މިއަހަރުގެ ދެވަނަ ކުއާޓާގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސާފު ފައިދާ އިތުރުވެއްޖެއެވެ.
އެމްޓީސީސީގެ މާލީ ރިޕޯޓު ދައްކާގޮތުގައި މިދިޔަ ކުއާޓާގއި ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބުނީ 63 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކުންފުންޏަށް ލިބުނީ 15 މިލިއަން ރުފިޔާއެވެ.
އެކުންފުންޏަށް ދެވަނަ ކުއާޓާގައި ލިބުނީ 423 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކުންފުންޏަށް ލިބުނީ 248 މިލިއަން ރުފިޔާއެވެ.
މިދިޔަ އަހަރުގެ ދެވަނަ ކުއާޓާގައި އެމްޓީސީސީގެ އާމްދަނީ އާއި ފައިދާ ދަށްވީ ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާ ގުޅިގެންނެވެ. އެ ކުންފުނިން ވަނީމި ގޮންޖެހުންތަކާ އެކުވެސް މިދިޔަ އަހަރު ރެކޯޑު އަދަދެއްގެ ފައިދާ ހޯދައިފައެވެ.
މިދިޔަ އަހަރު އެކުންފުންޏަަށް ސާފު ފައިދާގެ ގޮތުގަައި 191 މިލިއަން ރުފިޔާ ލިބުނެވެ. އޭގެ ކުރީ އަހަރު ފައިދާގެ ގޮތުގައި ލިބުނީ 53 މިލިއަން ރުފިޔާ އެވެ. މިއީ 258 ޕަސެންޓު އިތުރު އަދަދެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!