އަމީނީ މަގު ދަރުބާރުގެ ހުންނަ ސަރަހައްދުގެ ގެތަކުން މިއަދު ފެން ކެނޑޭނެ ކަމަށް އެންޑަބްލިއުއެސްސީން ބުނެފިއެވެ.

އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ ފެން ކެނޑޭނީ މާލެ ވޯޓާ ނެޓްވޯކުގެ އިމަޖެންސީ މަސައްކަތެއް ކުރަމުންދާތީ ކަމަށެވެ. ނަމަވެސް ފެން ކެނޑޭނެ ވަގުތެއް ހާމަ ކޮށްފައި ނުވެއެވެ.

Ad
rt

އެމްޑަބްލިއުއެސްސީން ވަނީ ފެން ކެނޑުމުން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.

އަދި މަސައްކަތް ވީހާވެސް އަވަހަށް ނިންމައި އަލުން ހިދުމަތް ދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.