ރޯގާގެ ޢަލާމަތްތައް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި މީހަކު ހދ. މަކުނުދޫން ޕޮޒިޓީވް ވުމާއިގުޅިގެން އެރަށް މޮނީޓަރިން އަށް ލައިފި އެވެ.

މަކުނުދޫ ހެލްތު ސެންޓަރުން މިރޭ ބުނެފައިވަނީ ރޯގާގެ ޢަލާމަތްތައް ހުރެގެން ފްލޫ ކްލިނިކަށް މިމަހުގެ 3 ވަނަ ދުވަހު ދެއްކި މީހެއްގެ ސާމްޕަލް، މިމަހުގެ 5 ވަނަ ދުވަހު ނެގިފައިވާ ކަމަށާއި އެސާމްޕަލްގެ ނަތީޖާ ޕޮޒިޓިވްވެފައިވާ ކަމަށެވެ.

Ad
rt

މިކޭސްއާއި ގުޅިގެން އެމީހާ ދިރިއުޅެމުންދާ ގޭގައި ދިރިއުޅޭ އެހެން ފަރާތްތަކާއި ކޮންޓެކްޓްވެފައިވާ ފަރާތްތަކުގެ ކޮންޓެކް ޓްރޭސިންގ ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް އެމަރުކަޒުން މިހާރު ކުރަމުން ދާކަމަށް އެސެންޓަރުން ބުނެފައިވެއެވެ.

މިދަނޑިވަޅުގައި ހުރިހާ ފަރާތްތަކުންވެސް މިބަލިން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށްވަނީ އިލްތިމާސް ކުރައްވާފަ އެވެ.

ގޭން ބޭރަށް ނުދިއުމަށް އިލްތިމާސް ކުރަމެވެ. ހޯމް ކަރަންޓީންގައި ތިއްބަވާ ފަރާތްތަކުންވެސް ހޯމް ކަރަންޓީން ގެ ޤަވާއިދުތަކަށް ސަމާލުކަން ދެއްވުމަށް އެސެންޓަރުން ވަނީ އެދިފަ އެވެ.

މިކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކާއި އިތުރު މަޢުލޫމާތު ކުރިއަށް އޮތްތަނުގައި އެސެންޓަރުން ޙިއްސާ ކުރަމުން ގެންދާނެކަމަށް ވިދާޅުވެފައިވެއެވެ.