ހއ. މުރައިދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެ ރަށުގެ އެކި ސަރަހައްދުތަކުގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މުރައިދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ޝިފާޒާ މުޙައްމަދު "ތިލަދުން''އަށް ވިދާޅުވީ، އެ ކޮމެޓީން މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައި ވަނީ އެރަށުގައި ހިޔާދޭ ގަސްތައް އާލާކޮށް ހެއްދުމުގެ މަގްޞަދުގައި ކަމަށެވެ.
ރަށުގެ ބައެއް ސަރަހައްދުތަކުގައި ހިޔާދޭ ބޮޑެތި ގަސް މަދުވުމުގެ ސަބަބުން ވަރަށް ހޫނުގަދަކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، އެ ކޮމެޓީން ގަސް އިންދުމުގައި ރަށުގެ ގަސް މަދު، އަދި އާންމުކޮށް ރައްޔިތުން ގޮސްއުޅޭ ސަރަހައްދު ތަކަށް އިސްކަންދީފައިވާނެ ކަމަށެވެ.
ޝިފާޒާ ވިދާޅުވިގޮތުގައި ކުރިމަގުގައި ވެސް މިފަދަ ޕްރޮގްރާމްތައް އެ ކޮމެޓީގެ ފަރާތުން ކުރިއަށް ގެންދަން ވަނީ ރާވާފައެވެ.
މި ޕްރޮގްރާމްގެ ދަށުން މި ގަސް އިންދުމުގައި ޕްރޮގްރާމްގައި އަމަލީގޮތުން ބައިވެރިވެފައި ވަނީ މުރައިދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނެވެ.
މުރައިދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ހއ. ދިއްދޫ ޕޮލިސްޓޭޝަން ގުޅިގެން މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ވަނީ ކަސްރަތު ޕްރޮގްރާމެއް ވެސް ހިންގާފައެވެ. މީގެއިތުރުން މިއަހަރުގެ ބޮޑު ޢީދުގައި މުރައިދޫގައި ހިންގުނު ހަރަކާތްތަކުގައި ވެސް ވަނީ އެ ކޮމެޓީން ވަރަށްބޮޑު އެއްބާރުލުމެއް ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!