މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,431 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1466 ވަނަ ޞަފްޙާ

އޭސީސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

އޭސީސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ހުސްވެފައިވާ 5 މަގާމަށް މެމްބަރުންގެ ގޮތުގައި ކުރިމަތިލުމަށް ހުޅުވާލި ފުރުސަތަށް މުއްދަތު އިތުރު ކޮށްފިއެވެ. މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ކުރިން ހުޅުވާލާފައި ވަނީ މާދަމާގެ ނިޔަލަށެވެ. ނަމަވެސް ރައީސް އޮފީހުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި މުއްދަތު މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން އޭސީސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި ކުށާއި ދަރަނީގެ ރެކޯޑް ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވ...

އައިޝަތު ނަސާޔާ
ރައީސް ޞާލިޙް، ޔޫ.އޭ.އީ އަށް ފުރާވަޑައިގެންފި

ރައީސް ޞާލިޙް، ޔޫ.އޭ.އީ އަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެކުވެރި ޢަރަބި އިމާރާތް (ޔޫ.އޭ.އީ)ގެ ދުބާއީ އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. ރައީސް ޞާލިޙްގެ މި ދަތުރުފުޅަކީ އަބޫދާބީގެ ވަލީއަޙުދު އަދި ޔޫ.އޭ.އީގެ އާމްޑް ފޯސަސްގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ، ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި، އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް ހުޅުވުމުގެ ރަސްމިއްޔާތު އަދި ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑް ދެއްވުމުގެ ރަސްމިއްޔ...

ޔުމްނާ ޢަލީ
އެސްޓަން ވިލާއިން ޔުނައިޓެޑް މޮޅުވިޔަ ނުދީ ހިފަހައްޓައިފި

އެސްޓަން ވިލާއިން ޔުނައިޓެޑް މޮޅުވިޔަ ނުދީ ހިފަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އެސްޓަން ވިލާއާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. އެސްޓަން ވިލާގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރު ވެފައި ވަނީ 2-2 ގެ ނަތީޖާއަކުނނެވެ. ޔުނައިޓެޑުން މި މެޗަށް ނުކުމެފައި ވަނީ އަނިޔާގެ ސަބަބުން އެ ޓީމްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާއި ރަޝްފޯޑް ޓީމްގައި ނުހިމަނައެވެ. މި މެޗުގައި ފުރަތަމަ ދެ ލަނޑު ވެސް ޖަހާފައި ވަނީ ޔުނައިޓެޑުންނެވެ. މިގޮތުން މެޗުގެ 6 ވަނަ މިނެޓުގައި […]

އިބްރާހިމް ޚަލީލް
ލޯއެންފޯސްމަންޓް ޔުނީފޯމް ބޮޑީޒް ތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް އިމިގްރޭޝަނުން ކައުންޓަރެއް

ލޯއެންފޯސްމަންޓް ޔުނީފޯމް ބޮޑީޒް ތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް އިމިގްރޭޝަނުން ކައުންޓަރެއް

ލޯއެންފޯސްމަންޓް ޔުނީފޯމް ބޮޑީޒް ތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ޕާސްޕޯޓް ދޫކުރުމަށްޓަކައި ހާއްސަ ކައުންޓަރެއް މޯލްޑިވްސް އިމިގްރޭޝަންއިން ހަމަޖައްސަވައިފިއެވެ. އިމިގްރޭޝަން އިން މިއަދު ވިދާޅުވީ، ލޯއެންފޯސްމެންޓް ޔުނިފޯމް ބޮޑީޒްތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށް ޕާސްޕޯޓްގެ ޚިދުމަތް ދިނުމުގައި ލުއި ގޮތްތަކެއް ހަމަޖައްސާފައިވާ ކަމަށެވެ. އެ ދާއިރާތަކުގެ ޚިދުމަތްތެރިންނަކީ، ޑިއުޓީ ގަޑީގައި ރައްޔިތުންނާއި ގުޅުންހުރި ނާޒުކު މުހިންމު މަސައްކަތްތަކެއް ކުރެއްވުމުގައި އަވަދިނެތި އުޅުއް...

އައިޝަތު ނަސާޔާ
ފިނޭ އަންހެނުން ކޮމެޓީން ކަސްރަތު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ފިނޭ އަންހެނުން ކޮމެޓީން ކަސްރަތު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ހދ. ފިނޭ ކަނބަލުންނަށް ހާއްސަކޮށް އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ކަސްރަތު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އެކޮމިޓީގެ ނައިބު ރައީސް ޝަކީބާ އަލީ ވިދާޅުވީ މި ޕްރޮގްރާމަކީ “ހަށިހެޔޮ ދުޅަހެޔޮ” ހަރަކާތުގެ ތެރެއިން 30 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެއް ކަމަށެވެ. ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހުއެވެ. ގާތްގަނޑަކަށް 60 ބައިވެރިންނާއި އެކު ފަށާފައިވާ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވ...

އައިޝަތު ނަސާޔާ
ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ސިޓީއަށް 13 ޕޮއިންޓްގެ ލީޑެއް

ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ސިޓީއަށް 13 ޕޮއިންޓްގެ ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް މެންޗެސްޓާ ސިޓީއާއި ދެވަނާގައި އޮތް ޗެލްސީ ބައްދަލުކުރި މެޗު ސިޓީން ކާމިޔާބު ކޮށްފިއެވެ. ހޮނިހިރު ދުވަހުގެ ހަވީރު ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. ސިޓީން ވަނީ މުޅި މެޗު ކޮންޓްރޯލްކޮށް ގިނަ ހަމަލާތަކެއް ޗެލްސީގެ ގޯލަށް ފޮނުވާލާފައެވެ. ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ މާ އެދެވޭ ފުރުޞަތެއް ޗެލްސީއަށް ތަނަވަސް ކުރެވިފައިނުވާއިރު، ސިޓީގެ ޖެކް […]

އިބްރާހިމް ޚަލީލް
ޑައިވިންއަށް ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދަނީ

ޑައިވިންއަށް ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދަނީ

ޑައިވިނަށް ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް، ދިވެހި ސިފައިން ފަށައިފިއެވެ. ގެއްލިގެން ހޯދަމުން ދަނީ އދ. މަންދޫ ކައިރި ފަރަކަށް ޑައިވުކުރަންދިޔަ “ގޮމަ” ނަމަކަށް ކިޔާ ދޯނިން ޑައިވިނަށް ފޭބި ފަތުރުވެރިންތަކެއްގެ ތެރެއިން ފަތުރުވެރިއެކެވެ. އެމްއެންޑީއެފުން ވިދާޅުވީ، ގެއްލުނު ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން މިހާރު ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މި ފަތުރުވެރިޔާ ގެއްލުނުކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ...

ޔުމްނާ ޢަލީ
ކެލާގެ ހިތްގައިމު ކަނޑޫފަލުގައި ތަރައްޤީކުރި "ކެލަވަކި ބަގީޗާ" ހުޅުވައިފި

ކެލާގެ ހިތްގައިމު ކަނޑޫފަލުގައި ތަރައްޤީކުރި "ކެލަވަކި ބަގީޗާ" ހުޅުވައިފި

ހއ. ކެލާގެ ހިތްގައިމު ކަނޑޫފަލުގައި ތަރައްޤީކުރި “ކެލަވަކި ބަގީޗާ” ހުޅުވައިފި އެވެ. މި ޕްރޮގްރާމަކީ ޔުނައިޓެޑް ނޭޝަންސް ޑިވޮލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އިން ހިންގާ ގްލޯބަލް އެންވައިރަމެންޓް ފެސިލިޓީ، ސްމޯލް ގްރާންޓް ޕްރޮގްރާމުގެ ދަށުން ކެލާ ޔޫތު ފޯރަމުން ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. ކެލާ ޔޫތް ފޯރަމް އިން މައުލޫމާތު ދީފައިވާ މިޕްރޮގްރާމް ނިންމާ “ކެލަވަކި ބަގީޗާ” ގެ ނަމުގައި އިއްޔެ ވަނީ އެ ސަރަހައްދު ރަސްމީކޮށް ހުލުވާލާފައެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ސަރަޙައްދު ހުޅުވަ...

އައިޝަތު ނަސާޔާ
ނޮޅިވަރަމް ސްކޫލުގެ މަލްޓި ޕާޕަސް ހޯލު އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ނޮޅިވަރަމް ސްކޫލުގެ މަލްޓި ޕާޕަސް ހޯލު އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ނޮޅިވަރަމް ސްކޫލުގެ މަލްޓި ޕާޕަސް ހޯލު އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސުން އިޢުލާން ކޮށްފިއެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ މަތިން ނޮޅިވަރަމް ސްކޫލުގެ މަލްޓި ޕާޕަސް ހޯލު އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން ފުރަތަމަ އިޢުލާން ކޮށްފައި ވަނީ 01 ޑިސެމްބަރ 2021 ގައެވެ. ނަމަވެސް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ މިނިސްޓްރީން ވަނީ މި މަސައްކަތަށް ކޮށްދިނުމަށް އެދި ބީލަން ހުށަހެޅުމުގެ […]

އިބްރާހިމް ޚަލީލް
ކެމްޕެއިންއަށް ނައިބު ރައީސް ކޮމަންޑޫ ދާއިރާއަށް

ކެމްޕެއިންއަށް ނައިބު ރައީސް ކޮމަންޑޫ ދާއިރާއަށް

އަންނަ ފެބުރުވަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީއިން ވާދަކުރާ މުޙައްމަދު ރާޝިދުގެ ކެމްޕެއިންގައި ބައިވެރިވެލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ށ. ފޯކައިދޫއަށް ވަޑައިގެންފިއެވެ. އެމަނިކުފާނުގެ އިތުރުން މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ސަރުކާރުގެ އިސްބޭފުޅުން ވަނީ ބައިވެރިވެލައްވާފައެވެ. އެގޮތުން މި ކެމްޕެއިނުގެ ދަށުން މިއަދު ށ. ފޯކައިދޫގެ ރައްޔިތުންނާއި ބައްދަލު ކުރައްވާފައިވާއިރު އެ...

އައިޝަތު ނަސާޔާ
ފްރެއިބާގް އަތުން ޑޯޓްމަންޑަށް ފަސޭހަ މޮޅެއް

ފްރެއިބާގް އަތުން ޑޯޓްމަންޑަށް ފަސޭހަ މޮޅެއް

ޖަރުމަނު ލީގުގައި ހުކުރު ދުވަހުގެ ރޭ ބްރޫޝިއާ ޑޯޓްމަންޑާއި ފްރެއިބާގް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ޑޯޓްމަންޑުން ކާމިޔާބު ކޮށްފިއެވެ. ޑޯޓްމަންޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ޑޯޓްމަންޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ފުރަތަމަ ހާފު ވެސް ނިންމާލާފައި ވަނީ ތިން ލަނޑުގެ ލީޑަކާއި އެކުގައެވެ. ފުރަތަމަ ލަނޑު 14 ވަނަ މިނެޓުގައި ތޯމަސް މޮނިއޭ […]

އިބްރާހިމް ޚަލީލް
ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ފޮނުވި ސިޓީއެއް 76 އަހަރު ފަހުން ރައްދުކޮށްފި

ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ފޮނުވި ސިޓީއެއް 76 އަހަރު ފަހުން ރައްދުކޮށްފި

ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އެމެރިކާގެ ސިފައިންގެ މީހަކު އާއިލާއަށް ފޮނުވާފައިވާ ސިޓީއެއް 76 އަހަރު ފަހުން އާއިލައަށް ލިބިއްޖެއެވެ. 1945 ވަނަ އަހަރު ލިޔެ މެއިލްކޮށްފައިވާ މި ސިޓީ އާއިލާއަށް ލިބިފައިވަނީ ފާއިތުވި 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. މީގެ 7 އަހަރު ކުރިން މަރުވެފައިވާ އެސިފައިންގެ މީހާގެ އަންހެނުންނާއި ހަވާލާދީ ބައިނައްލަޤްވާމީ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި މިއީ 1945 ވަނަ އަހަރު އޭނާގެ ފިރިމީހާ ސާޖަންޓް ޖޯން ގޮންސަލްވްސް ޖަރުމަނުގައި ހުރެގެން އޭނާގެ […]

އަޒްފާ ރަޝީދު
2021 ހޫނު ގަދަ އަހަރެއް، ދުނިޔޭގެ އެކި ހިސާބުތަކުން ރެކޯޑު މުގުރާލި

2021 ހޫނު ގަދަ އަހަރެއް، ދުނިޔޭގެ އެކި ހިސާބުތަކުން ރެކޯޑު މުގުރާލި

މިހާތަނަށް ހަވަނައަށް އެންމެ ހޫނު ގަދަވީ މިދިޔަ އަހަރު ކަމަށް ނާސާގެ ރިޕޯޓުތަކުން ދައްކައިފިއެވެ. ނޭޝަނަލް އޯޝޭނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (އެންއޯއޭއޭ) އާ ގުޅިގެން ނާސާއިން ހެދި މި ދިރާސާއިން ދައްކާގޮތުގައި 20 ވަނަ ގަރުނުގެ އެވްރެޖަށްވުރެ 0.84 ޑިގްރީ ސެލްޝިއަސްއަށްވުރެ ހޫނުމިން މަތިވިއެވެ. އަދި ނާސާގެ އެވްރެޖް ބޭސްލައިނަށްވުރެ 0.85 ޑިގްރީ ސެލްޝިއަސްއަށް ވަނީ އިތުރުވެފައެވެ. ނާސާއިން ބުނި ގޮތުގައި ދުނިޔޭގެ އިންޑަސްޓްރިއަލް ރިވޮލިއުޝަން ފެށުނުއިރަށްވުރެ މިދިޔަ އަހަރު ހޫނުމިން 1.1...

އަޙްމަދު ވަހީދު
ކޮމަންޑޫ ފުޓްބޯޅަ ދަނޑު ހެދުމުގެ މަސައްކަތް އިފްތިތާހު ކޮށްފި

ކޮމަންޑޫ ފުޓްބޯޅަ ދަނޑު ހެދުމުގެ މަސައްކަތް އިފްތިތާހު ކޮށްފި

ށ. ކޮމަންޑޫ ފުޓްބޯޅަ ދަނޑު ހެދުމުގެ މަސައްކަތް އިފްތިތާހު ކޮށްފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ނަޝްރޫއު އިފްތިތާހުކޮށްދެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ. މި ރަސްމިއްޔާތުގައި، ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ސިނާން އާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މި މަސައްކަތް ކޮށްދެނީ އިޖުތިމާއީ ޒިންމާގެ ދަށުންނެވެ. His Exellency @AhmedMahloof, Minister of Youth, Sports and...

އަޙްމަދު ވަހީދު
އަނެއްކާވެސް އެމްޓީސީސީގެ "އެކުވެރި މުވައްޒަފުންނަށް" ތައުރީފު!

އަނެއްކާވެސް އެމްޓީސީސީގެ "އެކުވެރި މުވައްޒަފުންނަށް" ތައުރީފު!

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ދުއްވާ ބަސްތަކުގެ މުވައްޒަފުންގެ ރަނގަޅު ވާހަކައާއި ހިތްހެޔޮ ވާހަކައަކީ ފަހަކަށް އައިސް ވަރަށް ގިނައިން އިވޭ އަޑުތަކެކެވެ. އިއްޔެ އަނެއްކާވެސް ސޯޝަލް މީޑިއާއިން މިފަދަ ހާދިސާއެއް މިވަނީ އާންމުފަރުދަކު މީސްމީޑިޔާގައި ހިއްސާކޮށްފަ އެވެ. ބަހުގެ މުވައްޒަފަކު ހާއްސައެހީއަށް ބޭނުންވާ ކުއްޖަކު ބަހުން ބޭލުމުގައި އެހީވާ މަންޒަރު ފެންނަ ފޮޓޯތަކެއް ހިއްސާކުރަމުން އެމީހާ ބުނީ ބަހުގައި ދަތުރު ކުރާ ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކާމެދު...

އަޙްމަދު ވަހީދު
ކިޔެވުން ފަށާއިރު ސްކޫލުތަކުން ސަމާލުކަން ދޭންވީ ކަންކަން އާއްމުކޮށްފި

ކިޔެވުން ފަށާއިރު ސްކޫލުތަކުން ސަމާލުކަން ދޭންވީ ކަންކަން އާއްމުކޮށްފި

ސްކޫލް ބަންދަށްފަހު ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށުމަށް ސްކޫލްތައް ހުޅުވާލާއިރު މާލޭގެ ސްކޫލްތަކުގައި ސަމާލުކަން ދޭންވީ ކަންކަން އެޑިއުކޭޝަން މިނިސްޓްރީން އާއްމުކޮށްފި އެވެ. އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އަނެއްކާވެސް ރާއްޖޭގައި ކޮވިޑް ވައިރަސް ހަލުވިކަމާއެކު ފެތުރެމުން ދާތީ، ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގަމުން ދާ ކަމަަށެވެ...

އަލީ އާދިލް
ވެކްސިން ފުރިހަމަ ކުރާ ގައުމުތަކުގެ ލިސްޓުގެ 40 ވަނައިގައި ރާއްޖެ

ވެކްސިން ފުރިހަމަ ކުރާ ގައުމުތަކުގެ ލިސްޓުގެ 40 ވަނައިގައި ރާއްޖެ

ވެކްސިން ފުރިހަމަ ކުރަމުން އަންނަ ގައުމުތަކުގެ ލިސްޓުގައި ދިވެހިރާއްޖެ އޮތީ 69.34 އިންސައްތައާއި އެކު ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކަށް ވުރެ ކުރީގައިކަމަށް ރެކޯޑުތަކުން ދައްކައިފިއެވެ. އެމެރިކާގެ ޖޯންސް ޔުނިވާސިޓީއިން ކޮށްފައިވާ ދިރާސާއަކަށް ބަލާއިރު، ދުނިޔޭގެ ވެކްސިން ފުރިހަމަ ކުރަމުން އަންނަ ގައުމުތަކުގެ ލިސްޓުގައި މުއްސަނދި އަދި ފަގީރު އެތައް ގައުމުތަކެއް ހުރި އިރު، ދިވެހިރާއްޖެ އޮތީ ކުރިއަރާފައިވާ އެތައް ގައުމަކަށް ވުރެން ކުރިން ލިސްޓުގެ 40 ވަނައިގަ އެވެ. ރާއްޖެއަށް ވުރެން ދަށުގައި އެމެރި...

އަޒްފާ ރަޝީދު
ދެ ކޮމަންޑޫ ގުޅާލުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި

ދެ ކޮމަންޑޫ ގުޅާލުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި

ށ. ކޮމަންޑޫއާއި އެ ރަށް ކައިރީ އޮންނަ މަތިކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ފަށައިފި އެވެ. ކޮމަންޑޫގައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ. މިރަސްމިއްޔާތުގައި ދަޢުލަތުގެ ވަޒީރުންނާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް އާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ސައީދު ގެ އިތުރުން ށ. އަތޮޅުގެ ރައީސް މުޙައްމަދު ޝިޔާމް ބައިވެރ...

އަލީ އާދިލް