ހއ. ފިއްލަދޫ ކައުންސިލާއި އަދި އެރަށުގެ ރައްޔިތުންގެ ކަންބޮޑުވުމަށް ސަރުކާރުން ހައްލު ހޯދައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަޙްމަދު ހަމްދާން ވިދާޅުވެއްޖެއެވެ. ހަމްދާން މިހެން ވިދާޅުވީ “ފިއްލަދޫގެ އިޚްތިޞާސްގައި ދައްޕަރު އޮތަސް ތަރައްގީ ކުރެވޭނެ” މި ސުރުޚީގެ ދަށުން އޮންލައިން ނޫހަކުން ގެނެސްދީފައިވާ ޚަބަރެއް ހިމަނުއްވައި ކުރެއްވި ޓްވީޓެއްގައެވެ. ހަމްދާން ވިދާޅުވެފައި ވަނީ، ފިއްލަދޫ ކައުންސިލްގެ ރައީސްއާ އިއްޔެވެސް، މިއަދުވެސް އެކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށެވ...
އަލީ އާދިލް
ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ އޮތް ކުންފުނިތަކަށް ދީފައިވާ ހުއްދައިގެ މުއްދަތު މިއަދު އިތުރުކޮށްފި އެވެ. މިގޮތުން ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ ކުންފުނިތަކުގެ ހުއްދައިގެ މުއްދަތު އިތުރު ކުރުމާއިގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން މިއަދު ކުރެއްވި ޢިއުލާނެއްގައި ވިދާޅުވީ ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް މިހާރު ހުއްދަ ދީފައިވާ ކުންފުނިތަކަކީ ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުޞޫލުގެ ދަށުން 2 އަހަރު ދުވަހުގެ މުއްދަތަ...
ތިލަދުން
ކޯވިޑުން ދިފާއުގައި ވެކްސިން ނުޖަހައި ތިބި މީހުންނަށް ވިޔަފާރިތަކުން ބައެއް ހިދުމަތްތައް ނުދޭން އިކޮނޮމިކް މިނިސްޓްރީން އަންގައިފިއެެވެ. އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުންނަަށް މިއަދުން ފެށިގެން ޖިމާއި ސެލޫންތަކުން ހިދުމަތް ދިނުން މަނާވާނެ ކަމަށެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އިމްޕޯޓް މުދާ ވިއްކާ ތަންތަނުންނާއި ކާބޯތަކެތި ވިއްކާ ތަންތަނުން ވެސް ވެކްސިން ފުރިހަމަ ނުކުރާ މީހުންނާ މެދު ފިޔަވަޅު އަޅަންޖެހޭނެއެވެ. އެގޮތުން، ވެކްސިން ފުރިހަމ...
އަޙްމަދު ވަހީދު
ހދ. ކުމުންދޫ ސްކޫލުގައި 12 ކްލާސްރޫމް އަޅައިދޭނެ ބަޔަކު ހޯދަން ޢިއުލާންކޮށްފިއެވެ. މިގޮތުން މިނިސްޓްރީ އޮފް ފިނޭންސް ކޮށްފައިވާ ޢިއުލާނެއްގައި ވިދާޅުވެފައި ވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ ކުމުންދޫ ސްކޫލުގައި 12 ކްލާސްރޫމް އަޅައިދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ. އެހެންކަމުން މިމަސައްކަތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލާކަމަށް ފިނޭންސް މިނިސްޓްރީގެ އެ ޢިއުލާންގައި ވިދާޅުވެފަވެއެވެ. މި މަޝްރޫޢުއާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމ...
ޔުމްނާ ޢަލީ
ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ވެރިރަށް އަބޫދާބީގެ ގްރީން ލިސްޓުން ރާއްޖެ ނެގިތާ ދެ ހަފުތާ ފަހުން އަނެއްކާ ވެސް އެ ލިސްޓުގައި ރާއްޖެ ހިމަނައިފިއެވެ. އެ ގައުމުން ބުނީ މިއަދުން ފެށިގެން ރާއްޖެއިން އަބޫދާބީއަށް ދާ އެއްވެސް މީހަކު ކަރަންޓީން ވާން ނުޖެހޭނެ ކަމަށެވެ. އެ ގައުމުން ގްރީން ލިސްޓުގައި ގައުމުތައް ހިމަނަނީ އެ ގައުމެއްގައި ކޯވިޑް-19 ފެތުރެމުން އަންނަ ވަރަށް ބަލައެވެ. މި ލިސްޓުގައި ރާއްޖޭގެ އިތުރުން 58 ގައުމެއް ވަނީހިމަނައިފައެވެ. އަބޫދާބީގެ ގްރީން ލިސްޓުގައި […]
އަޙްމަދު ވަހީދު
ހދ. ނޮޅިވަރަމުން ކޯވިޑް-19އަށް އިތުރު 23 މީހުން ޕޮޒިޓިވްވެ، އެރަށުން ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު 63 އަށް އަރައިފިއެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިޝަލް، ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ “ތިލަދުން”އަށް ވިދާޅުވީ، އޯގަސްޓް 30 ވަނަ ދުވަހު ނެގުނު ސާމްޕަލްތަކެއްގެ ނަތީޖާ ރޭގައި ލިބުނުއުރު އިތުރު 23 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، މިހާތަނަށް ނެގެމުން އަންނަނީ 28 އޯގަސްޓް ކްލަސްޓާއާއި ގުޅުންހުރި މީހުންގެ ސާމްޕަލްތައް ކަމަށާއި، އަދި ރެންޑަމް ސާމްޕަލް ނެގުމުގެ […]
ޙުސައިން ޝަހުދީ
ރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް 1 ގައި ތައުލީމު ހާސިލް ކުރާ ދަރިވަރުންގެ ‘ކްރިއޭޓިވް އާރޓް’ މާއްދާ ކިޔަވަދޭއިރު ދަރިވަރުންގެ ފޮތެއް މިއަހަރު ނޯންނާނެ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ވިދާޅުވެއްޖެ އެވެ. އެ މިނިސްޓްރީން އިއްޔެ ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ ގުރޭޑު 1 ގެ މުޤައްރަރުތައް އިސްލާޙު ކޮށްފައިވާތީ 2021 ގެ ދިރާސީ އާ އަހަރު ގުރޭޑު 1ގައި ކިޔަވައިދިނުމަށް ހަމަޖެހިފައި ވަނީ، މި ގެނެވުނު އިސްލާޙާ އެއްގޮތަށް ތައްޔާރުކޮށްފައިވާ އާ ފޮތް ބައެއްކަމަށެވެ. އެގޮތުން […]
އަޙްމަދު އަރުޝަމް
ނ. ކުޑަފަރީ ކައުންސިލުން ދުނިޔޭގެ މޫސުމަށް އަންނަބަދަލުތަކާ ދެކޮޅަށް ތެދުވެއްޖެއެވެ. ކުޑަފަރީ ކައުންސިލުން މިކަމުގައި އިސްނަގާފައި މިވަނީ ުނިޔެ ހޫނުވުމަށް މަގު ފަހި ކުރާ ގްރީން ހައުސް ގޭސް ޖައްވަށް ދޫ ކުރާ މިންވަރު މަދުކުރުމަށާއި ފޮސިލް ފިއުލް ބޭނުން ކުރުމާ ދެކޮޅަށް ރާއްޖެއިން ވަކާލާތު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސްކޮށްފައިވަނިކޮށެވެ. އެކަމާ ގުޅިގެން ކުޑަފަރީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ ރާއްޖެއިން ގްރީން ހައުސް ގޭސްތައް ބޭރު ކުރާ މިންވަރު މަދުވި ނަމަވެސް، ދުނިޔެ […]
ޝިއުނާ އާދަމް
ޗައިނާގެ 18 އަހަރުން ދަށުގެ ކުޑަކުދިންނަށް އޮންލައިން ގޭމްތަކުގެ ސަބަބުން ނުރައްކާ ބޮޑުވެފައިވާތީ، ގޭމް ކުޅެވޭ ވަގުތު މަދުކޮށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމައިފި އެވެ. އެޤައުމުގެ އޮންލައިން ގޭމިންގް ޕްލެޓްފޯމްތަކުން ބުނެފައިވަނީ ގޭމް ކުޅުމަށް ކުޑަކުދިން އެޑިކްޓްވެފައިވާކަމަށާއި، މިކަމަށް އޮތް ހަމައެކަނި ހައްލަކީ ގޭމް ކުޅުމަށް ހޭދަވާ ވަގުތު މަދުކުރުންކަމަށެވެ. ބްލޫމްބަރގް ސައިޓިންގެ ސްޓޭޓް މީޑިއާއިން އާންމުކޮށްފައިވާ ގޮތުގައި އަންނަ ހަފްތާއިން ފެށިގެން އޮންލައިންކޮށް ގޭމް ކުޅެވޭނީ ހަތްފާއަ...
އަޒްފާ ރަޝީދު
ރިހިވެލި ރިސޯޓަށް ބަޔަކު އަރާ ހަމަނުޖެހުން ހިންގަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ. އެ މައްސަލައިގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު ހަވީރު 4 ޖެހި އިރު ކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ބުނީ އިތުރު ހަމަނުޖެހުމެއް ހިންގިޔަ ނުދިނުމަށް ފުލުހުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި އެރަށަށް އަރާ ތިބި މީހުންނާ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ޝިއުނާ އާދަމް
ހއ. މުރައިދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެ ރަށުގެ އެކި ސަރަހައްދުތަކުގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މުރައިދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ޝިފާޒާ މުޙައްމަދު “ތިލަދުން”އަށް ވިދާޅުވީ، އެ ކޮމެޓީން މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައި ވަނީ އެރަށުގައި ހިޔާދޭ ގަސްތައް އާލާކޮށް ހެއްދުމުގެ މަގްޞަދުގައި ކަމަށެވެ. ރަށުގެ ބައެއް ސަރަހައްދުތަކުގައި ހިޔާދޭ ބޮޑެތި ގަސް މަދުވުމުގެ ސަބަބުން ވަރަށް ހޫނުގަދަކަން ފާހަގަ ކުރައްވ...
ޔުމްނާ ޢަލީ
ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާރޒް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ނ. މާފަރުގައި އަޅާފައިވާ ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވުމަށް އެރަށުގައި ރޭ ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނެވެ. މުޅި ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައއވާ ވާހަކަފުޅު ދައްކަވަ...
އަޙްމަދު އަރުޝަމް
މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން ކޮންސިއުމަރ އޮމްބަޑްސްމަންގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މި މަގާމަށް އައްޔަން ކުރައްވާފައިވަނީ މއ.ޕެރިސްގެ އަލްއުސްތާޛާ މަރްޔަމް ޝަމްޢާ އިސްމާޢީލް އެވެ. އަލްއުސްތާޛާ މަރްޔަމް ޝަމްޢާ މި މަގާމަށް އައްޔަން ކުރެއްވުމުގެކުރިން ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ލީގަލް ކޮންސަލްޓަންޓުގެ މަޤާމު އަދާކުރައްވާފައެވެ. އަދި އޭގެ ކުރިން ހިއ...
އަޙްމަދު އަރުޝަމް
ހއ. ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގައި ދައްޕަރު ބާއްވައިގެން އެތަން ތަރައްގީކުރުމުގައި، އެއްވެސް ހުރަހެއް އޮތް ކަމަށް ގަބޫލުނުކުރާ ކަމަށް ފިއްލަދޫ ކައުންސިލުން ބުނެފިއެވެ. ފިއްލަދޫ ކައުންސިލްގެ އިހްތިސާސް އިން ދައްޕަރު ބޭރުކޮށްލީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން މިދިޔަ އާދިއްތަ ދުވަހުއެވެ. އެކަމަކު ދައްޕަރަކީ ފިއްލަދޫއާ އެއް ފަސްގަނޑަކަށް އޮންނަ ފިއްލަދޫގެ އުތުރުބައެވެ. އެކަމާ ގުޅިގެން ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ ދައްޕަރަކީ ކައުންސިލްގެ މުދާވެސް ހުރިތަނެއް ކަމަށެވެ. އަދި އެކަމާއިގުޅިގ...
ޝިއުނާ އާދަމް
އަންނަ މަހު 15 ވަނަ ދުވަހުން ފެށިގެން ވެމްކޯއިން ކުނި ނަގާ އުސޫލަށް ބަދަލު ގެންނަން އެ ކުންފުނިން ނިންމައިފިއެވެ. ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ވެމްކޯއިން ވަނީ މަގުމައްޗަށް ކުނި ނެރުމަށް ގޭބިސީތަކަށް އަންގައިފައެވެ. ނަމަވެސް އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކުނިބަހައްޓަން ޖެހޭނީ އެ އިމާރާތެއްގެ އެންމެ ތިރީ ފްލޯގައެވެ. ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ މުވައްޒަފުންނަށް އިމާރާތުގެ ތިރީ ބަޔަށް ވަދެވޭ ގޮތް ހަދާފައި ހުންނަން ޖެހޭނެ ކަމަށެވެ. […]
އަޙްމަދު ވަހީދު
ރާއްޖޭގައި އިސްލާމް މާއްދާ ކިގަވައިދޭން ބޭނުންކުރަމުން އަންނަ އިސްލާމް ފޮތްތަކުގައި ހަރުކަށި ފިކުރަށް ބާރުދޭ ފަދަ ވާހަކަތަކެއް ހުރި ކަމަށް ލާދީނީ ފިކުރާ އެއްގޮތަށް ވާހަކަ ފަތުރާ ބަޔަކު ބުނެގެން ސިޔާސީ މަގްސަދެއްގައި އެ ފޮތަށް އެއްވެސް ބަދަލެއް ގެނެސްގެން ނުވާނެ ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފިއެވެ. އިސްލާމް ފޮތްތަކުގައި ހަރުކަށި ފިކުރަށް ބާރުދޭ ވާހަކަތަކެއް ހުރި ކަމަށާއި، ފޮތް ބަދަލުކުރުމުގެ ވާހަކަތައް ފެންމަތިވެފައިވަތީ އިލްމުވެރިންގެ ގުޅުމުން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ އިސްލާމް މު...
ޝިއުނާ އާދަމް
ހއ. ކެލާގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ސުޕަރލީގު ފުޓު ބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްކޮށްފި އެވެ. ސުޕަރލީގު ފުޓުބޯޅަ މުބާރާތަކީ 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ރަށުފެންވަރުގެ މުބާރާތެކެވެ. ނަމަވެސް، 2020 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ޕެންޑެމިކާއި ގުޅިގެން އެ އަހަރުގެ މުބާރާތް ބޭއްވޭ ގޮތް ވަނީ ނުވެފައެވެ. މި މުބާރާތަކީ ކެލާ ކައުންސިލާ އެރަށުގައި ހިންގާ ކުލަބް ޖަމިއްޔާތައް ގުޅިގެން އިންތިޒާމް ކުރާ މުބާރާތެކެވެ. […]
އަޙްމަދު އަރުޝަމް
މޯލްޑިވްސް އިސްލާމިކް ބޭންކުގެ އިންޓަނެޓް ޕޭމަންޓް ގޭޓްވޭ ‘އެމްއައިބީ ގްލޯބަލް ޕޭ’ ތައާރަފު ކޮށްފިއެވެ. މި ގޭޓްވޭ މެދުވެެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުމަށް ބައިނަލްއަގުވާމީ ކާޑުތައް ބޭނުންކުރެވޭނެކަމަށް އެމްއައިބީން ބުންޏެވެ. އެމްއައިބީ ގްލޯބަލް ޕޭގައި ބޭނުންކުރަނީ މާސްޓަ ކާޑް ޕޭމަންޓް ގޭޓްވޭއެވެ. މި ގޭޓްވޭއަކީ ސެކިއުރިޓީގެ ގޮތުން ވަރުގަދަ ފީޗާތަކެއް ހިމެނޭ ގޭޓްވޭއެއް ކަމަށް އިސްލާމިކްބޭންކުން ބުންޏެވެ. އެމްއައިބީ ގްލޯބަލް ޕޭއާ ގުޅޭގޮތުން މައުލޫމާތުދެއްވަމުން އެ ބޭންކުން ބުނީ މި ގޭޓްވޭ މެދު...
އަޙްމަދު ވަހީދު