ކޭއާރުއެޗްގައި ދުވަސް ނުފުރާވިހޭ، އެއްމާބަނޑު ދެކުދިންގެ ފުރާނަ ސަލާމަތްކޮށް އިތުރު ރެކޯޑެއް!
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ދުވަސް ނުފުރާވިހޭ، އެއްމާބަނޑު ދެކުދިންގެ ފުރާނަ ސަލާމަތްކޮށް އިތުރު ރެކޯޑެއް ހަދައިފި އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވީ، އެހޮސްޕިޓަލްގައި ފުރަތަމަ ފަހަރަށް އާރޓިފިޝަލް ސާރފެކްޓެންޓް (Artificial Surfactant) ގެ ހިދުމަތްދީ، ދުވަސްނުފުރާ ނެގުނު އެއްމާބަނޑު ދެކުދިންގެ ފުރާނަ ސަލާމަތްކޮށްފައިވާކަމަށެވެ. އާރޓިފިޝަލް ސާރފެކްޓެންޓް (Surfactant Artificial) ހިދުމަތަކީ ދުވަސްނުފުރާ ނެގޭ ކުދިންގެ ނޭވާލުމުގެ ނިޒާމު ފުރިހަމަނުވެ ހުންނަ މައްސަލ...