ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފުގެ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، މަޚްލޫފް މަސްއޫލިއްޔަތުން އެކަހެރިކުރީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމް.އެމް.ޕީ.އާރު.ސީ) ގެ ޚިޔާނާތުގެ މައްސަލައާއި އޭނާގެ މައްޗަށް ދައުވާ ކުރަން މިއަދު ފޮނުވުމުން ކަމަށެވެ. “ޕީޖީން ގޮތެއް ނިންމެވުމާއި ހަމައަށް މަޚްލޫފް މަސައްކަތުން އެކަހެރިވުމަށް ވާނީ އެންގިފައި” މަބްރޫކް ވިދާޅުވިއެވެ. އެމްއެމްޕީއާރުސީ...
ޔުމްނާ ޢަލީ
ހދ. ހަނިމާދޫ ސިއްހީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި ދެބެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ހަނިމާދޫ ސިއްހީ މަރުކަޒުގެ ސީނިއާ ކޮމިނިއުޓީ އޮފިސަރ ޒުބައިދާ އިބްރާޙީމް “ތިލަދުން”އަށް ވިދާޅުވީ، އެ ދެބެންނަކީ ބަލީގެ އަލާމާތް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި ދެބެންކަމަށެވެ. އޭގެ ތެރޭގައި ހަނިމާދޫ ސްކޫލްގެ ގްރޭޑް 9 ގައި ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރަކު ހިމެނެއެވެ. “އަލާމާތްތައް ހުރެގެން އެ ދެބެން ދެއްކީ، ރޯގާގެ އަލާމާތް ހުއްޓަސް އަޅުގަނޑުމެން މިދަނީ ޓެސްޓް ކުރަމުން، އިއްޔެ ކުރީ ދުވަހު […]
ޔުމްނާ ޢަލީ
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމް.އެމް.ޕީ.އާރު.ސީ) ގެ ޚިޔާނާތުގެ މައްސަލައާއި ގުޅިގެން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ހުށަހަޅައިފި ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވިދާޅުވެއްޖެ އެވެ. އޭސީސީއިން މިއަދު ވިދާޅުވީ، އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނާތުގެ މައްސަލައާގުޅިގެން، ގ.ހާފްސީ، އަޙްމަދު މަޚުލޫފު އާއި އަޙްމަދު މުބީންގެ މައްޗަށް ދަޢުވާކުރުމަށްޓަކައި ޕީޖީ އޮފީހަށް...
އަލީ އާދިލް
ބ. އޭދަފުށީ މަގުތައް ހެދުމުގެ މަޝްރޫއުގެ 96 އިންސައްތަ މަސައްކަތް ނިމިއްޖެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން، ފެންހިންދާ ޕަމްޕް ސްޓޭޝަން ހަރުކުރުމުގެ 98އިންސައްތަ މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން، ފެންހިންދާ ނިޒާމެއް ޤާއިމު ކުރުމާއި، މަގުތަކުގައި ތާރު އެޅުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، ސްޕީޑް ބްރޭކަރުހަރުކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެއެވެ...
އަޙްމަދު ވަހީދު
ޖިންސީ އަނިޔާއާގުޅޭ 7 ދަޢުވާއެއް އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ބޭސް ފަރުވާއަށް ރާއްޖޭން ވަޑައިގަތުމަށް ދިން ހަތަރު މަހުގެ މުއްދަތު ހަމަވެއްޖެ އެވެ. ޓޫރިޒަމް މިނިސްޓަރުގެ މަޤާމުގައި ހުންނަވައިގެން، އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ އަނިޔާކުރިކަމުގެ 7 ދަޢުވާއެއް ކުރީގެ ޓޫރިޒަމް ޢަލީ ވަޙީދުގެ މައްޗަށް އުފުލުމާ ގުޅިގެން އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް 19 ޖަނަވަރީ 2021 ގައި ކްރިމިނަލް ކޯޓުން އަމުރުކޮށް، މައްސަލަތަކުގެ ޝަރީޢަތް ފެށުމަށްފަހު ޕާސްޕޯޓު ހިފެހެއްޓުމަށް ކުރި...
އަލީ އާދިލް
42 އަހަރަށްވުރެ ދިގު މުއްދަތަކަށް ދައުލަތަށް ޚިދުމަތްކޮށް ދެއްވި ހއ. ދިއްދޫ “ތިލަދޫ” މުޙައްމަދު ނަޞީރު އިއްުޔެ ރިޓަޔާ ކުރަށްވައިފިއެވެ. އޭނާ ރިޓަޔާ ކުރެއްވިއިރު ހުންނެވީ ތިލަދުންމަތީ އުތުރުބުރީ (ހއ) އަތޮޅު ކައުންސިލް އިދާރާގެ ޑިރެކްޓަރގެ މަޤާމުގައެވެ. މުޙައްމަދު ނަޞީރު ސަރުކާރުގެ ޚިދުމަތަށް އެންމެ ފުރަތަމަ ވެންނެވީ 29 މާރިޗް 1979 ގައި އެއަރ މޯލްޑިވްސްގެ އިނގިރޭސި ސެކްރެޓަރީކަމުގެ މަގާމަށެވެ. އޭގެފަހުން އިނގިރޭސި ވިލާތުން ހެޑްމާސްޓަރކަމުގެ ކޯސް ފުރިހަމަ ކުރައްވާ 1981 ގައި ތަޢުލީމީ ދާއިރާއާ ގުޅިވ...
ޝިއުނާ އާދަމް
ހއ. ދިއްދޫ ހިއްކި ސަރަހައްދު ހިމާޔަތް ކުރުމަށްޓަކައި ޖަހާފައިވާ ހިލަތަކުގެ ތެރެއަށް އެއްވެސް ޒާތެއްގެ ކުންޏެއް ނޭޅުމަށް ދިއްދޫ ކައުންސިލްގެ އިދާރާއިން އެދެފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ދިއްދޫ ހިއްކި ސަރަގައްދުގެ މޫދަށާއި ހިލަތަކުގެ ތެރެއަށް ކުނީގެ އިތުރުން ކެއިން ބުއިމަށް ބޭނުންކުރާ ކުނިވާޒާތުގެ ތަކެތި އަޅަމުންދާ ކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބެމުންދާ ކަމަށެވެ. ކުނިވާޒާތުގެ ތަކެތި އެޅުމުގެ ސަބަބުން އެ ސަރަހައްދުގައި ވަސްނުބައިވެ ބުޅަލާއި އަދި އެ...
އިބްރާހިމް ޚަލީލް
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މައުލޫމާތާއި ހިންގާ ހަރަކާތްތަކުގެ އިތުރުން އެހެނިހެން ކަންކަމާ ގުޅޭ ގޮތުން އާންމުން ހޭލުންތެރި ކުރުވުމުގެ ގޮތުން “މޯލްޑިވްސް މީޑިއާ ކައުންސިލް ކުއިޒް 2021” ނަމުގައި އޮންލައިން ކުއިޒެއް ބާއްވަން ނިންމައިފިއެވެ. މިކުއިޒް ބޭއްވުމަށް ހަމަޖެހިފައިވަނީ 1 ޖުލައި 2021 ފެށިގެން 30 ޖުލައި 2021 ގެ ނިޔަލަޔަށްކަމުގައި އެމްއެމްސީ ވިދާޅުވެއެވެ. އަދި ކުއިޒުގައި ބައިވެރިވުމަށް ރަޖިސްޓްރީވާން ހުޅުވާލާ މުއްދަތަކީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 15 […]
ތިލަދުން
މާލޭ ސިޓީކައުންސިލްގެ ޖަލްސާތައް ލައިވްކޮށް ދެއްކުމަށް އެ ކައުންސިލްގެ ފުރަތަމަ ޖަލްސާގައި ފާސްކޮށްފައިވާ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މޭޔަރު ޑރ. މުޢިއްޒު މިއަދު ކުރެއްވި ދެ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، މާލޭ ސިޓީ ކައުންސިލަކީ ދެފުއްފެންނަ ގޮތަށް ހިންގާ ކައުންސިލަކަށް ހެދުމަށްޓަކައި، އެ ކައުންސިލްގެ ޖަލްސާތައް ލައިވް ކުރުމަކީ ކައުންސިލްގެ ފުރަތަމަ ރަސްމީ ޖަލްސާގައި ފާސްކޮށްފައިވާ އެސްއޭޕީގައި ކަނޑައަޅާ ފާސްކޮށްފައި އޮތް ކަމެއް ކަމަށެވެ. އެކަމަށްޓަކައި ސިޓ...
އަލީ އާދިލް
ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިން ބުރުގައި ބުދަދުވަހު ބްރެޒިލް ޕެރަގުއޭއަތުން މޮޅުވިއިރު އާޖެންޓީނާއާއި ކޮލަމްބިއާ ބައްދަލކުރި މެޗު އެއްވަރު ވެއްޖެއެވެ. ޕެރަގުއޭގައި ކުޅުނު މި މެޗު ބްރެޒިލް ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއިންނެވެ. ދެކުނު އެމެރިކާގެ ކޮލިފައިންގައި ބްރެޒިލް މިހާތަނަށް ކުޅުނު ހަ މެޗުވެސް ވަނީ ކާމިޔާބު ކޮށްފައެވެ. ކޮލިފައިންގައި ރަނގަޅު ނަތީޖާއެއް ނެރެމުން އަންނަ ބްރެޒިލުން ވަނީ މި މެޗުގައި ވެސް ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން މެޗުގެ ވަރަށް ކުރީކޮޅު އެ […]
އިބްރާހިމް ޚަލީލް
ކޯވިޑް ބަލީގައި މިއަދު މިހާތަނަށް ރާއްޖެއިން ދެ މީހަކު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވި ގޮތުގައި، މިއަދު މިހާތަނަށް ނިޔާވެފައި ވަނީ ދިވެހި ދެ ފިރިހެނުން ކަމަށެވެ. އެއީ އުމުރުން 77 އަހަރުގެ މީހަކާއި 94 އަހަރުގެ މީހެކެވެ. މި ދެ މީހުންނަކީ ވެސް ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ ދެމީހުންނެވެ. 77 އަހަރުފެ މީހާ ނިޔާވީ ހެނދުނު 9:50 ގައެވެ. 94 އަހަރުގެ މީހާ ނިޔާވީ ހެނދުނު 10:31 ގައެވެ. […]
ޔުމްނާ ޢަލީ
ހއ. ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުނންފުނިން ބުނީ މި މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށް ދަނީ ޖިއޯ ބޭގުތަކަށް ވެލިއެޅުމުގެ މަސައްކަތް ކަމަށެވެ. މި މަޝްރޫއުގެ ދަށުން، ކޮނުމަށްފަހު ބިންގަޑު އެއްވަރުކުރަން 7،750 ކިއުބިކް މީޓަރުގެ ވެލިބޭނުންކުރުމާއި، ޖިއޯ ބޭގްސްއަށް އެޅުމަށް 1،926 ކިއުބިކް މީޓަރުގެ ވެލިބޭނުންކުރުމާއި، ރަށްގިރުމުން ސަލާމަތްކުރުމަށްޓަކައި 3...
އަޙްމަދު ވަހީދު
ހދ. ނައިވާދޫ ކައުންސިލުން ނިންމާނިންމުންތައް ވަކިން ލިޔެލުމަށްފަހު ހުރިހާ މެމްބަރުންގެ ސޮއިއާއިއެކު ވޯޓްލީގޮތް ނުހިމަނާ އާންމުކުރަން އެ ކައުންސިލުން ނިންމައިފިއެވެ. އެ ކައުންސިލުން މިގޮތަށް ނިންމާފައިވަނީ 27 މެއި 2021 ގައި ބޭއްވި އެ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ ތިންވަނަ ޖަލްސާގައި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. މިނިންމުން މިގޮތައް ނިންމާފައިވަނީ ކީއްވެތޯ “ތިލަދުން” ނޫހުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނައިވާދޫ ކައުންސިލްގެ ރައީސް އަލީ ރަޝީދު މުޙައްމަދު ވިދާޅުވެފައިވަނީ ކައުންސިލުގެ...
އިބްރާހިމް ޚަލީލް
މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީން ދޫކުރަމުންދާ ލައިސަންސް ކާޑާއި ރަޖިސްޓްރީތައް އަމިއްލައަށް ގޮސް ނެގޭނެ ހާއްސަ މެޝިނެއް ބަހައްޓައިފި އެވެ. މީގެ ކުރިން ކިއު ނަންބަރު ދޫކޮށްގެން އެ އޮތޯރިޓީގެ ކައުންޓަރުން އެކަން ކުރަމުން އައިނަމަވެސް މިއަދު އިފްތިތާޙްކުރި މި ޚިދުމަތާއިއެކު މިކަމަށްވެސް މިވަނީ ފަސޭހަތަކެއް ލިބިފައެވެ. އެ ހިދުމަތް މިއަދު ފައްޓަވައި ދެއްވީ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއެވެ. އެ މިިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނީ, ލައިސަންސް ކާޑާއި ރަޖިސްޓަރީތައް ދެން ދޫކުރަމުންގެނ...
ތިލަދުން
ރ. މަޑުއްވަރީ ދެކުނު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެގެ ދަށުން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް މިއަދު ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، މި މަޝްރޫޢުގެ ދަށުން 7،280 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރުފުންކުރުމާއި، 65،520 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުން ހިމެނޭ ކަމަށެވެ. މި މަޝްރޫއުގެ ދަށުން 411 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލައި، 566 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމ...
އަޙްމަދު ވަހީދު
އުރީދޫ މޯލްޑިވްސް އާއި ޒުވާން މަސްވެރިޔާ ގުޅިގެން އިހަވަންދޫ މަސްވެރިންނަށް ހަދިޔާ ބަހަން ފަށައިފިއެވެ. މިއީއެރަށު މަސްވެރި އިހަވަންދޫ އާއި ގުޅިގެން ހިންގާ ހަރަކާތެކެވެ. މަސްވެރި އިހަވަންދޫން ބުނީ ހަދިޔާގެ ގޮތުގައި ބަހާފައިވަނީ ޓީޝާޓާއި ޕެންޑްރައިވް ކަމަށެވެ. އެގޮތުން، ބައެއް މަސްވެރިންނަށް 32 ޖީބީގެ ޕެންޑްރައިވް އާއި ޓީޝާޓް ބަހާފައިވާކަމަށެވެ. އެ ޖަމިއްޔާއިން ބުނީ އެ ޖަމިއްޔާގެ އަމާޒަކީ މަސްވެރިކަން ކުރާ ޒުވާނުންނަށް ހިތްވަރުދީ އެބޭފުޅުންނާއެކު މިކަމުގައި ސާބިތުވެ ކުރިއަށްދިއުން ކަމަށެވެ. އުރީ...
އަޙްމަދު ވަހީދު
ކޯވިޑް19 އަށް ޕޮޒިޓިވްވެ ފަރުވާ ނުދެވި ލަސްވުމުގެ ސަބަބުން މަރުވި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާގެ މަރުގެ މައްސަލާގައި ވަރަށް ފުރިހަމަ ތަހުގީގެއް ކުރަމުގެ މަސައްކަތް ކުރަމުންއަންނަކަމަށާއި ފުރިހަމަ ތަހުގީގީ ރިޕޯޓެއް އަންނަ ހަފްތާއެއްގެ ތެރޭގައި ލިބޭނެ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ. މިނިސްޓަރު ނަސީމް މިހެން ވިދާޅުވީ މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. ރާއްޖޭގެ ކޮވިޑް-19 ގެ އެންމެ ފަހުގެ ހާލަތާ ގުޅޭ މައުލޫމާތު […]
އަލީ އާދިލް
ޔޫރޯ 2020 އަށް ހިލޭ ޕްރޮޖެކްޓަރު ދޫކުރަން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ހުޅުވާލައިފި އެވެ. އެމެނިސްޓްރީއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިމަހުގެ 11 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޔޫރަޕުގެ ފުޓްބޯޅައިގެން އެންމެ ބޮޑު މުބާރަތް ކަމަށްވާ “ޔޫރޯ 2020” އާއި ދިމާކޮށް ޗައިނާ އެއިޑްގެ ދަށުން ލިބިފައިވާ ޕްރޮޖެކްޓަރތަކެއް އެމިނިސްޓްރީގެ ފަރާތުން ދޫކުރަން ހަމަޖެހިފައިވާ ކަމަށެވެ. މިޕްރޮޖެކްޓަރތައް ހޯދުމަށް ބޭނުންވާ ކްލަބް ޖަމިއްޔާ ޖަމާޢަތްތަކުން މިމަހުގ...
އަލީ އާދިލް