ވޭސްޓް މެނޭޖްމަން ކޯޕްރޭޝަން (ވެމްކޯ) ގެ މުވައްޒަފުންގެ ފަރާތުން ފަލަސްތީނަށް ބައިލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.

އެ ކުންފުނިން މި ފައިސާ ފަލަސްތީނަށް ހަދިޔާ ކުރަނީ ރާއްޖޭގެ އިންޓަނޭޝަނަލް އެއިޑް ކެމްޕޭނާ ގުޅިގެންނެވެ. މިއަދު އެ ފައިސާ ވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭނާހަވާލުކޮށްފައެވެ.

Ad
rt

ވެމްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ މުވައްޒަފުންގެ ފަރާތުން މި ފައިސާ އިންޓަނޭޝަނަލް އެއިޑާ ހަވާލު ކޮށްދެއްވީ ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމްމުހައްމަދުއެވެ.

ފަލަސްތީނަށް އެހީވާން ވެމްކޯއިން ވަނީ އެ ކުންފުނީގެ ހުރިހާ ސައިޓެއްގައި ފަންޑު ފޮށި ބަހައްޓަައިފައެވެ. މިއީ “ފްރީ ފަލަސްތީން” ގެ ދަށުން ހިންގި ހަރަކާތެކެވެ.