މޯލްޑިވްސް އިސްލާމިކް ބޭންކުގެ އިންޓަނެޓް ޕޭމަންޓް ގޭޓްވޭ 'އެމްއައިބީ ގްލޯބަލް ޕޭ' ތައާރަފު ކޮށްފިއެވެ.

މި ގޭޓްވޭ މެދުވެެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުމަށް ބައިނަލްއަގުވާމީ ކާޑުތައް ބޭނުންކުރެވޭނެކަމަށް އެމްއައިބީން ބުންޏެވެ.

Ad
rt

އެމްއައިބީ ގްލޯބަލް ޕޭގައި ބޭނުންކުރަނީ މާސްޓަ ކާޑް ޕޭމަންޓް ގޭޓްވޭއެވެ. މި ގޭޓްވޭއަކީ ސެކިއުރިޓީގެ ގޮތުން ވަރުގަދަ ފީޗާތަކެއް ހިމެނޭ ގޭޓްވޭއެއް ކަމަށް އިސްލާމިކްބޭންކުން ބުންޏެވެ.

އެމްއައިބީ ގްލޯބަލް ޕޭއާ ގުޅޭގޮތުން މައުލޫމާތުދެއްވަމުން އެ ބޭންކުން ބުނީ މި ގޭޓްވޭ މެދުވެރިކޮށް މަހު ފީ ދައްކަންޖެހޭ ހިދުމަތްދޭ ކުންފުނިތަކުން ކަސްޓަމަރު ވަކިވަކިން ކޮންމެ މަހަކު މެނުއަލީ ފައިސާ ދައްކަން ޖެހުމުގެ ބަދަލުގައި އޮޓަމެޓިކުން ކޮންމެ މަހެއްގެ ފީވެސް ކަސްޓަމަރުގެ އެކައުންޓުން ކެނޑޭގޮތް ހެދޭނެ ކަމަށެވެ.

އަދި މޯބައިލް އެޕްލިކޭޝަނާއި ވެބްސައިޓުތަކުން 'އެމްއައިބީ ގްލޯބަލް ޕޭ' މެދުވެރިކޮށް ފައިސާ ދެއްކޭނެކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

އިސްލާމިކް ބޭންކުން ދޭ ހިދުމަތްތަށް ފުޅާކުރުމަށް އެބޭންކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދާދި ފަހުން ވަނީ ވިސާ ޑެބިޓް ކާޑުވެސްތައާރަފްކޮށްފައެވެ.