މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,430 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1468 ވަނަ ޞަފްޙާ

މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ހިންގާ މުއާމަލާތްތަކާ މެދު ހަނިމާދޫގައި މައުލޫމާތު ދީފި

މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ހިންގާ މުއާމަލާތްތަކާ މެދު ހަނިމާދޫގައި މައުލޫމާތު ދީފި

މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ހިންގާ މުއާމަލާތްތަކާ މެދު ހަނިމާދޫ ރައްޔިތުންނަށް މައުލޫމާތު ދީފި އެވެ. ހަނިމާދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ސްމާޓް ފޯނުގެ ބޭނުންކޮށްގެން ކުރާ ނޭދެވޭ މުއާމަލާތްތަކާ މެދު ސަމާލުވާންވީ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ އިތުރުން އެމައުލޫމާތައް ހިމެނޭ ލީފްލެޓް ބަހާފައިވެއެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މި ޖަނަވަރީ މަހުގެ 11 ވަނަ ދުވަހު ފެށިގެން ދެ ދުވަހުގެ މުއްދަތަށްކަމަށް ފުލުހުންގެ އިދާރާއިން މަޢުލޫމާތު ދެއްވަ އެވެ. މިހަރަ...

އަލީ އާދިލް
އަލާމާތް ނެތްނަމަ ޕޮޒިޓިވްވާ މިހުންގެ ކަރަންޓީނު މުއްދަތު ހަތް ދުވަހަށް

އަލާމާތް ނެތްނަމަ ޕޮޒިޓިވްވާ މިހުންގެ ކަރަންޓީނު މުއްދަތު ހަތް ދުވަހަށް

ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންނާއި ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުން އެކަހެރިކުރާ އަދި ކަރަންޓީނުކުރާ މުއްދަތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބަދަލު ގެނެސްފި އެވެ. އެއިދާރާއިން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، ޤާނޫނު ނަންބަރު 2012/7( އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 34 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރުގެ ދަށުން، މި ހިނދުން ފެށިގެން ވަކި ގޮތެއް އަންގަންދެން، ކޮވިޑް-19 އަށް ޕޮޒިޓިވްވާ […]

އިބްރާހިމް އަސްވާޤް
ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާލުމުގެ މަސައްކަތް އެމްޓީސީސީއަށް

ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާލުމުގެ މަސައްކަތް އެމްޓީސީސީއަށް

ށ. ކޮމަންޑޫއާއި އެ ރަށް ކައިރީ އޮންނަ މަތިކޮމަންޑޫ ގުޅާލުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަންވަރު އަލީއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ 250 މިލިއަން ރުފިޔާއަށް، 730 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫއުގެ ދަ...

އަޙްމަދު ވަހީދު
އެއްޗެއް ކަޅެއްތަ؟ ނޫނީ "ފެހި، ހުދު، ދަނބު" ސައެއް؟

އެއްޗެއް ކަޅެއްތަ؟ ނޫނީ "ފެހި، ހުދު، ދަނބު" ސައެއް؟

ސަޔަކީ ދިވެހިންގެ ސުފުރާމަތި ފަޅުފިލުވައިދޭ ބުއިމެކެވެ. ހާއްސަކޮށް ހެނދުނުގެ ނާސްތާއާއި ހަވީރުގެ ސައިގައި ކަޅުސައި މިއީ، ހާއްސަ ދައުރެއް އަދާކުރާބުއިމެކެވެ. އެންމެ އާދައިގެ ސުފުރާތަކުން ފެށިގެން އެންމެ މުއްސަނދި ސުފުރާތަކުގައިވެސް ސައިގެ ދައުރު ނުހަނު ބޮޑެވެ. ދިވެހިންނަށް އާއްމުކޮށް ބޭނުންކުރާ ސައިގެ ބާވަތަކީ، ކަޅުސައެވެ. ދިވެހިންނަށް ސައިގެ ވައްތަރުތަކުން ކަޅުސައި ހާއްސަވެފައި އާއްމުކޮށް ބޮއެ އުޅުނު ނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާއްމުކޮށް ބޮއެއުޅޭ ސައިގެ ވައްތަރުތައް ގިނައެވެ. ކަޅު...

މުޙައްމަދު ޢިމްރާން
އަދާލަތުން ތާއީދު ކުރާ ކެންޑިޑޭޓެއް އިއުލާން ކުރަނީ

އަދާލަތުން ތާއީދު ކުރާ ކެންޑިޑޭޓެއް އިއުލާން ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އަދާލަތު ޕާޓީ (އޭޕީ) އިން ތާއީދު ކުރާ ކެންޑިޑޭޓެއް އަންނަ ހަފުތާގައި ޢިއުލާން ކުރާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ. މިގޮތުން، އޭޕީގެ ތަރުޖަމާނު އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަލީ ނަޒީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް އެ ޕާޓީން ކެންޑިޑޭޓެއް ނެރެފައި ނުވިނަމަވެސް ކޮމަންޑޫ ދާއިރާއަކީ އެ ޕާޓީގެ މެންބަރުން އެކަށީގެންވާ ވަރަކަށް ތިބި ދާއިރާއެއް ކަމަށ...

އަލީ އާދިލް
ފުރަތަމަ ފަހަރަށް ތަރިއެއް ފަޅައިގެންދާ މަންޒަރު ފެނިއްޖެ

ފުރަތަމަ ފަހަރަށް ތަރިއެއް ފަޅައިގެންދާ މަންޒަރު ފެނިއްޖެ

ގުދުރަތީ އެތައް ކަމެއްގެ ސަބަބުން އިންސާނުން ހައިރާން ކޮށްލައެވެ. މީގެ ތެރެއިން ދާދި ފަހުން ގިނަ އަދަދެއްގެ ސައިންސްވެރިން ހައިރާން ކޮށްލި ކަމަކީ ތަރިއެއް ފަޅައިގެން ދިޔަ މަންޒަރު ފެނުމެވެ. މިއީ މިގޮތަށް ތަރިއެއް ފަޅައިގެންދާ މަންޒަރު ސައިންސުވެރިންނަށް ފެނުނު ފުރަތަމަ ފަހަރެވެ. މިއީ ޔުނިވާސިޓީ އޮފް ކެލިފޯނިއާގެ އެސްޓްރޯނަމަރުންތަކެއް ހެދި ދިރާސާތަކުގެ ނަތީޖާއެކެވެ. ތަރިތައް ފަޅައިގެންދަނީ އެ ވަކި ވަރަކަށްވުރެ ބޮޑުވުމުން ކަމަށް ދިރާސާތަކުން ދައްކައެވެ. އެގޮތުން “ބެޓެލްގޫސް” ނަމަކަށް ކިޔާ ތަރިއަކ...

އަޙްމަދު ވަހީދު
ކުމުންދޫގައި ބޭސިކް އަދި އެޑްވާންސް ފަހާ ކޯހެއް ފަށަނީ

ކުމުންދޫގައި ބޭސިކް އަދި އެޑްވާންސް ފަހާ ކޯހެއް ފަށަނީ

ހދ. ކުމުންދޫ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން އިންތިޒާމްކޮށްގެން އެރަށުގައި ބޭސިކް އަދި އެޑްވާންސް ފަހާ ކޯހެއް ހިންގުމަށް ނިންމައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ކޯހަކީ ކުމުންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި މަޝްހޫރު ފެހުންތެރިޔާ ޢާފިޔާ ޔޫސުފް އާއި ގުޅިގެން ހިންގުމަށް ނިންމާފައިވާ ކޯހެކެވެ. މިއަދުން ފެށިގެން މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، މި ކޯހުގެ މުއްދަތަކީ 15 ދުވަހެވެ. މި ކޯސް ފަށަން ނިންމާފައި ވަނީ މިހިނގާ ޖެ...

ޝިއުނާ އާދަމް
ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

2022 ވަނަ އަހަރުގެ “ރެހެންދި އެވޯޑު” އަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ހުޅުވާލައިފިއެވެ. ރެހެންދި އެވޯޑަކީ ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، މުޖުތަމަޢު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު، ޤައުމީ ފެންވަރެއްގައި ވަޒަންކުރުމުގެ ގޮތުންނާއި މުޖުތަމަޢުގައި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި ކުރިއެރުވުމަށް ވަކި ފަރުދުންނާއި ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ...

ޔުމްނާ ޢަލީ
އަމީނީ މަގު ދަރުބާރުގެ ސަރަހައްދުގެ ގެތަކުން މިއަދު ފެން ކެނޑޭނެ

އަމީނީ މަގު ދަރުބާރުގެ ސަރަހައްދުގެ ގެތަކުން މިއަދު ފެން ކެނޑޭނެ

އަމީނީ މަގު ދަރުބާރުގެ ހުންނަ ސަރަހައްދުގެ ގެތަކުން މިއަދު ފެން ކެނޑޭނެ ކަމަށް އެންޑަބްލިއުއެސްސީން ބުނެފިއެވެ. އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ ފެން ކެނޑޭނީ މާލެ ވޯޓާ ނެޓްވޯކުގެ އިމަޖެންސީ މަސައްކަތެއް ކުރަމުންދާތީ ކަމަށެވެ. ނަމަވެސް ފެން ކެނޑޭނެ ވަގުތެއް ހާމަ ކޮށްފައި ނުވެއެވެ. Due to an ongoing emergency repair work of water network in Ameenee Magu, Dharubaaruge area, some customers will be experiencing water service […]

އަޙްމަދު ވަހީދު
މުލަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިމިއްޖެ

މުލަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިމިއްޖެ

މ. މުލަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ. މޯލްޑިވްސް މާކެޓިން އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަސައްކަތް ނިމުނީ މިދިޔަ ޑިސެމްބަރު 23ގައެވެ. މި މަޝްރޫއުގެ ދަށުން، 411.90 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މިއީ 17.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ވޭތުވެދިޔަ 3 އަހަރުތެރޭ އެމްޓީސީސީން ވަނީ ބަނދަރު ހެދުމާއި، ބިން ހިއްކުމާއި އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ 42 މަސައްކަތެއް ނިންމާފައެވެ.

އަޙްމަދު ވަހީދު
ޖަޕާނުގެ ނޫސްވެރިން ރާއްޖެ އިޝްތިހާރު ކުރަން އައިސްފި

ޖަޕާނުގެ ނޫސްވެރިން ރާއްޖެ އިޝްތިހާރު ކުރަން އައިސްފި

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކަޮޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ދައުވަތަކަށް ޖަޕާންގެ ނޫސްވެރިންތަކެއް ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެ އަތުވެއްޖެއެވެ. މިއީ މިއަހަރުގެ ފުރަތަމަ ފެމިލިއަރައިޒޭޝަން ދަތުރެވެ. މިދިޔަ އަހަރުވެސް ގިނަ ގައުމުތަކެއްގެ ނޫސްވެރިން ރާއްޖެ ގެނައެވެ. ޖަޕާނުގެ ނޫސްވެރިންގެ މި ދަތުރު ކުރިއަށް ދާނީ ޖެނުއަރީ މި މަހުގެ 17 ވަނަ ދުވަހާ ހަމައަށެވެ. މި ދަތުރުގައި ރާއްޖެ އައިސްފައިވަނީ ޖަޕާންގެ އާންމުންގެ މެދުގައި މަގުބޫލު އޮންލައިން އަދި ޕްރިންޓް މަޖައްލާތަކާއި، ނޫސްތަކުގެ...

އަޙްމަދު ވަހީދު
ކޯވިޑް-19ގެ ޙާލަތާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވައިފި

ކޯވިޑް-19ގެ ޙާލަތާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވައިފި

ރާއްޖޭގެ ކޯވިޑް-19ގެ ޙާލަތާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކުރައްވައިފިއެވެ. ރައީސް އޮފީހުން މައުލޫމާތު ހާމަކުރަށްވާ ގޮތުގައި، ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރަށްވާފައި ވަނީ، ރާއްޖޭގައި މި ދުވަސްވަރު ކޯވިޑް-19 ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވަމުންދާތީއެވެ. ވަޒީރުންގެ މަޖިލީހުގެ މި ބައްދަލުވުމުގައި ކޯވިޑް-19 ގެ ޙާލަތާ ގުޅޭގޮތުން މަޝްވަރާކުރައްވަމުން ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަނީ ކޯވިޑް-19 ބަލި ހުރިކަން ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓް، އާންމުންނަށް ފަސޭހަކަމާއެ...

ޔުމްނާ ޢަލީ
ކުޅުދުއްފުއްޓާއެކު ހަތަރު ރަށެއްގެ ޓާޝަރީ ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިޔު ހަދާނެ ބަޔަކު ހޯދަނީ

ކުޅުދުއްފުއްޓާއެކު ހަތަރު ރަށެއްގެ ޓާޝަރީ ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިޔު ހަދާނެ ބަޔަކު ހޯދަނީ

ކުޅުދުއްފުށި ސިޓީއާއި އިތުރު ތިން ރަށެއްގައި އަޅާ ޓާޝަރީ ހޮސްޕިޓަލުގެ ޑިޒައިނާއި ބިލް އޮފް ކުއަންޓިޓީ (ބީއޯކިޔު) ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ. ހެލްތު މިނިސްޓްރީން އިއުލާން ކުރީ ކުޅުދުއްފުށި ސިޓީގެ އިތުރުން ގދ. ތިނަދުއާއި ޏ. ފުވައްމުލަކާއި، އދ. މަހިބަދޫ ގައި ގާއިމުކުރާ ޓާޝަރީ ހޮސްޕިޓަލްތަކުގެ ޑިޒައިނާއި ބީއޯކިޔު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށެވެ. މިކަމަށް އެދި އިއްޔެއިން ފެށިގެން ވަނީ ފުރުސަތު ހުޅުވާލައިފައެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 19ވަނަ ދުވަހުގެ 1:00އ...

އަޙްމަދު ވަހީދު
ކެންޑިޑޭޓެއްގެ އިންތިޚާބީ ޙައްޤަކަށް އުނިކަން އަތުވެދާނެ ކަމެއް ކޮށްގެންނުވާނެ: އީސީ

ކެންޑިޑޭޓެއްގެ އިންތިޚާބީ ޙައްޤަކަށް އުނިކަން އަތުވެދާނެ ކަމެއް ކޮށްގެންނުވާނެ: އީސީ

އެއްވެސް ކެންޑިޑޭޓެއްގެ އިންތިޚާބީ ޙައްޤަކަށް އުނިކަން އަތުވެދާނެ ކަމެއް ކޮށްގެންނުވާނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ. އީސީން މިހެން ބުނީ އެ ކޮމިޝަނުން އިއްޔެ އާންމުކޮށްފައިވާ ނޫސް ބަޔާނެއްގައެވެ. އީސީން ބުނީ އަންނަ ފެބްރުއަރީ 05 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަންސްތަކުގެ ކެމްޕޭން ޙަރަކާތްތައް އިންތިޚާބުތަކާބެހޭ ޤާނޫނުތަކާއި ޤަވާޢިދުގެ ތެރެއިން، ސުލޫކީ މިންގަނޑާ ޚިލާފު ނުވާ ގޮތުގެމަތިން ކުރިއަށް ގެންދިއުމަށް އިލްތިމާސް ކުރާ ކަމަށެވެ. ކެމްޕޭނު ޙަރަކާތ...

އަލީ އާދިލް
"ޒޯން 3،2،1 ލީގު، ދިވެހި ޕްރިމިއާ ލީގު 2023/2024 ކޮލިފިކޭޝަން"ގައި ބައިވެރިވާން ހުޅުވާލައިފި

"ޒޯން 3،2،1 ލީގު، ދިވެހި ޕްރިމިއާ ލީގު 2023/2024 ކޮލިފިކޭޝަން"ގައި ބައިވެރިވާން ހުޅުވާލައިފި

ފުޓްބޯލް އެސިސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އާ ލީގު ފޯމެޓްގެ ދަށުން ފެށުމަށް ހަމަޖެހިފައިވާ، ޒޯން 1، 2، 3 ލީގު، ދިވެހި ޕްރިމިއާ ލީގު 2023/2024 ކޮލިފިކޭޝަން”ގައި ބައިވެރިވާން ބޭނުންވާ ރަށްރަށުގެ ޓީމުތަކަށް އެ ފުރުސަތު ހުޅުވައިލައިފި އެވެ. އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް ސޮއިކޮށް، އެ އެސޯސިޝިއޭސަންގެ މެންބަރު ޒޯން 3،2،1 ގެ ކްލަބް/ޖަމިއްޔާތަކަށް އިއްޔެ ފޮނުވި ސާކިއުލާއެއްގައި ވާގޮތުން އެފްއޭއެމްގެ އާ ލީގު ފޯމެޓްގެ ދަށުން ފެށުމަށް ހަމަޖެހިފައިވާ، ޒޯން 1، […]

ހުސައިން ހަބީބް
"ކޯވިޑްގެ އާ ރާޅެއް، ޑެލްޓާއަށް ވުރެ އެތައް ގުނައެއް އޮމިކްރޯންގެ ކޭސްތައް އިތުރުވެދާނެ"

"ކޯވިޑްގެ އާ ރާޅެއް، ޑެލްޓާއަށް ވުރެ އެތައް ގުނައެއް އޮމިކްރޯންގެ ކޭސްތައް އިތުރުވެދާނެ"

ރާއްޖެއަށް ކޯވިޑް-19ގެ އާ ރާޅެއް އައިސްފައިވާއިރު ކުރިން ފެތުރެމުން ދިޔަ ޑެލްޓާ ވޭރިއަންޓަށްވުރެ، މިފަހަރު ފެތުރޭ އޮމިކްރޯން ވޭރިއަންޓްގެ ކޭސްތައް އެތައް ގުނައެއް އިތުރުވެގެންދާނެ ކަމަށް  ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ލަފާކުރައްވައިފިއެވެ. އެޗްއީއޯސީން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާޠިމަތު ނަޒްލާ ރަފީޤް ވަނީ ރާއްޖޭގައި ކޯވިޑްގެ ކޭސްތައް ގިނަވަމުންދާކަން ފާހަގަކުރައްވައި، އަދި ހާއްސަކޮށް މާލެ ސަރަހައްދުގައި ކޭސްތައް އ...

ޝިއުނާ އާދަމް
މަތިކޮމަންޑޫ ބިން ހިއްކުމާއި ކޮމަންޑޫ ގުޅާލުމުގެ ކޮންސެޕްޓް ހިއްސާކޮށްފި

މަތިކޮމަންޑޫ ބިން ހިއްކުމާއި ކޮމަންޑޫ ގުޅާލުމުގެ ކޮންސެޕްޓް ހިއްސާކޮށްފި

ށ. މަތިކޮމަންޑޫ ބިން ހިއްކުމާއި ކޮމަންޑޫ ގުޅާލުމުގެ ކޮންސެޕްޓް ރައްޔިތުންނާ ހިއްސާކުރުމުގެ ގޮތުން ކޮމަންޑޫ ކައުންސިލްގެ ފޭސްބުކް ޕޭޖްގައި އެ މަޝްރޫޢުގެ ކޮންސެޕްޓް ކުރެހުން އާންމުކޮށްފިއެވެ. އެ ކުރެހުން އާންމުކުރަށްވަމުން ކޮމަންޑޫ ކައުންސިލުން ވިދާޅުވީ، މަތިކޮމަންޑޫ ބިން ހިއްކުމާއި ކޮމަންޑޫ ގުޅާލުމުގެ ކޮންސެޕްޓް ރައްޔިތުންގެ މައުލޫމާތަށްޓަކައި ހިއްސާކުރަށްވާ ކަމަށެވެ. ޖެނުއަރީ 8 ވަނަ ދުވަހުގެ ރޭ ކޮމަންޑޫގައި ވާހަކަ ދައްކަވަމުން ކޮމަންޑުއާއި މަތިކޮމަންޑުއާ ގުޅާލުމުގެ މަސައްކަތް ކުރިއަށް އޮތް ހަފުތ...

ޔުމްނާ ޢަލީ
މާފުއްޓާއި، ކުޑަ ހުވަދޫން ވެސް އޮމިކްރޯން ކޭސްތައް ފެނިއްޖެ

މާފުއްޓާއި، ކުޑަ ހުވަދޫން ވެސް އޮމިކްރޯން ކޭސްތައް ފެނިއްޖެ

ވެރިރަށް މާލޭގެ އިތުރުން ކ. މާފުއްޓާއި އަދި ދ. ކުޑަހުވަދޫން ވެސް އޮމިކްރޯން ވޭރިއަންޓްގެ ކޭސްތައް ފެނިފައިވާކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ވިދާޅުވެއްޖެއެވެ. އެޗްއީއޯސީން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޝާހް މާހިރު ވިދާޅުވީ މާލޭގެ އިތުރުން ކ. މާފުއްޓާއ ކުޑަހުވަދޫން އޮމިކްރޯން ވޭރިއަންޓް ފެނިފައިވާކަމަށެވެ. މީގެއިތުރުން މި ވޭރިއަންޓްގެ 19 ކޭހެއް ފަތުރުވެރިންގެ ތެރެއިން ވެސް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވ...

ޔުމްނާ ޢަލީ