ހއ. ފިއްލަދޫ ސުޕޯރޓްސް އެކެޑެމީގެ ފުޓުބޯޅަ ޓީމާއި ހއ. ދިއްދޫ އެކަޑެމީގެ ފުޓުބޯޅަ ޓީމާ މެދު އެކުވެރިކަމުގެ ފުޓުބޯޅަ މެޗު ތަކެއް ކުޅެފިއެވެ. ފިއްލަދޫ ސްޕޯޓްސް އެކެޑެމީއިން މައުލޫމާތު ދީފައިވާ ގޮތުގައި މިމެޗްތައް ކުޅެފައިވަނީ އިއްޔެ ހަވީރު ދިއްދޫ ފުޓްބޯޅަ ދަނޑުގައެވެ. އެގޮތުގައި އިއްޔެގެ މެޗްތައް ހާއްސަކޮށްފައިވަނީ 14 އަހަރުން ދަށުގެ ޓީމްތަކަށާއި 11 އަހަރުން ދަށުގެ ޓީމްތަކަަށެވެ. 14 އަހަރުން ދަށުގެ ޓީމުގެ މެޗް 3 ގޯލު ޖަހައިގެން ކާމިޔާބު ކުރީ ދިއްދޫޓީމެވެ. އަދި 11 […]
އައިޝަތު ނަސާޔާ
ހދ. ނެއްލައިދޫ މޮނިޓަރިން އަށް ލުމާއި ގުޅިގެން އެރަށުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފިއެވެ. އެރަށު ކައުންސިލުން މައުލޫމާތު ދީފައިވާ ގޮޮތުގައި ރަށް މޮނިޓަރިން އަށް ލެވިފައި މިވަނީ މިމަހުގެ 4 ވީ އަންގާރަ ދުވަހު އެރަށު ސިއްޙީ މަރުކަޒަށް ޑޮކްޓަރަށް ދެއްކި ފަރާތެއްގެ ފުލޫ ސާމްޕަލް ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ. އެގޮތުން މިހާރު ވަނީ އެރަށުގައި ކޯވިޑް އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފައެވެ. އެގެ ތެރޭގައި ހިމެނެނީ: ރޭގަނޑު […]
އައިޝަތު ނަސާޔާ
ގދ.ތިނަދޫ އިންޑަސްޓްރިއަލް ޒޯނުން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލު ކޮށްފިއެވެ. މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް އަހުމަދު ތޮލްހަތުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. މި މަޝްރޫއުގެދަށުން 219،595 އަކަ މީޓަރުގެ ސަަރަހައްދެއް ހިއްކާނެއެވެ. އަދި، 1336 މީޓަރު ރިވެޓްމަންޓް ޖަ...
އަޙްމަދު ވަހީދު
ދިވެހިރާއްޖެއަށް 968.19 މިލިއަން ރުފިޔާގެ ހިލޭ އެހީ ހިމެނޭހެން ޖުމްލަ ފަސް އެއްބަސްވުމެއްގައި ރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުންތަކުގައި ސޮއިކުރީ ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި ފޮރިން މިނިސްޓަރު ވަންގް ޔީ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިހާރު ރާއްޖެ ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ އާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދ...
ޙުސައިން ޝަހުދީ
ކޯވިޑް-19އާ ގުޅިގެން ޗައިނާއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލުމުން ދިވެހިންނަށް ޗައިނާއަށް ދިޔުމުން 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އެއްބަސްވުމުގައި ސޮއިކުރީ ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި ފޮރިން މިނިސްޓަރު ވަންގް ޔީ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. ފޮރިން މިނިސްޓްރީން ވިދާޅުވީ، ވިސާއަށް ލުއި ދިނުމުގެ އެއްބަސްވުމުގެ ދަށުން ޗައިނާއަށް ދަތުރުކުރާ ދިވެހިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ...
ޝިއުނާ އާދަމް
ށ. ފުނަދޫގައި ގާއިމް ކޮށްފައިވާ ށ. އަމާންވެށީގެ އަހަރީ ދުވަހާއި ގުޅިގެން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން މައުލޫމާތު ދީފައިވާ ގޮތުގައި ށ. އަމާންވެށީގެ އަހަރީ ދުވަސް ކަމަށްވާ މި މަހުގެ 6 ވަނަ ވީ ބުރާސްފަތި ދުވަސް ފެށިގެން ދިޔައީ އެތަނުގެ ކުދީންނާއިއެކު ފަތިސްނަމާދުންނެވެ. އަދި ނަމާދަށްފަހު ޤުރުއާން ހަތިމު ކުރުން ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން އެދުވަސް ފާހަގަ ކުރުމުގެ ގޮތުން އެކުދިން […]
އައިޝަތު ނަސާޔާ
ހދ. ކުޑަމުރައިދޫއަށް ދަތުރު ދިޔަ ބަޔަކު ދަތުރުކުރި ދޯންޏެއްގެ އިންޖީނު ހުއްޓިއްގެން އެމްއެންޑީއެފުން އެހީތެރިވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ، ކުޑަމުރައިދޫއަށް ދަތުރުދިޔަ ބަޔަކު ދަތުރުކުރި ދޯންޏެއްގެ އިންޖީނު ހުއްޓުމާއި ގުޅިގެން އެ އިދާރާގެ ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެ ދޯންޏަކީ “ފެމެލީ” ކިޔާ ދޯންޏެކެވެ. އެ ދޯނި އިންޖީނު ހުއްޓުނީ ކުޑަމުރައިދޫއިން ފުރައިގެން ކުޅުދުއްފުށީ ސިޓީއަށް ދަތުރުކުރި މަގުމަތީގައި ކަމަށް އެމްއެންއެންޑީއެފުން ވިދާޅުވެ...
ޔުމްނާ ޢަލީ
ހއ. މުރައިދޫ ކައުންސިލުން އެރަށު ކަނބަލުންނަށް ޚާއްޞަކޮށް ބާއްވާ 7 ވަނަ ވޮލީ މުބާރާތް އިއްޔެ ފަށައިފިއެވެ. އެ ކައުންސިލުން މައުލޫމާތު ދީފައިވާ މި މުބާރާތަކީ 8 ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މުބާރާތެކެވެ. 4 ޓީމަކުން ބައިވެރިވެގެން ކުރިއަށްދާ މި މުބާރާތުގެ އިއްޔެ ކުރިއަށް ދިޔަ މެޗްގައި ބައްދަލުކޮށްފައި ވަނީ ޖީނިޔަސް އާއި ވައިލްޑްވިންގް އެވެ. މި މެޗު 3 ސެޓު 1 ސެޓުން ކާމިޔާބު ކޮށްފައިވަނީ ޖީނިޔަސް އެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް […]
އައިޝަތު ނަސާޔާ
އަޕަރ ނޯތް ޕޮލިސް ރީޖަން ( ހއ، ހދ ، ށ) ގައި ހިމެނޭ ރަށަކުން ފިރިހެން ކުއްޖަކާއި މެދު އިހުމާލުވީ މައްސަލައެއް ފެންމަތިވެއްޖެއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ރޭގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ މި މައްސަލާގައި އިހުމާލު ވެފައިވަނީ އުމުރުން 10 އަހަރުގެ ފިރިހެން ކުއްޖަކަށެވެ. މި މައްސަލައާއި ގުޅިގެން ބަލަން ޖެހޭ އިތުރު ކަންތައްތައް ފުލުހުން ދަނީ ބަލަމުންނެވެ. ފުލުހުން އިތުރަށް ބުނެފައިވަނީ ކުޑަކުދިންނާއި ގުޅޭ މައްސަލަ ތަކަކީ ސީރިއަސް މައްސަލަ ތަކަކަށް […]
އައިޝަތު ނަސާޔާ
ށ. ކޮމަންޑޫގައި އަލަށް އިމާރާތް ކުރި އިންޖީނުގެ ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ. މިއާއެކު އެ ރަށުގެ ރައްޔިތުންނަށް 32 އަހަރަށްފަހު ހިތް ފަސޭހަކަން ލިބުނީއެވެ. މިއީ އެ ރަށުގެ ރައްޔިތުންގެ އެތައް އަހަރެއްވަންދެން އެދެމުން އައި ކަމެކެވެ. އާ އިންޖީނުގެއިން ހިދުމަތް ދޭން ފެށުމާއެކު ރަށޔ ތެރޭގޤި ހުރި ބާ އިންޖީނުގެ ވަނީ ނިއްވާލާފައެވެ. އެކަމަށް އިއްޔެ ބޭއް ރަސްމިއްޔާތުގައި އިންޖީނުގެ ނިއްވާލަދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ. Sh. Komandoo 32 aharu vee […]
އަޙްމަދު ވަހީދު
ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަސައްކަތުގެ 50 އިންސައްތަ މިހާތަނަށް ވަނީ ނިމިފައެވެ. އަދި ސަބްބޭސް މަސައްކަތްތައް 4 ޖެނުއަރީ ގައި ވަނީ ފަށާފައެވެ. މި މަޝްރޫޢުގެ ދަށުން، 17790 އަކަ މީޓަރުގެ ދިގުމިނުގެ 9 މަގެއްގެ މަސައްކަތް ކުރާނެއެވެ. އަދި 6923 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް […]
އަޙްމަދު ވަހީދު
ޕީއެމްއާއި ޕީއެންސީން އިއްޔެ ބޭއްވި “އިންޑިއާ އައުޓް” ހަރަކާތުގެ ތެރެއިން، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ހައްޔަރުކުރި 29 މީހުންގެ ތެރެއިން 2 މީހަކު ފިޔަވައި އެންމެން ދޫކޮށްލައިފިއެވެ. ރާއްޖޭގައި ތިބި ކަމަށް ބުނާ، އަވަށްޓެރި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅުން އިސްވެ އަންނަނީ ސިލްސިލާ ހަރަކާތްތަކެއް ހިންގަމުންނެވެ. މިހާރު މުޅި ރާއްޖެއަށް ވެސް ފުޅާކޮށްފައިވާ މި ހަރަކާތުގެ އެއްވުންތައް ވެރިރަށް މާލޭގައި ވެސް ދަނީ ބާއްވަމުންނެވެ. މިގޮތުން އިއްޔެ ހަވީރު ވެސް [...
އަލީ އާދިލް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ވީއައިޕީ/ސީއައިޕީ ޓާމިނަލް ބޭނުން ކުރަން ފަށައިފިއެވެ. މި ޓާމިނަލް ބޭނުން ކުރަން ފެށީ އިއްޔެ ހެނދުނު 6:00 އިން ފެށިގެންނެވެ. މި ޓާމިނަލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގަދަން ފެށި ޓަމިނަލެކެވެ. އެ ޓާމިނަލުން އެއްފަހަރާ 95 މީހުންނަށް ހިދުމަތް ދެވޭނެ ކަމަށް ވީއައިއޭ ހިންގާ އެމްއޭސީއެލް އިން ބުނެއެވެ. އެގޮތުން މި ޓާމިނަލުގައި ހަތަރުބުރި ހުންނައިރު އެންމެ ތިރީ ބުރިން ހިދުމަތް ދޭނީ ވީވީއައިޕީ ނުވަތަ ގައުމުގެ […]
އަޙްމަދު ވަހީދު
އެޑިޔުކޭޝަނަލް ލީޑާސް އެސޯޝިއޭޝަން އޮފް މޯލްޑިވްސް (އީލާމް) ގެ ރައީސަކަށް ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ތޯހާ ސަލީމް އިންތިޙާބު ކޮށްފިއެވެ. އީލާމް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުން މި މަގާމަށް ތޯހާ އިންތިޙާބު ކޮށްފައި މިވަނީ ކުރިއަށް އޮތް ދައުރުގެ ހިންގާ ކޮމިޓީއަށް މެންބަރުން އިންތިޚާބު ކުރުމަށް ބުދަދުވަހުގެ ރޭ ބޭއްވި އީލާމްގެ އާންމު ޖަލްސާގައެވެ. އެގޮތުން 2022 އިން 2024 އަށް އީލާމްގެ ރައީސްގެ މަޤާމަށް ތޯހާ ހޮވިފައި ވާއިރު […]
އައިޝަތު ނަސާޔާ
ށ. ކޮމަންޑުއާއި މަތިކޮމަންޑުއާ ގުޅާލުމުގެ މަސައްކަތް ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް، އިބްރާހިމް ރާޝިދު (ރާޑޯ)ގެ ކެމްޕެއިން ލޯންޗުކުރުމަށް ރޭ ބޭއްވި ޖަލްސާގައެވެ. ރައީސް ކޮމަންޑޫއަށް ވަޑައިގަތީ އިއްޔެއެވެ. މި ޖަލްސާގައި ރައީސްގެ އިތުރުން ކުރީގެ ރައީސް ރައީސް ނަޝީދާއި އެމްޑީޕީގެ އިސްވެރިން ބައިވެރިވެވަޑައިގެންވިއެވެ. ރައީސް...
އަޙްމަދު ވަހީދު
ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ށ. ކޮމަންޑޫއަށް މިއަދު ވަޑައިގަންނަވައިފިއެވެ. ރައީސް ޞާލިޙަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އަދި ވެރިކަންކުރާ ކޯލިޝަންގެ މައިޕާޓީގެ އެންމެ އިސް ލީޑަރެވެ. އެމްޑީޕީން މިއަދު ބުނީ މިއީ އެ ޕާޓީގެ ފަރާތުން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދުގެ ކެމްޕެއިން ލޯންޗިން ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވަން ރައީސް ޞާލިޙް ކުރަށްވާ ދަތުރުފުޅެއް ކަމަށެވެ. އެ ޖަލްސާ އޮންނާނީ މިރޭ ކޮމަންޑޫގައެވެ. އެ އިންތިޚާބުގައި ވާދަކ...
އަލީ އާދިލް
ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި ފޮރިން މިނިސްޓަރު ވަންގް ޔީ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފި އެވެ. ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ، ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އޭނާއަށް މަރުޙަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރ އަދި އދ.ގެ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުއެވެ. ޝާހިދުގެ އަރިހުގައި ޗައިނާގެ ފޮރިން މިނިސްޓަރަށް މަރުޙަބާ ދެންނެވުމަށް ރާއްޖެގެ ފޮރިން މިނިސްޓްރީގެ އިސްވެރިންވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. ޗައިނާގެ ފޮރިން މިނ...
ޔުމްނާ ޢަލީ
ށ. ފީވަކުގެ ޖަމިއްޔާއެއް ކަމަށްވާ އެރަށު ޒުވާނުންގެ ގުޅުމުން އިންތިޒާމްކޮށްގެން ބޭއްވި “ބަލްމާ ފުޓްސަލް ޗެލެންޖް 2021” ގެ ޗެމްޕިއަންކަން ހަކުރު އެފްސީން ހޯދައިފިއެވެ. ފީވަކުގެ “ހަކުރު” ޢާއިލާއަށް ނިސްބަތްވާ، ހަކުރު އެފްސީން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އިއްޔެ ހަވީރު ފީވަކު ފުޓްސަލް ދަނޑުގައި ކުޅެވުނު ފައިނަލް މެޗްގައި، 0 – 4 އިން ކްލަބް ފުއްޓަރު ބަލިކޮށްގެންނެވެ. ހަކުރު އެފްސީގެ ގޯލްތައް ކާމިޔާބު ކޮށްދިނީ އަޙްމަދު ނިހާން އަދި ހުސެއިން އާދިލް އެވެ. ނިހާން […]
ޙުސައިން ޝަހުދީ