ ފޭކް އެކައުންޓުތަކަކުން ކަމަށް އޮކްސްފޯޑު ޔުނިވާސިޓީގެ އިންޓަނެޓް އިންސްޓިޓިއުޓް އިން ބުނެފިއެވެ. އެސޯސިއޭޓެޑް ޕްރެސް އާއި އޮކްސްފޯޑު ގުޅިގެން ކުރި މި ދިރާސާއަކީ ހަތް މަސް ދުވަހުގެ މުއްދަތަކަށް ކުރި ދިރާސާއެކެވެ. މި ދިރާސާގައި ބުނެފައިވާގޮތުގައި ޗައިނާގެ މި ފޭކް އާމީ އިން އެ ގައުމުގެ ޑިޕްލޮމެޓުން ޓްވީޓުތައް ރީޓްވީޓު ކުރެއެވެ. އެހެންކަމުން ގިނަ ބަޔަކަށް އެ މައުލޫމާތު ފޯރުވެއެވެ. އެ އެކައުންޓުތަކުން މި […]

އަޙްމަދު ވަހީދު
ހއ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ވައިޓް އެލާޓް ނެރެފި

ހއ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ވައިޓް އެލާޓް ނެރެފި

ހއ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ދ. އަތޮޅަށް 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ކަނޑުތައް ގަދަވާނެ ކަމަށާއި ބައެއް ރަށްރަށަ،ް އުދައަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައި ވަނީ މިރޭގެ 20:00 އާ ހަމައަށެވެ. ރާއްޖޭގެ މޫސުން […]

ޖަލްވާން ޖާދުﷲ
ކިނޮޅަހުގެ ފެނާއި ނަރުދަމާގެ 35 އިންސައްތަ މަސައްކަތް ނިމިއްޖެ

ކިނޮޅަހުގެ ފެނާއި ނަރުދަމާގެ 35 އިންސައްތަ މަސައްކަތް ނިމިއްޖެ

ރ. ކިނޮޅަހުގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫގެ 35 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ(އެމްޑަބްލިޔުއެސްސީ) އިން ބުނެފިއެވެ. އެމްޑަބްލިޔުއެސްސީން ބުނީ، އެ މަޝްރޫއުގެ ފެނުގެ ނިޒާމުގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ 91 އިންސައްތަމަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަސަައްކަތުގެ ދަށުން 6.27 ކިލޯ މީޓަރުގެ ދިގު ފެން ހޮަޅީގެ މައި ނެޓްވޯކް އެޅުމާއި ފެން އުފެއްދުމަށްޓަކ...

އަޙްމަދު ވަހީދު
ޗައިނާއިން 180 މިލިއަން އަހަރުވެފައިވާ ސާރެއްގެ ކަށިތައް ފެނިއްޖެ

ޗައިނާއިން 180 މިލިއަން އަހަރުވެފައިވާ ސާރެއްގެ ކަށިތައް ފެނިއްޖެ

ޗައިނާގެ ޔުނާން ޕްރޮވިންސުން 180 މިލިއަން އަހަރުވެފައިވާ ސާރެއްގައި ކަށިތަކެއް ފެނިއްޖެއެވެ. މި ކަށިތައް ފެނިފައިވަނީ ސާރުތައް ދިރާސާ ކުރާ “ޕޭލިއެންޓޮލޮޖިސްޓުން”ނަށެވެ. އެ މީހުން ބުނެފައިވާގޮތުގައި ސާރުގެ 70 އިންސައްތަ ކަށިތައް ވަނީ ފެނިފައެވެ. މި ސާރުގެ ދިގުމިނުގައި އަށް މީޓަރު ހުންނާނެ ކަމަށް ލަފާކޮށްފައިވާއިރު މި ސާރު ދުނިޔޭގައި ދިރިހުރީ ޖުރާސިކް އިރުގައި ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެއީ މީގެ 145 މިލިއަން އަހަރާއި 201 މިލިއަން އަހަރު ކުރިއެވެ. ސާރުގެ ކަށިތައް ފެނިފައިވާ […]

އަޙްމަދު ވަހީދު
ވައިކަރަދޫ ރައްޔިތުންގެ ފަރާތުން ފަލަސްތީން ފަންޑަށް 47849 ރުފިޔާ

ވައިކަރަދޫ ރައްޔިތުންގެ ފަރާތުން ފަލަސްތީން ފަންޑަށް 47849 ރުފިޔާ

ހދ.ވައިކަރަދޫގައި ހުރި މުއައްސަސާތަކުގެ މުވައްޒަފުން އިސްނަގައިގެން ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހިންގި ފަންޑްރައިޒް ހަރަކާތުން 47849.50 (ސާޅީސް ހަތްހާސް އަށްސަތޭކަ ސާޅިސް ނުވަރުފިޔާ ފަންސާސްލާރި) ލިބިއްޖެއެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ 02 ޖޫން 2021 އިން 05 ޖޫން 2021 ގެ ނިޔަލަށެވެ. މި ހަރަކާތް ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންގޮސްފައިވާއިރު، މި ހަރަކާތުގެ ދަށުން ވަނީ އެ ރަށުގެ ހަތަރު މުއައްސަސާއެއްގައި ފަންޑްފޮށި ބަހައްޓާފައެވެ. އެ މުއައް...

އިބްރާހިމް ޚަލީލް
ކޯވިޑް ބަލީގައި 100 އަހަރުގެ މީހަކު ނިޔާވެއްޖެ

ކޯވިޑް ބަލީގައި 100 އަހަރުގެ މީހަކު ނިޔާވެއްޖެ

ކޯވިޑް-19 ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވި ގޮތުގައި، ނިޔާވީ އުމުރުން 100 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11ގައި ފަރުވާ ދެމުން ދިޔަ މީހެކެވެ. އެމީހާ ނިޔާވީ ހެނދުނު 9:33 ގައެވެ. މިއީ މިއަދު ނިޔާވި ދެވަނަ މީހާއެވެ. މިއަދު ފުރަތަމަ ނިޔާވީ 86 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ ހުޅުމާލޭ ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. އެމީހާ ނިޔާވީ ރޭ މެންދަމު 12:19 […]

ޔުމްނާ ޢަލީ
ނަޝީދު ހުށަހެޅި މައްސަލަ ބޭރުކޮށްލަން ނާޒިމް ހުށަހެޅީ ސަރުކާރުން ބުނެގެން ކަމަށް ވައްޑޭ ތުހުމަތުކޮށްފި

ނަޝީދު ހުށަހެޅި މައްސަލަ ބޭރުކޮށްލަން ނާޒިމް ހުށަހެޅީ ސަރުކާރުން ބުނެގެން ކަމަށް ވައްޑޭ ތުހުމަތުކޮށްފި

މަޖިލިސް ރައީސް މުޙައްމަދު ނަޝީދު މަޖިލީހުގެ އިމްތިޔާޒު އަދި ސްލޫކް ކޮމެޓީއަށް ހުށަހެޅި ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލްގެ އިމްތިޔާޒުގެ މައްސަލަ ކޮމެޓީން ބޭރުކޮށްލަން ދަނގެތީ ދާއިރާގެ މެންބަރުން މުހައްމަދު ނާޒިމް ހުށަހެޅުއްވީ އެކަމުގެ ފަހަތުގައި ސަރުކާރު އޮވެގެން ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ތުހުމަތު ކުރަށްވައިފިއެވެ. ވައްޑޭ ކުރެއްވި ޓްވީޓެއްގައި ވަނީ، ބަލި އެނދުގައި އޮތް ރައީސް ނަޝީދު ހުށައެޅުއްވި އެ މައްސަލަ “ބޭރުކޮށްލަން” މެންބަރު ނާޒިމް...

އަލީ އާދިލް
ފަލަސްތީނަށް އެހީވުމަށް ދިއްދޫ ރައްޔިތުންގެ ފަރާތުން 155،682 ރުފިޔާ

ފަލަސްތީނަށް އެހީވުމަށް ދިއްދޫ ރައްޔިތުންގެ ފަރާތުން 155،682 ރުފިޔާ

އަނިޔާވެރި އިޒްރޭލްގެ ލާއިންސާނީ އުދުވާނުތަކުގެ ސަބަބުން އެތައް ވޭނެއް ތަހައްމަލު ކުރަމުންދާ ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނަށް އެހީވުމަށް ހއ. ދިއްދޫގައި ރައްޔިތުންގެ ފަރާތުން ގިނަ އަދަދެއްގެ ފައިސާ އެއްކޮށްފިއެވެ. ފަލަސްތީނަށް އެހީވުމަށް ދިއްދޫގައި ހިންގުނު ފައިސާ ހޯދުމުގެ ހަރަކާތް ކުރިއަށް ދިޔައީ 25 މެއި އިން 6 ޖޫން އަށެވެ. މިއީ “ދިއްދޫ ފަލަސްތީނާއެކު” ނަމުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. ދިއްދޫ ރައްޔިތުންގެ ފަރާތުން ފަލަސްތީނަށް އެހީ ވުމަށް ހިންގުނީ ހިމޭން ހަރަކާތެކެވެ. ސަބަބަކަށް ވެފައ...

ޙުސައިން ޝަހުދީ
ހޮވުނީ ނަޝީދުގެ ފޮޓޯ ވިއްކައިގެން، ކަރަށް ފައިން އަރަން ދިމާކުރާނީ ގޮތެއްފޮތެއް ނެތީމައި: މީކާއިލް

ހޮވުނީ ނަޝީދުގެ ފޮޓޯ ވިއްކައިގެން، ކަރަށް ފައިން އަރަން ދިމާކުރާނީ ގޮތެއްފޮތެއް ނެތީމައި: މީކާއިލް

ކުރީގެ ރައީސް އަދި މިހާރުގެ މަޖިލިސް ރައީސް މުޙައްމަދު ނަޝީދުގެ “ފޮޓޯ ވިއްކައިގެން” މަޖިލީހަށް ހޮވުނު ބޭފުޅުން، މިއަދު އެމަނިކުފާނުގެ ހާލުގައި އޮންނެވި ދުވަހު ކަރަށް ފައިން އަރަން ދިމާކުރާނީ ވަރަށް ގޮތެއް ނެތީމައި ކަމަށް ގަލޮޅު ދެކުނު ދާއިރާ މެންބަރު މީކާއީލު އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ. މީކާއީލު މިހެން ވިދާޅުވީ، “އެމްޑީޕީ މެންބަރުންގެ ވޯޓާއެކު ޒަމީލްގެ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި” މި ސުރުޚީގެ ދަށުން ނޫހަކުން ގެނެސްދީފައިވާ ޚަބަރެއް ހިމަނުއްވައި ކުރެއްވި ޓްވީޓެއްގައެވެ. ރައްޔިތުންގެ...

އަލީ އާދިލް
އެމްޑީޕީގެ މެންބަރުންގެ ތާއީދާއެކު ޒަމީލުގެ މައްސަލަ ކޮމެޓީން ބޭރުކޮށްލައިފި

އެމްޑީޕީގެ މެންބަރުންގެ ތާއީދާއެކު ޒަމީލުގެ މައްސަލަ ކޮމެޓީން ބޭރުކޮށްލައިފި

ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ހަސަން ޒަމީލް، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަނެފައިވާ ކަމަށް ވިދާޅުވެ، އެ މައްސަލަ ބަލައިދިނުމަށް މަޖިލީހުގެ އިމްތިޔާޒު އަދި ސްލޫކު ކޮމިޓީ އަށް ހުށަހެޅި މައްސަލަ ރޭ ބޭރުކޮއްލައިފި އެވެ. މަޖިލީހުގެ އިމްތިޔާޒް އަދި ސްލޫކް ކޮމެޓީއަށް އެ މައްސަލަ ހުށަހެޅުއްވީ ވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ރައީސް ނަޝީދު އެ މައްސަލަ ހުށަހެޅުއްވީ، އެމަނިކުފާނު އަވަހާރަ ކޮށްލަން މޭމަހުގެ 6 ވަނަ ދުވަހުގެރޭ ނުރައްކާތެރި […]

އަލީ އާދިލް
ކޮވިޑް-19: 86 އަހަރުގެ ފިރިހެނަކު ނިޔާވެ، މިމަހު ނިޔާވި މީހުންގެ އަދަދު 25 އަށް

ކޮވިޑް-19: 86 އަހަރުގެ ފިރިހެނަކު ނިޔާވެ، މިމަހު ނިޔާވި މީހުންގެ އަދަދު 25 އަށް

ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ 86 އަހަރުގެ ފިރިހެނަކު ނިޔާވެއްޖެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގުގައި އެ މީހާ ނިޔާވެފައި ވަނީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ. މިމީހާ ނިޔާވެފައިވާ ސީދާ ގަޑިއެއް އަދި ސާފެއް ނުވެއެވެ. މިމީހާގެ އިތުރުން އިއްޔެ ވަނީ ރާއްޖެއިން މިބަލީގައި 3 މީހުން ނިޔާވެފައެވެ. އިއްޔެ ނިޔާވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިިލިޓީގައި ފަރުވާދެމުންދިޔަ 41 އަހަރުގެ އަންހެނަކާއި އުމުރުން 93 އަހަރުގެ ދިވެހި ފިރިހެނަކާއި އިއްޔެ ހެނދުނު ހަމަ އެ ފެސިލިޓީގައި […]

އަލީ އާދިލް
ފިނޭ ވީއެސްއާރުސީން އިންތިޒާމް ކޮށްގެން ފަލަސްތީނަށް އެހީވުމަށް ހާއްސަ ހަރަކާތެއް

ފިނޭ ވީއެސްއާރުސީން އިންތިޒާމް ކޮށްގެން ފަލަސްތީނަށް އެހީވުމަށް ހާއްސަ ހަރަކާތެއް

ހދ. ފިނޭގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކުލަބެއްކަމުގައިވާ ވީއެސްއާރުސީގެ ފަރާތުން އިންތިޒާމް ކޮށްގެން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހާއްސަ ހަރަކާތެއް ފަށައިފިއެވެ. މި ހަރަކާތާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރަމުން ވީއެސްއާރުސީގެ ވައިސް ޕްރެޒިޑެންޓް ހުސެއިން ނާޝިދު ބުނެފައިވަނީ މި ހަރަކާތް ކުރިއަށް ގެންދިމަށް ރާވާފައިވަނީ ހަތް ދުވަހުގެ މުއްދަތަކަށް ކަމަށެވެ. މި ހަރަކާތުގައި ބޭނުންކުރެވޭ ފަންޑުފޮށި ކޮންމެ ދުވަހެއްގެ ހަވީރު ރަށުގެ އެ...

އިބްރާހިމް ޚަލީލް
މިޝްކާގެ މަރާއި ގުޅިގެން ތެދުނޫން މަޢުލޫމާތު ނުފެތުރުމަށް ޢާއިލާއިން އެދިއްޖެ

މިޝްކާގެ މަރާއި ގުޅިގެން ތެދުނޫން މަޢުލޫމާތު ނުފެތުރުމަށް ޢާއިލާއިން އެދިއްޖެ

ޖޫން 1 ވަނަ ދުވަހުގެ ރޭ ކޯވިޑް ބަލީގައި ނިޔާވި ފާޠިމަތު މިޝްކާ މުހައްމަދުގެ މަރާއި ގުޅިގެން ތެދުނޫން މަޢުލޫމާތު ނުފެތުރުމަށް ޢާއިލާއިން އެދިއްޖެއެވެ. މިޝްކާގެ ޢާއިލާއިން މިގޮތަށް އެދިފައި ވަނީ، މިޝްކާގެ ބައްޕަ މުޙައްމަދު އަޙްމަދު ސޮއިކޮށް، މިޝްކާގެ އާއިލާގެ ފަރާތުން ނެރެފައިވާ ނޫސްބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނެފައިވަނީ، މިޝްކާގެ ހިތާމަވެރި މަރާއި ގުޅިގެން ސޯޝަލްމީޑިއާ އާއި ނޫސްތަކުގައި ތަފާތު ވާހަކަ ދައްކައި ތެދުނޫން މަޢުލޫމާތު ޝާއިރު ކުރާ ކުރުން ކުށްވެރިކުރާ ކަމަށެވެ. މިހިނދުގައި އާއިލާއިން...

ތިލަދުން
ކޯވިޑް ބަލީގައި 41 އަހަރުގެ މީހަކު ނިޔާވެއްޖެ

ކޯވިޑް ބަލީގައި 41 އަހަރުގެ މީހަކު ނިޔާވެއްޖެ

ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ 41 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގުގައި އެ މީހާ ނިޔާވެފައި ވަނީ ހުޅުމާލެ ހޮސްޕިޓަލްގެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ.  މިއާއު އެކު މިއަދު ރާއްޖެއިން ކޮވިޑްބަލީގައި ނިޔާވި މީހުންގެ އަދަދު މިވަނީ 3 ކަށް އަރާފަ އެވެ. މީގެ ކުރިން މއިަދު ނިޔާވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 93 އަހަރުގެ ދިވެހި ފިރިހެނަކާއި މިއަދު ހެނދުނު ހަމަ އެ ފެސިލިޓީގައި ފަރުވާދެމުންދިޔަ […]

އަލީ އާދިލް