ރައީސް، ކުމުންދޫ ކައުންސިލާއި އ.ތ.މ ކޮމިޓީއާއި ބައްދަލު ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހދ. ކުމުންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުމުގައި، ސަރުކާރުން ކުމުންދޫގައި ކުރިޔަށްގެންދާ މަޝްރޫޢުތަކަކީ ރައްޔިތުން ވަރަށް ބޮޑަށް ބަލައިގަންނަ މަޝްރޫޢުތަކެއް ކަމުގައި ކުމުންދޫ ކައުންސިލުން ފާހަގަކުރައްވާފައިވެއެވެ. މިއަދު މެންދުރުފަހު ކުމުންދޫ ސްކޫލްގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކުމުންދޫ ކައުންސިލުގެ މެންބަރުން ވަނީ އެރަށުގައި ކުރިޔަށްގެންދާ ތަރައްޤީގެ މަޝްރ...