ހދ. ކުޅުދުއްފުށި ސިޓީގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ފަރި ރީތި ފިހާރަތަކުގެ ކަސްޓަމަރުންނަށް ފަށާފައިވާ "ފަރި ޕްރޮމޯޝަން" ގެ މިދިޔަ މަހުގެ ނަސީބުވެރިޔާ ހޮވައިފި އެވެ.
މަސް ނިމޭއިރު އެންމެ ގިނައިން ފައިސާ ދައްކާ ކަސްޓަމަރަށް ހާއްސަ އިނާމެއް ހުށައަޅާފައިވާ މި ޕްރޮމޯޝަންގެ މިދިޔަ މަހުގެ ނަސީބުވެރިއަކަށް ހޮވިފައިވަނީ ހއ. ހޯރަފުށި ވޯޓަރލޫ، މުޙައްމަދު ނިޒާމު އެވެ.
"ފަރި ޕްރޮމޯޝަން 2021" ގެ ނަމުގައި ފެށި މި ޕްރޮމޯޝަން ކުރިއަށްދާނީ އެ ފިހާރައިން ވިޔަފާރިކުރުމަށްފަހު އޮންލައިންކޮށް ފައިސާ ދައްކާ ކަސްޓަމަރުންގެ މެދުގައެވެ.
1 ޖޫން އިން ފެށިގެން ކުރިއަށް އޮތް 6 މަސް ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި އޮންލައިންކޮށް ޕޭމަންޓު ހަދާ ހުރިހާ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެއެވެ. އެގޮތުން، އޮންލައިންކޮށް ފައިސާ ދެއްކުމަށްފަހު ހުރިހާ ސްލިޕެއް ރައްކާ ކުރުމަށް ފަރި ރީތި ފިހާރައިން އެދެއެވެ. އަދި މަސް ނިމުމުން އެ ހުރިހާ ސްލިޕެއް 9908461 އަށް ވައިބާ ކުރަން ޖެހޭނެއެވެ.
ފަރި ރީތި ފިހާރައަށް ސްލިޕް ފޮނުވާ ކަސްޓަމަރުންގެ ތެރެއިން އެންމެ ބޮޑު އަދަދަކަށް ވިޔަފާރި ކޮށްފައިވާ ކަސްޓަމަރަށް އެ ކަސްޓަމަރަކު އެ މަހެއްގައި ވިޔަފާރި ކުރި އަދަދުގެ 10 އިންސައްތައާ ހަމައަށް، އެފިހާރަތަކުން ހިލޭ ތަކެތި ނެގޭނެ އެވެ.
މީގެ 16 އަހަރު ކުރިން ކުޑަ ވިޔަފާރިއެއްގެ ގޮތުގައި ފެށި ފަރި ރީތި ފިހާރައަކީ މިއަދު ތިލަދުންމަތީގެ އެންމެ ފުޅާ ދާއިރާއެއްގައި ގިނަ ވިޔަފާރި ހިދުމަތް ދެމުން އަންނަ ވިޔަފާރިއެކެވެ. އެގޮތުން، ފިހާރަތަކުގެ އިތުރުން ގެސްޓުހައުސްގެ ހިދުމަތް ވެސް އެ ވިޔަފާރިން ފޯރުކޮށްދެއެވެ.
ފަރި ރީތިން އަންނަނީ ތިލަދުންމަތީގެ އިތުރުން މުޅި ރާއްޖެއަށްވެސް ވިޔަފާރި ފުޅާ ކުރަމުންނެވެ. އެގޮތުން، ފަރި ރީތި ހާޑްވެއާ އަކީ ހާޑުވެއަރ ސާމާނާއި ވަޑާން ކުރުމަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު އަދި ވަރަށްގިނަ ތަފާތު އިސްކުރުނަޓް ވަސަރު ގެއިތުރުން ތަފާތު އެތަށްވައްތަރެއްގެ ސްޓިކާއާއި އަދިތަފާތު ކުލައާއި ދަވާދުވެސް އެއްތަނަކުން ލިބޭ ފިހާރައެކެވެ. އަދި ތަށިމުއްޓާއި ފާހާނާ ތައްޓާއި އެސްލޯންފިޓިންސްއާއި ފާހާނައަށް ބޭނުންވާ ގިނަ ސާމާނު ގެއިތުރުން.އޭގެ ސްޕިއާރ ވެސް ލިބޭނެއެވެ. މީގެ އިތުރުން ފަރި ރީތިން އެތެރެކުރާ ޔޫވީ ބޯޑަކީ ފާރުތަކުން ކުލަފޭބުމަށް އެންމެބޮޑު އެއްހައްލުކަމުގައިވެސް ބުނެވިދާނެ އެވެ.
"ފަރި ޕްރޮމޯޝަން 2021"
މި ޕްރޮމޯޝަނުގައި ކަސްޓަމަރުން ސަމާލުކަށްދޭން ޖެހޭ މުހިންމު ކަންތައްތަކަކީ
- ފަރިރީތިން ކުރާ...Posted by Fari Reethi on Saturday, May 29, 2021
އާއްމުކޮށް ހާޑުވެއަރ ތަކުންލިބުން ދަތިއެތަށް އައިޓަމެއް ފަރި ރީތި ފިހާރަތަކުން ލިބޭކަން ކަސްޓަމަރުން ވަރަށްބޮޑަށްފާހަގަ ކުރާއިރު ފަރި ރީތި ޓީމުގެ ވިސްނުމަކީ އަބަދުވެސް ކަސްޓަމަރުންގެ ކަންބޮޑުވުންތަށް އަޑުއަހާ
ރާއްޖެއިން ލިބެން އުނދަގޫ ބޭނުންތެރި އައިޓަމްތައް ގެނެސް ކަސްޓަމަރުންގެ އެހީތެރިންގެގޮތުގައި މަސައްކަތްކުރުންކަމުގައި އެފަރާތުން ހާމަކުރިއެވެ.
ޖެހިގެންހުރި ފަރި ރީތި ފިހާރައަކީ ރީތި ބާވަތްތަކުގެ ފޮއްޗާއި ފެހުމަށް ބޭނުންވާ ގިނައައިޓަމްތަކާއި ގޭތެރެއާއި ބަދިގެއަށްބޭނުން ވާސާމާނާއި ތަފާތުވަށްތަރުގެ ރީތިފައިވާނާއިބޫޓްވެސް ފަރިރީތިން ލިބޭނެއެވެ. އަދިހަމައެފިރާއިގެ މަތީބުރިއަކީ މުޅިތިލަދުންމަތީގަވެސް ފާހަގަކޮށްލެވޭ ފަދަ ލިޔެކިޔުމަށް ބޭނުންވާސާމާނާއެކު އެއްމެ ގިނައައިޓަމް ހިމެނޭ ފަރިރީތި ބުކްޝޮޕް ވެސް ހުންނަޢިމާރާތެވެ.
އެއްމެސަޅި ކަމަކީ ކުޅުދުއްފުށި ސިޓީ ހޮސްޕިޓަލް ނުކުންނަ ގޭޓް ކުރިމަތީ މަގުގަ ފަރިރީތީގެ ހުރިހާ ފިހާރައަކަށްވެސް 1 މިނިޓުން ދެވޭހާ ކައިރީގަ ހުރިހާފިހާރައެއް ހުރުމުން ކަސްޓަމަރުންގެ އެންމެ އަގުބޮޑު ރައުސްމާލުކަމުގައިވާ ވަގުތު ސަލާމަތް ކުރެވޭނެތީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!