ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ހިލާފަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން އަންގައިފިއެވެ.

މަހުލޫފް އަށް ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ނިންމީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ކޮރަޕްޝަންގެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވާތީ އެވެ. .

Ad
rt

މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަހުލޫފަށް ވާދަނުކުރެވޭ ގޮތަށް ނިންމާފައިވާ މައްސަލާގައި އެއީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާގޮތަށް އެމްޑީޕީގެ އަސާސީ ގަވާއިދުގައި ހިމަނާފައިވާ ޝަރުތެއް ނޫން ކަމަށް ނިންމާ އީސީން އެކަން އޭނާއަށާއި، އެމްޑީޕީއަށް އަންގާފައިވާ ކަމަށެވެ.

މީގެ އިތުރަށް އެފަދަ އެއްވެސް ޝަރުތެއް ކުރެވޭނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުގެ މަތިން އަސާސީ ގަވާއިދު އިސްލާހުކޮށްގެން ނޫނީ އަސާސީ ގަވާއިދުގެ ދަށުން ބަރުލިބިގެން ހަދާ ގަވާއިދަކުން ކަމަށް ވެސް އީސީން އަންގާފައިވާ ކަމަށް މަހުލޫފްގެ ޓުވީޓުގައިވެއެވެ.

މި މައްސަލަ މަހުލޫފް ވަނީ އެޕާޓީގެ އިންތިހާބީ ކޮމިޓީއަށާއި، އިސްތިއުނާފް ފަނޑީޔާރުންގެ މަޖިލީހަށް ވެސް ހުށަހަޅާފައެވެ. އަދި އޭނާ އިލެކްޝަނަށް މައްސަލަ ހުށަހެޅީ އެކަމުގައި ޕާޓީގެ ތެރެއިން ޖަވާބެއް ލިބުން ލަސްވެގެންނެވެ. އޭގެ ފަހުން ވެސް އެޕާޓީގެ އިންތިހާބީ ކޮމިޓީން ވަނީ މަހުލޫފް އަށް ވާދަ ނުކރެވޭނެ ކަމަށް ކަނޑައަޅާފައެވެ.