ކޮވިޝީލްޑް ޖަހާފައިވާ ފަރާތްތަކަށް 2 ވަނަ ޑޯޒް 6 މަސް ދުވަހުގެ ތެރޭގައި ޖެހޭ ގޮތައް ނިންމައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ލަފާދެއްވާފައިވާ ގޮތަށް ރާއްޖޭގައި ކޮވިޝީލްޑް ޖަހާފައިވާ ފަރާތްތަކަށް 2 ވަނަ ޑޯޒް 6 މަސް ދުވަހުގެ ތެރޭގައި
ޖެހޭނެކަމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަނުން )MTAGI ) ލަފާދެއްވާފައިވާކަމަށެވެ.

Ad
rt

މިލަފަޔާ ގުޅިގެން ކޮވިޝީލްޑް/އެސްޓްރާޒެނެކާ ވެކްސިންގެ 2 ވަނަ ޑޯޒް ދިނު މުގައި މިގޮތައް އަމަލު ކުރާނެކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ.

މިވެކްސިން ލިބުމުގައި ހުރި ދަތިތަކާހެދި މިހާތަނަށް ހެދިފައިވާ ދިރާސާތަކުގެ އަލީގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (WHO) އިން ވަނީ މިވެކްސިންގެ 2 ވަނަ ޑޯޒް 6 މަސް ދުވަހަށް ފަސްކުރުމާގުޅޭގޮތުން ޢަމަލުކުރާނެ ގޮތުގެ ލަފައެއް ވަނީ
އާއްމުކޮށްފައެވެ.

ކޮވިޝީލްޑް/އެސްޓްރާޒެނެކާ ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމުގައި މިގޮތަށް އަމަލުކުރެވޭނެކަމުގައި ދަންނަވާފައިވެއެވެ. އެހެން ނަމަވެސް ދިވެހި ސަރުކާރުން މިވެކްސިން ގެނައުމުގެ ވަރަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރެވެމުންދާ ކަމަށާއި
މިވެކްސިން ލިބުނުހާ އަވަހަކަށް ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް ބުނެއެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ދުނިޔޭގެ އެކި ހިސާބުތަކުގައި ބޭނުންކުރަމުން އަންނަ ކޮވިޝީލްޑް / އެސްޓްރާޒެނެކާ ވެކްސިން އުފެއްދުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. މިހެންވުމާއެކު ދުނިޔޭގެ ގިނަ ޤައުމުތަކަކަށް
މިވެކްސިން ލިބުމުގެ ދަތިތަކެއް ކުރިމަތިވެ، ދިވެހިރާއްޖޭގައިވެސް މިވެކްސިން ލިބުމުގައި މިވަނީ ލަސްތަކެއް ކުރިމަތިވެފައެވެ.