ކޯވިޑް-19ށް ޓެސްޓު ނުކޮށް ދެވޭ ރަށްތަށް އެޗްޕީއޭއިން އާންމުކުރި އިރު އޭގެ ތެރޭގައި ޕީސީއާރު ޓެސްޓާއިނުލާ ދަތުރުކުރެވޭ ތިލަދުންމަތީގެ 4 ރަށެއް ހިމަނައިފިއެވެ.

އެޗްޕީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ޖުމްލަ 28 ރަށަކަށް ޕީސީއާރް ޓެސްޓަކާ ނުލާ ދެވޭ ކަމަށެވެ. އެއީ ހއ. އުލިގަމް، ހއ. މުރައިދޫ، ހދ. ހިރިމަރަދޫ، ހދ. ނެއްލައިދޫ، ރ. މަޑުއްވަރީ، ރ. މީދޫ، ރ. އަލިފުށި، ބ. ފެހެންދޫ، ބ. ފުޅަދޫ، ބ. ދޮންފަން، ބ. ކިހާދޫ، ބ. އޭދަފުށި، ބ. މާޅޮސް، ބ. ކަމަދޫ، އއ. މަތިވެރި، އދ. ދިގުރަށް، އދ. ފެންފުށި، އދ. ދިއްދޫ، ވ. ރަކީދޫ، ވ. ފުލިދޫ، ފ. މަގޫދޫ، ފ. ދަރަންބޫދޫ، ފ. ފީއަލި، ލ. ހިތަދޫ، ގއ. ދެއްވަދޫގެ އިތުރުން ގދ. ރަތަފަންދޫއެވެ.

Ad
rt

މި ރަށްރަތަކަށް ޕީސީއާރް ޓެސްޓު ނުހަދާ ދެވެނީ ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް 14 ދުވަސް ވެފައިވާ ފަރާތްތަކުން ދަތުރު ފަށާ ރަށުގެ ހަފްތާއަކު ނެގޭ ސާމްޕަލްގެ ނިސްބަތުން ޕޮޒިޓިވީ %5 އަށް ވުރެ ދަށް ނަމައެވެ. އަދި ރަށުގެ އާބާދީގެ 95 އިންސައްތަ ވެކްސިން ފުރިހަމަ ކޮށްފައިވާތީއެވެ.

މި ރަށްތަކުގެ 12 އަހަރުން މަތީގެ އާބާދީގެ 90 ޕަސެންޓް މީހުން ވެކްސިން ފުރިހަމަ ކޮށްފައިވާއިރު، 65 އަހަރުން މަތީގެ މީހުންގެ 90 ޕަސެންޓް މީހުން ވެސް ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.