ހަމަލާގެ ތަހުގީގަށް ރައީސް ކަނޑައެޅުއްވި މަންދޫބު މަޖިލީހުގެ ނައިބު ރައީސްއާ ބައްދަލުކުރައްވައިފި
މިދިޔަ މޭ މަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި ހާއްސަ މަންދޫބު އައްބާސް ފާއިޒު ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲއާ ބައްދަލުކުރައްވައިފިއެވެ. ތަހުގީގުގެ ކަންކަން ބެލުމަށް ރައީސް ކަނޑައަޅުއްވާ މަންދޫބަކަށް އައްބާސް ފާއިޒް ކަނޑައެޅުއްވީ މެއި މަހުގެ 19 ވަނަ ދުވަހުއެވެ. އޭނާ ރާއްޖެ ވަޑައިގެންނެވީ މިދިޔަ ހުކުރު ދުވަހުއެވެ. އައްބާސް ފާއިޒު މަޖިލީހުގެ ނައިބުރައީސް އާ ބައްދަލުކުރެއްވި ނަމަވެސް އެ ބައްދަލުވުމުގެ އެއްވެސ...