ރ. އިންނަމާދޫގައި ފެނުގެ ނިޒާމު ގާއިމު ކުރުމުގެ އަމަލީ މަސައްކަތް ފަށާފައި ވާކަމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމުގެ މަސައްކަތް ކަމަށެވެ. މިމަޝްރޫއަށް ބޭނުންވާ ހޮށިއާއި އެހެނިހެން ތަކެތި އެރަށަށް ގެންގޮސްފައި ވާކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އިންނަމާދޫ ފެނުގެ ނިޒާމް ގާއިމު ކުރުމުގެ މަސައްކަތުގެ […]
އަޙްމަދު ވަހީދު
ބައެއް ފަރާތްތަކުން އަމިއްލަ ތަކެތީގައި އޮއިވާލި ކަނދުފަތި ފަރުމާކޮށް ހަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމުގެ މަޢުލޫމާތު މިނިސްޓްރީ އޮފް ފިޝަރީޒްއަށް ލިބެމުންދާތީ އެ ކަމަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ޤަވާއިދުގެ ދަށުން މަނާކަމެއް ކަމުގައި އެ މިނިސްޓްރީން ހާމަކޮށްފިއެވެ. މިކަން ހާމަކޮށް އެ މިނިސްޓްރީން 01 ސެޕްޓެމްބަރ 2021 ގައި ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ޤަވާއިދު (ޤަވާއިދު ނަންބަރު 2020/R-75) ގެ 20 ވަނަ މާއްދާގެ (ހ) ގައިވާގޮތުގެ މަތިން،...
އިބްރާހިމް ޚަލީލް
ނ. ވެލިދުއަށް ފެނަކަ ކޯޕަރޭޝަނުން 800 ކިލޯވޮޓުގ ޖަނަރޭޓަރެއް ގެންގޮސްފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މިއީ އެ ރަށުގެ ކަރަންޓުގެ މައްސަލަ ހައްލުކޮށް ޑިމާންޑާ އެއްވަރަށް ކަރަންޓު ދޭން ގެންދެވުނު ޖަނަރޭޓަރެކެވެ. މި ޖަނަރޭޓަރު އެރަށްގެންދިޔައީ އިއްޔެއެވެ. ފެނަކައިގެ ވެލިދޫ ބްރާންޗުން ބުނީ އެ ރަށުގެ 2600 މީހުންގެ އާބާދީއަށް ކަރަންޓު ފޯރުކޮށްދިނުމުގައި ގިނަ ދަތިތަކެއް ދިމާވާ ކަމަށެވެ. އެގޮތުން، ލޯޑު ބޮޑުވެ ކަރަންޓުކަނޑައިގެން ދިއުމުގެ ސަބަބުން އިލެކްޓްރޯނިކް ސާމާނު ހަލާކުވާ ކަމަށާއި މި ޖަނަރޭޓަރުގެ...
އަޙްމަދު ވަހީދު
ކޯވިޑް-19ށް ޓެސްޓު ނުކޮށް ދެވޭ ރަށްތަށް އެޗްޕީއޭއިން އާންމުކުރި އިރު އޭގެ ތެރޭގައި ޕީސީއާރު ޓެސްޓާއިނުލާ ދަތުރުކުރެވޭ ތިލަދުންމަތީގެ 4 ރަށެއް ހިމަނައިފިއެވެ. އެޗްޕީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ޖުމްލަ 28 ރަށަކަށް ޕީސީއާރް ޓެސްޓަކާ ނުލާ ދެވޭ ކަމަށެވެ. އެއީ ހއ. އުލިގަމް، ހއ. މުރައިދޫ، ހދ. ހިރިމަރަދޫ، ހދ. ނެއްލައިދޫ، ރ. މަޑުއްވަރީ، ރ. މީދޫ، ރ. އަލިފުށި، ބ. ފެހެންދޫ، ބ. ފުޅަދޫ، ބ. ދޮންފަން، ބ. ކިހާދޫ، ބ. އޭދަފުށި، […]
ޝިއުނާ އާދަމް
ވޯލްޑްކަޕް ޔޫރަޕްގެ ކޮލިފައިންގެ ގްރޫޕް އޭގައި ރޭ ޕޯޗުގަލްއާއި އަޔަލެންޑް ބައްދަލުކުރި މެޗުގައި ދެ ލަނޑުޖަހައި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީގެން އީރާނުގެ ލެޖެންޑް އަލީ ދާއީ ހަދާފައިވާ ރެކޯޑް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ މުގުރާލައިފިއެވެ. މި މެޗު ޕޯޗުގަލް ކާމިޔާބު ކޮށްފައި ވަނީ އަޔަލެންޑް ލަނޑެއްޖަހާފައި ވަނިކޮށް މެޗުގެ ފަހު ވަގުތު ރޮނާލްޑޯ ކާމިޔާބުކުރި ދެ ލަނޑާއިއެކު 2-1 ގެ ނަތީޖާއަކުންނެވެ. ނިމިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތާއި ހިސާބަށް ޤައުމީ ޓީމަށް […]
އިބްރާހިމް ޚަލީލް
ހުންނެވި މަގާމެއްގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ކޮރަޕްޝަންއަށް މަގުފަހި ވާގޮތައް ކަމެއް ކޮށްފައި ނުވާނެކަމަށް ކުމުންދޫ ކައުންސިލްގެ ރައީސް، އަދި ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަމީން މުޙައްމަދު ވިދާޅުވެއްޖެއެވެ. އޭނާއަށް ތުހުމަތުކޮށް ބައެއް މީހުން މީސްމީޑިއާގައި ދޮގު ވާހަކަ ފަތުރާކަމަށް ވިދާޅުވެ، އަމީން ވިދާޅުވީ އޭނާ ހުންނެވި މަޤާމެއް އަދި މަސްޢޫލިއްޔަތެއް އަދާކުރުމުގައި ކޮރަޕްޝަން އަށް މަގުފަހި ވާގޮތައް ކަމެއް ކޮށްފަނުވާނެ ކަމަށެވެ. “އަޅުގަނޑު ގެ އަގު ވައްޓާލުމަށް ތާކުން ތާކުން ނުޖ...
އަލީ އާދިލް
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ރިސޯޓްތަކުގައި މަސައްކަތްކުރާ މަސައްކަތްތެރީންގެ %50 މުވައްޒަފުންނަކީ ދިވެހިން ކަމުގައި ހަމަޖައްސައިދިނުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙްއަށް ދަންނަވައިފިއެވެ. މިގޮތަށް އެދިފައި ފައިވަނީ އިއްޔެ ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙްއާއި މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ)އިން މެންބަރުންނާއެކު ބޭއްވެވި ބައްދަލުވުމުގައެވެ. އެބައްދަލުވުމާއި ގުޅޭގޮތުން ޓޫރިޒަމް އެމްޕްލޮއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް...
އަލީ އާދިލް
ހދ. ކުޅުދުއްފުށީ ސިޓީއިން 4 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވި ގޮތުގައި މިފަހަރު ފުރަތަމަ ޕޮޒިޓިވްވީ އެ ހޮސްޕިޓަލްގެ ފުލޫ އޯ.ޕީ.ޑީ އަށް ދެއްކި ބަންގުލަދޭޝްގެ ރައްޔިތެކެވެ. އެ މީހާ ޕޮޒިޓިވްވުމާއި ގުޅިގެން ނެގުނު ސާމްޕަލްތަކުން އިތުރު 3 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ. އެހެންކަމުން މި ކްލަސްޓާއާއި ގުޅިގެން މިހާތަނަށް 4 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ. ކޭއާރުއެޗްއިން ވިދާޅުވީ، އި...
ޔުމްނާ ޢަލީ
މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅެމުން ގެންދާ ހދ.ނައިވާދޫގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން މިއަދު ކޮށްފައިވާ އިޢުލާނުގައި ވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުން 02 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:45 ގައި ހުޅުމާލޭ ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލް ހޯލުގައި އޮންނާނެ ކަމަށެވެ. ސަރުކާރުގެ ވުޒާރާތަކާއި ބައްދަލުކޮށް ނައިވާދޫއަށް ކުރިމަގުގައި ގެނެވިދާނެ ތ...
އިބްރާހިމް ޚަލީލް
ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ހިލާފަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން އަންގައިފިއެވެ. މަހުލޫފް އަށް ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ނިންމީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ކޮރަޕްޝަންގެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވާތީ އެވެ. . މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަހުލޫފަށް ވާދަނުކުރެވޭ ގޮތަށް ނިންމާފައިވާ މައްސަލާގައި އެއީ ސިޔާސީ ޕާޓީތަކުގެ ގާނޫ...
ޝިއުނާ އާދަމް
މި ސަރުކާރުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ހިމެނޭ ޖުޑީޝަލް ސާވިސް ކޮމިޝަން ގެ ކޮމްޕޮޒިޝަން ބަދަލުކުރުން ލަސްވެފައިވާ ކަމަށް ސަރުކާރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ އެކަން ކުރުން ލަސްވެފައިވާ ކަމަށެވެ. އެކަމަކު މި ދައުރުތެގޭގައި އެކަން ކުރާނެ ކަމަށް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ އެއީ ވަރަށް ބޮޑު ކަމެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ ޝަރުއީ ނިޒާމު ހަރުދަނާ ކުރުމަށް އެޅޭ އެންމެ ބޮޑު އެއް ފިޔަވަޅަށް […]
ޝިއުނާ އާދަމް
ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 18 އަހަރުން މަތީގެ މީހުންގެ ތެރެއިން 85 އިންސައްތަ މީހުން ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަކޮށްފައިވާ ކަމަށް ސަރުކާރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ. ސަރުކާރުން މިހެން ބުނެފައިވާއިރު، މި މަހުގެ ނިޔަލަށް ވެކްސިން ޖަހަން ޖެހޭ އާބާދީގެ 90 އިންސައްތަ ވެކްސިން ޖެހުމަށް ސަރުކާރުން އަމާޒެއް ކަނޑައެޅިއެވެ. އަދި އެ އަމާޒަށް ވާސިލްވުމަށް ސަރުކާރުގެ ބައެއް ހިދުމަތްތައް ހޯދުމާއި މަސައްކަތަށް ނިކުތުމުގައި ވެސް ފިޔަވަޅުތަކެއް އެޅިއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ...
ޝިއުނާ އާދަމް
ހދ. ކުޅުދުއްފުށީ ސިޓީގެ ވިޔަފާރި ވެރިންނަށް އަމާޒުކޮށްގެން ވިޔަފާރިއާއި އިންސާނީ ހައްޤާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ. މި ސެޝަންއަކީ ހިއުމަން ރައިޓްސް ކޮމިޝަންގެ އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ފަރާތުން އެ ސިޓީގެ ވިޔަފާރި ވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ސެޝަންއެކެވެ. އެޗްއާރުސީއެމް އިން ކުރިއަށް ގެންދާ “އިންޓަގްރޭޓެޑް ހިއުމަން ރައިޓްސް ޕްރޮގްރާމް” ގެ ދަށުން ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ގުޅިގެން އެ ސިޓީގައި ކުރިއަށް...
އިބްރާހިމް ޚަލީލް
ލާމަރުކަޒީ ގާނޫނުގެ އަސާސުތަކާއި ޚިލާފަށް ސަރުކާރުން ކަންކަން ކުރުމުގެ ވިސްނުމެއް ނެތްކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ހއ. ފިއްލަދޫގެ އިޚްތިޞާޞްގެ ދަށުން ދައްޕަރު ވަކި ކުރުމާގުޅިގެން އެކަމާއި ފިއްލަދޫ ކައުންސިލާ އެއްވެސް މަޝްވަރާއެއްކޮށްފައިނުވާތީ އުފެދިފައިވާ ކަންބޮޑުވުމާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ދައްޕަރަކީ ރިއަލްއެސްޓޭޓް ޓޫރިޒަމަށް ތަރައްގީ ކުރާ ރ...
އަލީ އާދިލް
ކ. ކުޑަގިރީގައި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އާޒިމް ވިދާޅުވީ، އެ ރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މި މަސް ތެރޭގައި ފަށާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ހައެއ...
އަޙްމަދު ވަހީދު
ބާސެލޯނާއަށް ކުޅެމުންއައި ފްރާންސްގެ ފޯވާޑް އެންޓޯނިއޯ ގްރީޒްމަން އެ ޓީމް ދޫކޮށް ލޯނު އެއްބަސްވުމެއްގެ ދަށުން އޭނާގެ ކުރީގެ ކުލަބް ކަމުގައިވާ އެތުލެޓިކޯ މެޑްރިޑާއި ގުޅިއްޖެއެވެ. ގްރީޒްމަން އެތުލެޓިކޯ މެޑްރިޑަސް ގެނެސްފައި ވަނީ 2014 ވަނަ އަހަރު ރެއާލް ސޮސިއެޑާޑުންނެވެ. އެ އަހަރުން ފަށައިގެން 2019 އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް ފަސް އަހަރެއްހާ ދުވަހު އޭނާ ވަނީ އެތުލެޓިކޯގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެ ފަސް އަހަރު އޭނާ އެތުލެޓިކޯއަށް ކުޅުނު 257 މެޗުގައި 133 […]
އިބްރާހިމް ޚަލީލް
ރ. އަލިފުށި ބިން ހިއްކުމާއި އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. މި މަޝްރޫޫއުގެ ދަށުން، އަލިފުށީގެ 50.05 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން 10 ހެކްޓަރުގެ ބިމަކީ ރަށުގެ ތަރައްޤީއާއި ގެދޮރުވެރިކަަމަށްހާއްސަކޮށްގެން ހިއްކާ ބިމެވެ. މީގެ އިތ...
އަޙްމަދު ވަހީދު
ހދ.ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގައި 08 ކުލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސުން އިޢުލާން ކޮށްފިއެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ މަތިން ފިނޭންސް މިނިސްޓްރީން 30 އޯގަސްޓް 2021 ގައި ކޮށްފައިވާ އިޢުލާނުގައި ކުޅުދުއްފުށީ އަފީފުއްދީން ސްކޫލްގެ 8 ކުލާސް ރޫމްގެ އިތުރުން ސ. މަރަދޫފޭދޫ އިރުޝާދިއްޔާ ސްކޫލުގައި 12 ކްލާސްރޫމާއި ލެބް އަދި އޮފީސް އިމާރާތް ކުރުމުގެ މަސައްކަތާއި، ސ.އަތޮޅު މަދަރުސާގައި 06 ކްލާސްރޫމް އިމާރާތް ކުރުމުގެ މަސަ...
އިބްރާހިމް ޚަލީލް