މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް (07:00 އިން 13:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,420 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1609 ވަނަ ޞަފްޙާ

ރާއްޖެ އަންނަ ދިވެހިންނާއި ވޯކް ޕަރމިޓް ހޯލްޑަރުނާއި ގުޅޭ އާ އުސޫލުތައް އާންމުކޮށްފި

ރާއްޖެ އަންނަ ދިވެހިންނާއި ވޯކް ޕަރމިޓް ހޯލްޑަރުނާއި ގުޅޭ އާ އުސޫލުތައް އާންމުކޮށްފި

ދިވެހިންނާއި ވޯކް ޕަރމިޓް ހޯލްޑަރުން ރާއްޖެ އެތެރެވުމާއި ގުޅޭ އުސޫލުތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އާންމުކޮށްފިއެވެ. 21 ޖުލައި 2021 ވީ ބުދަ ދުވަހުގެ ރޭ އެޗްޕީއޭއިން ވަނީ ދިވެހިންނާއި އަދި ވޯކް ޕަރމިޓް ހޯލްޑަރުނާއި މެދު މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން އަމަލު ކުރެވެމުންދާނެ އުސޫލުތައް އާންމުކޮށްފައެވެ. އެ އުސޫލުތަކުގައި ބުނެފައިވަނީ އިސްވެ ދެންނެވުނު ފަރާތްތަކުން ރާއްޖެ އެތެރެވާއިރު 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ނާތީޖާއެއް އޮންނަނެ ޖެހޭނެ ކަމަށެވެ. […]

އިބްރާހިމް ޚަލީލް
ވެކްސިން ދެ ޑޯޒް ފުރިހަމަނުކުރާ ފަތުރުވެރިން ގެސްޓުހައުސްތަކަށް ޗެކިން ނުކުރެވޭ ގޮތް ހަދައިފި

ވެކްސިން ދެ ޑޯޒް ފުރިހަމަނުކުރާ ފަތުރުވެރިން ގެސްޓުހައުސްތަކަށް ޗެކިން ނުކުރެވޭ ގޮތް ހަދައިފި

ކޯވިޑް-19ގެ ވެކްސިން ފުރިހަަމަ ނުކޮށް ރާއްޖެ އަންނަ ފަތުރުވެރިން ގެސްޓުހައުސްތަކަށް ޗެކިން ނުކުރެވޭނެ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ. އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ގެސްޓުހައުސްތަކަށް ދެވޭނީ ޑަބްލިއުއެޗްއޯއިން ގަބޫލުކުރާ ވެކްސިނެއްގެ ދެ ޑޯޒުފުރިހަމަކޮށް 14 ދުވަސްވެފައިވާ ފަތުރުވެރިންނަށް އެކަނި ކަމަށެވެ. ނަމަވެސް އެ މީހުންނާ އެކު ދަތުރު ކުރާ ވެކްސިން ނުޖެހޭ އުމުރުފުރާގެ ކުޑަ ކުދިން ވެކްސިންފުރިހަމަ ނުކުރިއަށް ގެސްޓުހައުސްގައި ތިބެވޭނެއެވެ. ވެކްސިން ފުރި...

އަޙްމަދު ވަހީދު
ނަރުދޫ އ.ތ.މ ކޮމެޓީގެ ފަރާތުން އެރަށުގެ އުމުރުން ދުވަސްވީ މީހުންނަށް ޢީދު ހަދިޔާ ބަހައިފި

ނަރުދޫ އ.ތ.މ ކޮމެޓީގެ ފަރާތުން އެރަށުގެ އުމުރުން ދުވަސްވީ މީހުންނަށް ޢީދު ހަދިޔާ ބަހައިފި

ށ.ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެ ރަށުގެ އުމުރުން ދުވަސްވީ ފަރާތްތަކަށް ޢީދު ހަދިޔާ ބަހައިފިއެވެ. ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން 20 ޖުލައި 2021 ވީ އަންގާރަ ދުވަހު (އަޟްޙާ ޢީދު ދުވަހު) ޢީދު ނަމާދަށްފަހު އެ ރަށުގައި ދިރިއުޅޭ އުމުރުން ފަސްދޮޅަސް ފަސް އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ވަނީ ޢީދު ހަދިޔާ ޕެކޭޖެއް އަރުވާފައެވެ. ތިލަދުން ނޫހަށް މަޢުލޫމާތު ދެމުން އެ ކޮމެޓީގެ ރައީސާ މަރިޔަމް ރަޝީދާ […]

އިބްރާހިމް ޚަލީލް
މޭ 6 ހަމަލާ: ތުހުމަތުވާ 4 މީހަކަށް ދައުވާ ކުރަން ފޮނުވައިފި

މޭ 6 ހަމަލާ: ތުހުމަތުވާ 4 މީހަކަށް ދައުވާ ކުރަން ފޮނުވައިފި

ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ނުރައްކާތެރި ބޮމުގެ ހަމަލާގެ ތުހުމަތުގައި ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފުލުހުން މައްސަލަ ފޮނުވައިފި އެވެ. ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވި ގޮތުގައި، މޭ 6ގެ ހަމަލާގެ ތުހުމަތުވާ ހަތަރު މީހެއްގެ މައްސަލަ ތަހުގީގު ނިންމުމަށްފަހު ފުލުހުންގެ އިދާރާގެ ފަރާތުން 4 މީހެއްގެ މައްޗަށް […]

އަލީ އާދިލް
މިދިޔަ ކުއާޓާގައި އެމްޓީސީސީގެ ފައިދާ އިތުރުވެއްޖެ

މިދިޔަ ކުއާޓާގައި އެމްޓީސީސީގެ ފައިދާ އިތުރުވެއްޖެ

މިއަހަރުގެ ދެވަނަ ކުއާޓާގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސާފު ފައިދާ އިތުރުވެއްޖެއެވެ. އެމްޓީސީސީގެ މާލީ ރިޕޯޓު ދައްކާގޮތުގައި މިދިޔަ ކުއާޓާގއި ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބުނީ 63 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކުންފުންޏަށް ލިބުނީ 15 މިލިއަން ރުފިޔާއެވެ. އެކުންފުންޏަށް ދެވަނަ ކުއާޓާގައި ލިބުނީ 423 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކުންފުންޏަށް ލިބުނީ 248 މިލިއަން ރުފިޔާއެވެ. މިދިޔަ އަ...

އަޙްމަދު ވަހީދު
ފޭދޫ ކައުންސިލްގެ ޢީދު ހަދިޔާ އެނދުމަތި ކުރެވިފައިވާ މީހުންނަށާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް

ފޭދޫ ކައުންސިލްގެ ޢީދު ހަދިޔާ އެނދުމަތި ކުރެވިފައިވާ މީހުންނަށާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް

ށ. ފޭދޫ ކައުންސިލްގެ ފަރާތުން އެރަށުގައި އެނދުމަތި ކުރެވިފައިވާ މީހުންނަށާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޢީދު ހަދިޔާ ބަހައިފިއެވެ. މިގޮތުން މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ އިއްޔެއެވެ. ފޭދޫ ކައުންސިލްގެ ރައީސް އަޙްމަދު ރައިޝަމް “ތިލަދުން”އަށް ވިދާޅުވީ، އެރަށުގައި އެނދުމަތި ކުރެވިފައިވާ މީހުންނަށާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުން ހިމެނޭހެން 27 ފަރާތަކަށް އިއްޔެ ކައުންސިލްގެ ފަރާތުން ޢީދު ހަދިޔާ ބަހާފައިވާ ކަމަށެވެ. މީގެއިތުރުން ފޭދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ...

ޔުމްނާ ޢަލީ
ޒުވާނުން އިސްނަގައިގެން ހަނިމާދޫގެ ފުޓްބޯޅައިގެ ރަންޖީލުގެ އަގު ވަޒަންކޮށްފި

ޒުވާނުން އިސްނަގައިގެން ހަނިމާދޫގެ ފުޓްބޯޅައިގެ ރަންޖީލުގެ އަގު ވަޒަންކޮށްފި

ހަނިމާދޫއަށް ފުޓްބޯޅައިން ރީތި ނަން ހޯދައިދީފައިވާ ކުރީގެ ކުޅުންތެރިންގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނިމާދޫގެ ޒުވާނުން އިސްނަގައިގެން މި އަހަރުގެ އަޟްހާ ޢީދު ދުވަހާއި ގުޅުވައިގެން ހާއްޞަ ފުޓްބޯޅަ މެޗެއް ކުޅެފިއެވެ. މި މެޗު ހާއްސަ ކޮށްފައިވަނީ 1995 ވަނަ އަހަރާއި 2005 ވަނަ އަހަރާއި ދެމެދު ހަނިމާދޫއަށް އަތޮޅު ފެންވަރުގައްޔާއި އަދި ރާއްޖޭގެ ފެންވަރުގައި ފުޓްބޯޅައިން ރަށަށް ރީތި ނަން ހޯދައިދީފައިވާ ކުޅުންތެރިންނަށެވެ. މި މެޗުގައި އިދިކޮޅުން ވާދަ ކޮށްފައިވަނީ 2006 ވަނަ އަހަރުން ފެށިގެން […]

އިބްރާހިމް ޚަލީލް
އެއްރަށް އަނެއްރަށާއި ތަފާތުކުރުން ނިމުމަކަށް ގެނެސްދެއްވީ ރައީސް ޞާލިޙް: ރާޢީ

އެއްރަށް އަނެއްރަށާއި ތަފާތުކުރުން ނިމުމަކަށް ގެނެސްދެއްވީ ރައީސް ޞާލިޙް: ރާޢީ

އަތޮޅުތަކުގެ އެއްރަށް އަނެއްރަށާއި ތަފާތު ކުރުން ނިމުމަކަށް ގެނެސްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. ރާޢީ މިހެން ވިދާޅުވީ ރައީސް ޞާލިޙްގެ ދެކަނބަލުން އުތުރުގެ ތިން ރަށަކަށް ކުރެއްވި ދަތުރުފުޅެއްގައި ރާޢީ ތަމްސީލް ކުރަށްވާ މަކުނުދޫ ދާއިރާގައި ހިމެނޭ ކުމުންދޫއަށް ވަޑައިގެންފައި ވަނިކޮށް ކުރެއްވި ޓްވީޓެއްގައެވެ. ރާޢީ ވިދާޅުވީ، އެއްރަށް އަނެއް ރަށާއި ތަފާތު ކުރުމަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ ތެރޭގައި “ދުވަސް...

ޔުމްނާ ޢަލީ
ނައިވާދޫގައި ބޮޑު ޖަމާއަތުގައި ޢީދު ނަމާދުކުރަން ނިންމި ނިންމުން ބަދަލު ކުރުމުން ހިތްހަމަނުޖެހިއްޖެ

ނައިވާދޫގައި ބޮޑު ޖަމާއަތުގައި ޢީދު ނަމާދުކުރަން ނިންމި ނިންމުން ބަދަލު ކުރުމުން ހިތްހަމަނުޖެހިއްޖެ

ހދ. ނައިވާދޫގައި ބޮޑު ޖަމާއަތުގައި ޢީދު ނަމާދުކުރަން ތަން ތައްޔާރު ކުރުމަށްފަހު، ޢީދު ނަމާދު ކުރުން އެރަށުގެ މިސްކިތަށް ބަދަލު ކުރުމުން އެރަށުގެ ޒުވާނުންތަކެއް ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ. ނައިވާދޫން “ތިލަދުން”އަށް ވާހަކަ ދެއްކި ބައެއް ޒުވާނުން ބުނީ އެރަށުގައި ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރުމަށް ތައްޔާރު ކުރީ އެރަށުގެ ފުޓްސަލް ދަނޑު ކަމަށެވެ. އެ ދަނޑުގައި ބޮޑު ޖަމާޢަތް ހަދައިގެން ނަމާދު ކުރުމަށް ތައްޔާރީތައް ކުރުމަށްފަހު ޒުވާނުން ނިދަން ދިޔައީ ޢީދު ވިލޭރޭގެ ދަންވިފަހުން ގާތްގަނޑަކަށް […]

އަލީ އާދިލް
އީ ޓުކުރި ޓިކްޓޮކް ޗެލެންޖުގައި ބައިވެރިވެ 3000 ރުފިޔާ ހޯދުމުގެ ފުރުސަތު

އީ ޓުކުރި ޓިކްޓޮކް ޗެލެންޖުގައި ބައިވެރިވެ 3000 ރުފިޔާ ހޯދުމުގެ ފުރުސަތު

މޯލްޑިވްސް ޕޯސްޓުގެ އީ ކޮމާސް ޕްލެޓްފޯމް، އީ ޓުކުރިން ޓިކްޓޮކް ޗެލެންޖެއް ފަށައިފިއެވެ. ޓިކްޓޮކްގައި ކުރިއަށްދާ މި ޗެލެންޖުގައި ބައިވެރިވާން އީޓުކުރިން ދީފައިވާ ތިން މައުޟޫއެއްގެ ތެރެއިން ކޮންމެވެސް އެއް މައުޟޫއަކަށް ވީޑިއޯއެއް ހަދަން ޖެހޭނެއެވެ. މައުޟޫތަކުގެ ތެރޭގައި ހިމެނެނީ އޮންލައިން ޝޮޕިންގެ ފައިދާ އާއި އޮންލައިން ޝޮޕިންގެ އުކުޅުތަކާއި އީ ޓުކުރިއެވެ. މި ތިން މައުޟޫއަށް ވީޑިއޯ ހުށަހަޅާ މީހުންގެ ތެރެއިން ދެ ކަމަކަށް ބަލައި ދެ ނަސީބުވެރިން ހޮވާނެއެވެ. އެއީ އެންމެ ގިނައިން ލައިކްސް […]

އަޙްމަދު ވަހީދު
އެއާ އިންޑިއާއިން ރާއްޖެއަށް އަލުން ދަތުރު ފަށަނީ

އެއާ އިންޑިއާއިން ރާއްޖެއަށް އަލުން ދަތުރު ފަށަނީ

އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާއިން އަލުން ރާއްޖެއަށް ދަތުރު ފަށަން ނިންމައިފިއެވެ. އެ އެއާލައިނުން ނިންމާފައިވާ ގޮތުގައި ދެކުނު އޭޝިއާ ފަތުރުވެރިންނަށް ރާއްޖެ އަލުން ހުޅުވާލުމާ އެކު އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފަށާނީ މި މަހުގެ 28 ގައެވެ. ދެކުނު އޭޝިއާ ފަތުރުވެރިންނަށް ރާއްޖެ އަލުން ހުޅުވައިލީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ އެއާލައިނުން ރާއްޖެ އަށް ކުރަމުން އައި ދަތުރުތައް މެދުކަނޑައިލީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ދިވެހި ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު، ދެކުނު...

އަޙްމަދު ވަހީދު
ޗައިނާއިން "ރާމާ މަކުނު" ވައިރަސް ޖެހި މީހަކު މަރުވެއްޖެ

ޗައިނާއިން "ރާމާ މަކުނު" ވައިރަސް ޖެހި މީހަކު މަރުވެއްޖެ

ރާމާ މަކުނުން ޖެހޭ ވައިރަސް ޖެހި ޗައިނާއިން މީހަކު މަރުވެއްޖެއެވެ. “މަންކީ ބީ ވައިރަސް” ނަމަކަށް ކިޔާ ވައިރަހުގެ ސަބަބުން ބަލިޖެހި، މަރުވެފައިވަނީ ޖަނަވާރުންގެ ބަލިތައް ތަހުލީލުކުރުމުގައި އުޅޭ ޗައިނާގެ ޑޮކްޓަރެކެވެ. އޭނާއަށް ވައިރަސްގެ އަސަރު ކުރީ މަރުވެފައި އޮތް ދެ ރާމާ މަކުނުގެ ދިރާސާތަކެއް ކުރަނިކޮށް ކަމަށް ބޭރުގެ ނޫސްތަކުގައި ވަނީ ބުނެފައެވެ. އޭނާ ތަހުލީލު ކުރަމުން އައީ މަކާކް ބާވަތުގެ ރާމާ މަކުނުތަކެކެވެ. ބޭރުގެ މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި މި ވައިރަހުގެ ސަބަބުން އޭނާގެ ނާރުތަކ...

އަޙްމަދު ވަހީދު
އުރީދޫ އިން މާލެ ސިޓީ ކައުންސިލާ ގުޅިގެން އުޟުހިޔާ ކަތިލައިފި

އުރީދޫ އިން މާލެ ސިޓީ ކައުންސިލާ ގުޅިގެން އުޟުހިޔާ ކަތިލައިފި

އީދު ފާހަގަ ކުރުމުގެ ގޮތުން އުރީދޫ އިން މާލެ ސިޓީ ކައުންސިލާ ގުޅިގެން އުޟުހިޔާ ކަތިލައިފިއެވެ. އެ ކުންފުނިން ވަނީ ގުރުބާން ކުރި ބަކަރިތައް އީދު ކެއުމުގެ ގޮތުގައި ފިޔަވައްޗަށް ހަދިޔާ ކޮށްފައެވެ. އުރީދޫ އިން ކޮންމެ އަހަރެއްގެ ބޮޑު އީދާއި ކުޑަ އީދުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދެއެވެ. އެގޮތުން ކުޑަކުދިންނަށް ހަދިޔާ ބެހުމާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ކެއުން ދިނުން ހިމެނެއެވެ. In the spirit of Eid al-Adha, it was our great […]

އަޙްމަދު ވަހީދު
ނަރުދޫ ކުލަބް ރެނެއަސަންސްގެ ޢީދު ހަދިޔާ، ރަށުގެ ކޮންމެ ގެޔަކަށް ކުކުޅެއް

ނަރުދޫ ކުލަބް ރެނެއަސަންސްގެ ޢީދު ހަދިޔާ، ރަށުގެ ކޮންމެ ގެޔަކަށް ކުކުޅެއް

ށ.ނަރުދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކުލަބެއް ކަމުގައިވާ ކުލަބް ރެނެއަސަންސްގެ ފަރާތުން އެ ރަށުގެ ގޭބިސީތަކަށް އަޟްހާ ޢީދުގެ މުނާސަބަތުގައި ޢީދު ހަދިޔާ ބަހައިފިއެވެ. އެ ކުލަބުގެ ފަރާތުން އެ ރަށު ކޮންމެ ގެއަކަށް ޢީދު ހަދިޔާގެ ގޮތުގައި ވަނީ ކުކުޅެއް ހަދިޔާ ކޮށްފައެވެ. އެ ކުލަނުގެ މެމްބަރުން ނުކުމެ މިއަދު ހެނދުނު ހުރިހާ ގޭބިސީތަކަށް ހަދިޔާ ބަހާ ނިންމާފައިވާއިރު، އެ ކުލަބުން ބުނެފައި ވަނީ ކޮންމެ ގޭބިސީއަކަށް ކުކުޅެއް ހަދިޔާކުރީ ޢީދު ދުވަހުގެ މެންދުރުގެ […]

އިބްރާހިމް ޚަލީލް
ރައީސްގެ ދެ ކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް

ރައީސްގެ ދެ ކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ސްރީލަންކާއަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ވިދާޅުވި ގޮތުގައި ރައީސް ޞާލިޙްގެ ދެކަނބަލުންގެ މި ދަތުރުފުޅު ނިންމަވާލައްވައި އެނބުރި ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 23 ވާ ހުކުރު ދުވަހުގައި ކަމަށެވެ. ރައީސް ޞާލިޙްގެ ދެ ކަނބަލުން މި ހަފުތާގައި ވަނީ ތިލަދުން މަތީގެ ތިން ރަށަކަށަ ވެސް ދަތުރުފުޅެއް ކުރަށްވާފައެވެ. މި ރަސްމީ ދަތުރުފުޅުގައި މ...

ޔުމްނާ ޢަލީ
"މަަކުނު ބޯކިބާ ބަހާގޮތް ބަލާކަށް ނުހުރެވޭނެ"، މިއެރީ ވޮޑޭ ތުނޑިއަށް: ރުކުމާ

"މަަކުނު ބޯކިބާ ބަހާގޮތް ބަލާކަށް ނުހުރެވޭނެ"، މިއެރީ ވޮޑޭ ތުނޑިއަށް: ރުކުމާ

“މަަކުނު ބޯކިބާ ބަހާގޮތް ބަލަން ޅޮސްއުނދޯލީގައި 21 ވަނަ ގަރުނުގާ ތިބޭނީީ ކާކުތޯ” ސުވާލު ކުރަށްވާ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އަބުދުއްކަރީމް (ރުކުމާ) އެމްޑީޕީއަށް ފާޑު ވިދާޅުވެއްޖެއެވެ. 18 ވަނަ މަޖިލިސްގައި އެމްޑީޕީގެ ޕީޖީ ގްރޫޕްގައި ވެސް ހިމެނި ވަޑައިގެންނެވި، މާލޭ ސިޓީގެ ކުރީގެ މެންބަރުކަން ވެސް ކުރެއްވި އަދި ރެޔާހަމައަށް އެމްޑީޕީގެ މެންބަރެއް ގޮތުގައި ހުންނެވި ރުކުމާ މިހެން ވިދާޅުވީ އިދިކޮޅު ޕީޕީއެމްއަށް ރޭ ސޮއި ކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައެވެ. އެ […]

އަލީ އާދިލް
ފީވަކު އ.ތ.މ ކޮމެޓީން އެރަށުގެ ގޭބިސީތަކަށް ޢީދުހަދިޔާ ބަހައިފި

ފީވަކު އ.ތ.މ ކޮމެޓީން އެރަށުގެ ގޭބިސީތަކަށް ޢީދުހަދިޔާ ބަހައިފި

ށ. ފީވަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެ ރަށުގެ ގޭބިސީތަކަށް ޢީދު ހަދިޔާ ބަހައިފިއެވެ. ފީވަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން 19 ޖުލައި 2021 ވީ ހޯމަ ދުވަހު ހަވީރު ވަނީ އެ ރަށުގައި މީހުން ދިރިއުޅޭ ހުރިހާ ގޭބިސީއެއްގެ އިތުރުން، އެ ރަށުގެ އޮޑިދޯނިފަހަރުގައި އުޅޭ ފަރާތްތަކަށް ވެސް މި ހަދިޔާ ބަހާފައެވެ. މި ހަދިޔާތައް ބެހުމުގެ އަމަލީ މަސައްކަތް ކޮށްފައި ވަނީ ވެސް ފީވަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ […]

އިބްރާހިމް ޚަލީލް
ފުނަދޫ އ.ތ.މ ކޮމެޓީން ހިންގި ހޭންޑް ބޯލް ކޯޗިން ކޭމްޕެ ނިންމާލައިފި

ފުނަދޫ އ.ތ.މ ކޮމެޓީން ހިންގި ހޭންޑް ބޯލް ކޯޗިން ކޭމްޕެ ނިންމާލައިފި

ށ. ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީން އިންތިޒާމް ކޮށްގެން ފުނަދޫގައި ހިންގި ހޭންޑްބޯލް ކޯޗިން ކޭމްޕް ނިންމާލައިފިއެވެ. 03 ޖުލައި 2021 އިން 16 ޖުލައި 2021 ގެ ނިޔަލަށް ޖުމްލަ ފަނަރަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޭމްޕްގައި 31 ފަރާތަކުން ބައިވެރިވެ 24 ފަރާތަކުން ވަނީ ކޭމްޕް ފުރިހަމަކޮށް ސެޓްފިކެޓް ހާޞިލް ކޮށްފައެވެ. 16 ޖުލައި 2021 ވީ ހުކުރު ދުވަހުގެ ރޭ ފުނަދޫ ކައުންސިލްގެ އިދާރާގެ މީޓިން ހޯލުގައި […]

އިބްރާހިމް ޚަލީލް