އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާއިން އަލުން ރާއްޖެއަށް ދަތުރު ފަށަން ނިންމައިފިއެވެ.

އެ އެއާލައިނުން ނިންމާފައިވާ ގޮތުގައި ދެކުނު އޭޝިއާ ފަތުރުވެރިންނަށް ރާއްޖެ އަލުން ހުޅުވާލުމާ އެކު އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފަށާނީ މި މަހުގެ 28 ގައެވެ. ދެކުނު އޭޝިއާ ފަތުރުވެރިންނަށް ރާއްޖެ އަލުން ހުޅުވައިލީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

Ad
rt

އެ އެއާލައިނުން ރާއްޖެ އަށް ކުރަމުން އައި ދަތުރުތައް މެދުކަނޑައިލީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ދިވެހި ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު، ދެކުނުއޭޝިއާގެ ޓޫރިސްޓުން އައުން މަނާ ކުރުމާ ގުޅިގެންނެވެ.

އެއާ އިންޑިއާ އިން ވަނީ މި އަހަރުގެ މިހާތަނަށް އެ އެއާލައިނުގެ ދަތުރުތައް މެދުކަނޑައިލުމާ ހަމައަށް 3،237 ޓޫރިސްޓަކު ރާއްޖެ ގެނެސްފައެވެ.

އިންޑިއާގެ އިތުރު ތިން އެއާލައިނަކުން ވެސް ވަނީ ރާއްޖެއަށް އަލުން ދަތުރުތަައް ފަށައިފައެވެ. އެއީ ސްޕައިސް ޖެޓާއި އިންޑިގޯ އަދި ގޯ އެއާއެވެ.