ދޫނިދޫ ބަނދަރު ތަރައްގީ ކުރުމާއި ބިން ހިއްކުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ)އިން ބުނެފިއެވެ.
އެމްޓީސީސީން ބުނީ ދޫނިދޫ ބަނދަރު ތަރައްގީ ކުރުމާއި ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން، އެއްގަމު ތޮށި ލުމަށް ބޭނުންވާ ޝީޓް ޕައިލް ކުރުމުގެ 85 އިންސައްތަމަސައްކަތް ނިމިފައި ވާކަމަށެވެ.
މި މަޝްރޫއުގެ ދަށުން 4.61 އޭކަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް 3.75 އޭކަރުގެ ސަރަހައްދެއްގެ ބިން ހިއްކާނެއެވެ. އަދި 370މީޓަރުގެ ސަރަހައްދެއްގައިބޭރުތޮށިލުމުގެ މަސައްކަތާއި 620 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 250 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 250 މީޓަރުގެސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް ކުރާނެއެވެ.
މީގެ އިތުރުން، ބަނދަރު ބައްތި ހަރުކުރާނީ ވެސް އެމްޓީސީސީންނެވެ.
އެ ކުންފުންޏާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 51.4 މިލިއަން ރުފިޔާއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!