ހުންނެވި މަގާމެއްގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ކޮރަޕްޝަންއަށް މަގުފަހި ވާގޮތައް ކަމެއް ކޮށްފައި ނުވާނެކަމަށް ކުމުންދޫ ކައުންސިލްގެ ރައީސް، އަދި ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަމީން މުޙައްމަދު ވިދާޅުވެއްޖެއެވެ.

އޭނާއަށް ތުހުމަތުކޮށް ބައެއް މީހުން މީސްމީޑިއާގައި ދޮގު ވާހަކަ ފަތުރާކަމަށް ވިދާޅުވެ، އަމީން ވިދާޅުވީ އޭނާ ހުންނެވި މަޤާމެއް އަދި މަސްޢޫލިއްޔަތެއް އަދާކުރުމުގައި ކޮރަޕްޝަން އަށް މަގުފަހި ވާގޮތައް ކަމެއް ކޮށްފަނުވާނެ ކަމަށެވެ.

Ad
rt

"އަޅުގަނޑު ގެ އަގު ވައްޓާލުމަށް ތާކުން ތާކުން ނުޖެހޭ ވާހަކަ ޝޯޝަލް މީޑިޔާގަ ދައްކާ ފަރާތްތަކަށް ބުނެލަން އޮތީ މަޤާމާ މަސްޢޫލިއްޔަތުގެ ގޮތުން ހިންގާފައިވާ ކޮރަޕްޝަން އެއް އަޅުގަނޑުގެ މައްޗައް ތުހުމަތު ކުރެވި ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކު ދައުވާ އުފުލާ ހިސާބުން އަޅުގަނޑު މަޤާމުން އިސްތިއުފާ ދޭނަން،" އަމީން ވިދާޅުވެފަވެއެވެ.

ކަރަޕްޝަންއެއް ހިންގާފައިވާނަމަ ލިޔަންވީ މީސްމީޑިއާގައި ނޫންކަމަށާއި، ކަމާބެހޭ މުވައްސަސާތަކަށް ހުށަހަޅައަޅައިގެން ކުރިއަށް ދާންވީ ކަމަށް އަމީން ވިދާޅުވިއެވެ.

އަމީންއަކީ ފާއިތުވި ދެ ދައުރުގައި ވެސް ކުމުންދޫ ކައުންސިލްގެ ރައީސްއެވެ. ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހްގެ ތެރެއިން މިފަހަރު ކައުންސިލްތަކުގެ ރައީސް އިންތިޚާބު ކުރީ ވަކިން ރައީސްކަމަށް މީހުން ކުރިމަތިލައިގެންކަމަށްވީއިރު އަމީން ވަނީ ކުމުންދޫ ކައުންސިލް ރައީސްކަމުގެ ގޮނޑި ކާމިޔާބު ކުރައްވާފައެވެ. އެހެންކަމުން މިއީ އަމީން ކުމުންދޫ ރައީސްކަން ކުރައްވާ ތިންވަނަ ދައުރެވެ.

އަމީންއަކީ ވެރިކަންކުރާ ކޯލިޝަންގެ މައިޕާޓީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.