ރ. އަލިފުށި ބިން ހިއްކުމާއި އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

Ad
rt

މި މަޝްރޫޫއުގެ ދަށުން، އަލިފުށީގެ 50.05 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން 10 ހެކްޓަރުގެ ބިމަކީ ރަށުގެ ތަރައްޤީއާއި ގެދޮރުވެރިކަަމަށްހާއްސަކޮށްގެން ހިއްކާ ބިމެވެ.

މީގެ އިތުރުން 40.05 ހެކްޓަރުގެ ބިމަކީ އެއާޕޯޓު ތަރައްގީ ކުރުމަށް ހިއްކާ ބިމެއްކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.

މިއީ 451.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތް ނިންމަން 750 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.