ށ. އަތޮޅު ހޮސްޕިޓަލުގައި ގައިނޮކޮލޮޖީގެ ބޮޑު ސާޖަރީއެއް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ. އެ ހޮސްޕިޓަލުން ހާމަކުރެއްވި ގޮތުގައި ގައިނޮކޮލޮޖީއާއި ގުޅޭ ބޮޑު މިި ސާޖެރީއަކީ ވަރަށް އުނދަގޫ ސާޖަރީއެކެވެ. އެހެންނަމަވެސް، “ޓޯޓަލް އެބްޑޮމިނަލް ހިސްޓެރެކްޓޮމީ” ނަމަކަށް ކިޔާ މި ސާޖަރީ ކާމިޔާބު ކަމާއެކު ނިންމާލެވިފާ ވަކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ. ސިއްހީ ލިއުންތަކުގައި ވާގޮތުން، “ޓޯޓަލް އެބްޑޮމިނަލް ހިސްޓެރެކްޓޮމީ” އަކީ އަންހެނާގެ ޔޫޓެރަސް ނުވަތަ ރަހިމު އަދި ސާވިކްސް އޮޕެރާޝަންކޮށް ނަގާ ސާޖެރީ އެކ...
އަޙްމަދު އަރުޝަމް
މ. ދިއްގަރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަސައްކަތް ފަށާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ. މި މަޝްރޫޢުގެ ދަށުން، 25 ހެކްޓަރުގެ ބިން ހިއްކައި، 384 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 287 މީޓަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 121.84 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އަޙްމަދު ވަހީދު
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން އަންނަ ހުކުރު ދުވަހުގެ ރޭ ބޮޑު ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ. މިކަން ހާމަކޮށްފައި ވަނީ އެ ކޯލިޝަންގެ ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާޙީމް ޝުޖާޢު މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ޝުޖާޢު ވިދާޅުވީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ބާއްވާ “އައްޑަނަ” ޖަލްސާ 03 ސެޕްޓެމްބަރ 2021 ވާ ހުކުރު ދުވަހުގެރޭ 08:15 ގައި މާލެ ސިޓީގެ އަލިމަސްކާނިވަލުގައި އޮންނާނެ ކަމަށެވެ. އިދިކޮޅުން ބޮޑު ޖަލްސާއެއް […]
އަލީ އާދިލް
ފްރާންސް ލީގުގެ ގަދަބާރެއް ކަމުގައިވާ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ލައިނަލް މެސީ ކުޅެދިން ފުރަތަމަ މެޗުން އެ ޓީމް މޮޅުވެއްޖެއެވެ. އާދީއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި ޕީއެސްޖީ ބައްދަލު ކޮށްފައިވަނީ ރެއިމްސްއާއެވެ. ޕީއެސްޖީން މި މެޗު ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޕީއެސްޖީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެ ޓީމުން ކާމިޔާބުކުރި ފުރަތަމަ ލަނޑު 15 ވަނަ މިނެޓުގައި ޑިމާރިއާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި […]
އިބްރާހިމް ޚަލީލް
ދައުރުވާ އޯޑިޔޯތަކާ އަދި އިދިކޮޅުން ކުރާ ތުހުމަތުތަކަށް ސަރުކާރުން ރައްދުދީ، ބަހެެއް ނުބުނީ އެއީ އެއްވެސް އަޞްލެއްނެތް ވާހަކަތަކަކަށް ވާތީކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ. އަލީ ޒާހިރު މިހެން ވިދާޅުވީ، ކުރީގެ ރައީސް، އަބުދު ﷲ ޔާމީނު ޢަބުދުލްޤައްޔޫމުގެ ޝަރީޢަތާ މެދު ހުރި ކަންބޮޑުވުންތައް ހިއްޞާކުރެއްވުމަށް ޕީޕީއެމްއާ ޕީއެންސީއަށް ނިންބަތްވާ ރައްޔިތުންގެ މަޖުލީހުގެ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ޓީމާއި މިއަދު ބައްދަލު ކުރައ...
އަލީ އާދިލް
ކޯވިޑް-19ގެ ވެކްސިން ފުރިހަމަކުރާ މީހުންނަށް ކަރަންޓީން ނުވެ ޓޫރިސްޓު ވިސާގައި، ޔޫއޭއީ އަށް ދަތުރުކުރެވޭ ގޮތް ހަދައިފިއެވެ. އެ ގައުމުގެ ނޭޝަނަލް ކްރައިސިސް އެންޑް އިމަޖެންސީ މެނޭޖްމަންޓް އޮތޯރިޓީ (އެންސީއީއެމްއޭ) އިން ބުނީ މި ބަދަލާ އެކު އެ ގައުމަށް ދަތުރު ކުރުން މަނާ ގައުމުތަކުގެވެކްސިން ފުރިހަމަކޮށްފައިވާ ފަތުރުވެރިންނަށްވެސް މިހާރު ދެވޭނެ ކަމަށެވެ. ޔޫއޭއީން މި ހުއްދަ ދޫކުރާނީ ޑަބްލިއުއެޗްއޯއިން ގަބޫލުކުރާ ވެކްސިނެއް ފުރިހަމަ ކޮށްފައިވާ ފަތުރުވެރިންނަށެވެ. އެއީ އެސްޓްރާޒެނަކާ އާއި ޖޯންސަން އެނ...
އަޙްމަދު ވަހީދު
ހއ. ކެލާގައި ދަނޑުވެރިކަން ކުރުން ބިން ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު އެރަށުގެ ދަނޑުވެރިންނަށް ހުޅުވާލައިފިއެވެ. މިގޮތުން ކެލާ ކައުންސިލުން ވިދާޅުވީ، ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާޢަތު ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އެގްރޯ ނޭޝަނަލް ކޯޕަރޭޝަން އާއި ގުޅިގެން ކޮންޓްރެކްޓް ފާމިންގ ކުރުމުގެ ފުރުޞަތު ކެލާގެ ދަނޑުވެރިންނަށް ހުޅުވާލާފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖޭގައި ހައްދާ ދަނޑުވެރިކަމުގެ 17 ބާވަތެއް އެގްރޯ ނޭޝަނަލް ކޯޕަރޭޝަނާއި ދަނޑުވެރިޔާއާއި ދެމެދުވެވޭ...
ޔުމްނާ ޢަލީ
އިތުރު މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ ހއ. އިހަވަންދޫން ޕޮޒިޓިވްވި މީހުންގެ ޢަދަދަދު 22 އަށް އަރައިފިއެވެ. ކުޑަހުވަދޫ ކްލަސްޓާއަށްފަހު މިހާތަނަށް 22 މީހަކު އެރަށުން ޕޮޒިޓިވްވިއިރު 6 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެހެންކަމުން މިވަގުތު އިހަވަންދޫގެ އެކްޓިވް ކޭސްތަކުގެ ޢަދަދަކީ 16 އެވެ. ކުޑަހުވަދޫ ކަލަސްޓާއާއި ގުޅިގެން މިހާތަނަށް އެރަށުން 655 މީހެއްގެ ސާމްޕަލް ނަގާފައިވާއިރު، އޭގެތެރެއިން 540 ސާމްޕަލެއް ވަނީ ނެގެޓިވްވެފައެވެ. އަދި ނަތީޖާ ނުލިބޭ ސާމްޕަލްތަކުގެ އަދަދަކީ 93 އެވެ. އިހަވަންދޫން ބަ...
ޔުމްނާ ޢަލީ
ރ. ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ބިން ހިއްކުމުގެ މަސައްކަތް ނިމުނީ މިއަދު ކަމަށެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ފަށަން ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ހޮނިހިރު ދުވަހު ގެންގޮސްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން 22.2 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު 423 މީޓަރުގެ ސަރަހައްދެއް...
އަޙްމަދު ވަހީދު
ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރަކުން ހއ. ދައްޕަރު އެ އަތޮޅު ފިއްލަދޫ ކައުންސިލްގެ އިހްތިސާސް އިން ބޭރުކޮށްފި އެވެ. ފިއްލަދޫގެ އިހުތިސާސުން ދައްޕަރު ވަކިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ގަރާރަކުންނެވެ. މިއަދު ނެރުނު ގަރާރުގައި ބުނެފައިވަނީ ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކުގެ އިހްތިސާސް ކަނޑައެޅުމުގެ ބާރަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެއް ކަމަށެވެ. މީގެ ކުރިން އެންމެ ފުރަތަމަ ރަށްތަކުގެ އިޚުތިޞާޞު ބަޔާންކުރި ޤަރާރުގައި ދައްޕަ...
ޝިއުނާ އާދަމް
ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒުފޯރުވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތައް ވަކިން ޚާއްސަ ސަމާލުކަމެއް ދީގެން ބަލާނެއް ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް އިއްވެވި ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ގާޒީއެއްގެ އޯޑިއޯއެއް ލީކުވެފައިވާތީ އެކަމާ ގުޅިގެން ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ އެ ބޭފުޅުންގެ މަސައްކަތާ ބެހޭ މައްސަލަތައް ވަރަށް ހާއްސަ ސަމާލުކަމެއް ދީގ...
ޝިއުނާ އާދަމް
ކުޅުދުއްފުށި ސިޓީގެ ފަތާ ޓްރެކް ސަރަހައްދު އަލި ކުރުމަށް، ބޯޒިޔާރަތް ބީޗްގައި ލައިޓް ހަރުކޮށްފި އެވެ. ކުޅުދުއްފުށި ސިޓީކައުންސިލުން ވިދާޅުވި ގޮތުގައި ފަތާ ޓްރެކް ސަރަހައްދު އަލިކުރުމަށްޓަކައި އެ ސިޓީގެ ބޯޒިޔާރަތް ބީޗުގައި ލައިޓް ހަރުކުރެވިފާ ވާކަމަށެވެ. އަދި ލައިޓް ހަރުކުރުމުގެ އަމަލީ މަސައްކަތުގައި ހަރަކާތް ތެރިވެފާވަނީ ކުޅުދުއްފުށީ ވެޓްރަންސް ޓީމުން ކަމަށާއި އެ ފަރާތުން އެ މަސައްކަތް ކޮށްދީފައި ވަނީ މުޅިން ހިލޭކަމަށްވެސް ސިޓީ ކައުންސިލުން ހާމަކުރެއްވިއެވެ. މި ކަމަށްޓަކައި ކުޅުދުއްފުށީ ވެޓަރަން...
އަޙްމަދު އަރުޝަމް
ހދ. ނޮޅިވަރަމުން އިތުރު 4 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މައުލޫމާތު ލިބިފާވާގޮތުގައި އިއްޔެ އެރަށުން ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ކުރިއަށް ގެންދާ ކޮންޓެކްޓް ޓްރޭސިންގައި ނެގުނު 14 ސާމްޕަލްގެ ތެރެއިން 4 ސާމްޕަލް ވަނީ ޕޮޒިޓިވް ވެފައެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިޝަލް، ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ “ތިލަދުން”އަށް ވިދާޅުވީ، އިއްޔެ އެ ރަށުން ފެނިފައިވަނީ 7 ޕޮޒިޓިވް ކޭސް ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 5 ކުޑަކުދިންނާއި ބޮޑު 2 […]
އަޙްމަދު އަރުޝަމް
އުރީދޫ ފަސޭހަ ހޯމް ބްރޯޑްބޭންޑް ޕެކޭޖުތަކުން ހިލޭ އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް އެ ކުންފުނިން ފަށައިފިއެވެ. އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގެ ދަށުން ފަސޭހަ ހޯމް ބްރޯޑްބޭންޑް ޕެކޭޖުތައް ރިޗާޖު ކުރާ ކޮންމެ ފަހަރަކު 50 އިންސައްތަ އިތުރުޑޭޓާ ލިބޭނެއެވެ. ފަސޭހަ ބްރޯޑްބޭންޑު ޕެކޭޖުތަކުގެ ތެރޭގައި 20ޖީބީ އާއި 50ޖީބީ އާއި 60ޖީބީ އާއި 120ޖީބީ އާއި 180ޖީބީ އަދި 500ޖީބީގެ ޕެކޭޖުތައް ހިމެނެއެވެ. އެހެންކަމުން މިޕްރޮމޯޝަނުގެ ދަށުން 20ޖީބީގެ ޕެކޭޖެއް […]
އަޙްމަދު ވަހީދު
ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގައި ބިނާކޮށްފައިވާ ކިންގް ސަލްމާން މިސްކިތް ހުޅުވުމުގެ މަޝްވަރާއަށް ސައުދީގެ ވަފްދެއް ރާއްޖެ ވަޑައިގެންފިއެވެ. ސަރުކާރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މަޝްވަރާތަކަށް ރާއްޖެ ވަޑައިގެންފައި ވަނީ ރާއްޖެ ވަޑައިގެންފައިވަނީ ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީގެ އަންޑާ ސެކްރެޓަރީ އައްވާދު ސަބްތީ އަލެނެޒީ ކަމަށެވެ. އަދި ފޮރިން މިނިސްޓްރީ، އިސްލާމިކް މިނިސްޓްރީ، ޕްލޭނިންގ މިނިސްޓްރީގެ އިތުރުން ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސް އޮފީހާއި އެކު މާދަމާ މ...
ޝިއުނާ އާދަމް
ކ. ރަސްފަރި ފަރަށް މުދާ އުފުލާ ކާގޯ ބޯޓެއް އުރުނު މައްސަލަ ފުރިހަމައަށް ތަޙްޤީޤުކޮށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް ދިވެހި ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ. މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ހުށަހަޅުއްވާފައިވާ މި މައްސަލާގައި ވިދާޅުވެފައި ވަނީ އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރުކުރަމުންދިޔަ، ޕެނަމާ ބޯޓެއްކަމުގައިވާ “ނެވިއޯ އަމަރީލިސް” ނަމަކަށް ކިޔާ ބިޔަ އާގުބޯޓު، 17 އޮގަސްޓު 2021 ގައި ދިވެހިރާއްޖޭގެ...
އަލީ އާދިލް
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އެ ކުންފުނީގެ ކަސްޓަމަރުންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުން ހޮޓްލައިނެއް ތައާރަފުކޮށްފިއެވެ. ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި 1650 ހޮޓްލައިން ތައާރަފު ކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ. މިއީ 24 ގަޑިއިރު ހިދުނަތް ދޭހޮޓްލައިނެކެވެ. ސީއީއޯ އާޒިމް ވިދާޅުވީ މިހާރު ކަސްޓަމަރުންނަށް އެކި ކަންކަމުގައި ކުންފުންޏަށް ގުޅުމުގައި ދަތިވާކަމަަށެވެ. ނަމަވެސް މި ތައާރަފު ކުރެވުނު ހޮޓްލައިނާއެކު ހުރިހާކަސްޓަމަރުންނ...
އަޙްމަދު ވަހީދު
ރާއްޖޭގެ ސްކޫލްތަކުގައި އިސްލާމް ކިޔަވައިދޭން ރާއްޖެއިން ބޭރުން ޓީޗަރުން ގެންނަން ނުވިސްނާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން މިހެން ބުނެފައި މިވަނީ ރާއްޖޭގައި އިސްލާމް ކިޔަވާދޭ ކަރިކިއުލަމް ރިވިއުކޮށް އިސްލާމް ފޮތްތަކުގައި ނަފްރަތަށް މަގުފަހިވާ ގޮތަށް ހުރި ލިޔުންތައް ދެނެގަތުމުގެ މަސައްކަތްކުރާނެ ކަމަށާއި، ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތުގެ ތެރެއިން ރާއްޖޭގައި އިސްލާމް ކިޔަވާ ދިނުމަށް ރާއްޖެއިން ބޭރުން މުދައްރިސުން ގެންނަން މަޝްވަރާކުރަމުން އަންނަ ކަމ...
ޝިއުނާ އާދަމް