އާޒިމް ބިލެތްފަހީގެ ބަނދަރުގެ މަސައްކަތް ބައްލަވާލައްވައިފި
ށ. ބިލެތްފަހީގެ ބަނދަރުގެ މަސައްކަތ ކުރިއަށްދާގޮތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް ބައްލަވާލައްވައިފި އެވެ. މި މަޝްރޫއުގެ ދަށުން މިއަދު ވަނީ އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކްތައް އިންސްޓޯލްކޮށްފަ އެވެ. ބިލެތްފަހި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން މ24،125 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ބަނދަރު ފުންކުރުމާއި، 376 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 98 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1،150 އަކަ...