ސަފާރީއަކުން ފީނަން ފޭބި އިނގުރައިދޫ ޒުވާނަކު ނިޔާވެއްޖެ އެވެ.

ފުލުހުން ވިދާޅުވީ އދ. ދަނގެތީ ފަޅުގައި އޮތް ބުލޫފޯރސް 1 ނަމަކަށް ކިޔާ ސަފާރީއަކުން ޑައިވިނަށް ގޮސް އުޅުނު ޒުވާނަކު މިރޭ 22:30 ނިޔާވެފައިވާކަމަށެވެ.

Ad
rt

ފުލުހުން ވިދާޅުވީ ނިޔާވެފައިވަނީ ރ. އިނގުރައިދޫ، ވެސްޓް ބީސްޗް މުމްތާޒް ހުސައިން އެވެ. 32 އަޖަރުގެ މިޒުވާނާގެގެ ހަބަރެއް ނުވެގެން ބެލި އިރު ފެނިފައިވަނީ ސަފާރީ އާއި ދިމާލު މޫދު އަޑީގައި އޮއްވައެވެ.

"އެމީހާ ނެގިއިރު އެއްވެސް ހަރަކާތެއް ނެތް ކަމަށް މައުލޫމާތު ލިބިފައިވޭ. އެ މީހާގެ އދ. ދަނގެތި ހެލްތު ސެންޓަރ އަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށް މައުލޫމާތު ލިބިފައިވޭ."

ފުލުހުން ވިދާޅުވެފައިވެއެވެ.

މި ހާދިސާ އާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން.

މިއީ މިއަދު ކަނޑުމަތީގައި ނިޔާވި ދެވަނަ މީހާއެވެ. މިއަދު ހެނދުނު އެންދަމަން އުޅެނިކޮށް އައްޑޫސިޓީ ހިތަދޫ މޯހިރު ދޯނީގެ މަސްވެރިޔަކުވެސް ވަނީ ނިޔާވެފައެވެ. ހާދިސާގައި ނިޔާވެފައިވަނީ ހދ. ވައިކަރަދޫ ކަސްތޫރިގޭ މުހައްމަދު ރަޝީދު އެވެ.