ގުދުރަތީ އެތައް ކަމެއްގެ ސަބަބުން އިންސާނުން ހައިރާން ކޮށްލައެވެ. މީގެ ތެރެއިން ދާދި ފަހުން ގިނަ އަދަދެއްގެ ސައިންސްވެރިން ހައިރާން ކޮށްލި ކަމަކީ ތަރިއެއް ފަޅައިގެން ދިޔަ މަންޒަރު ފެނުމެވެ.
މިއީ މިގޮތަށް ތަރިއެއް ފަޅައިގެންދާ މަންޒަރު ސައިންސުވެރިންނަށް ފެނުނު ފުރަތަމަ ފަހަރެވެ. މިއީ ޔުނިވާސިޓީ އޮފް ކެލިފޯނިއާގެ އެސްޓްރޯނަމަރުންތަކެއް ހެދި ދިރާސާތަކުގެ ނަތީޖާއެކެވެ.
ތަރިތައް ފަޅައިގެންދަނީ އެ ވަކި ވަރަކަށްވުރެ ބޮޑުވުމުން ކަމަށް ދިރާސާތަކުން ދައްކައެވެ. އެގޮތުން “ބެޓެލްގޫސް” ނަމަކަށް ކިޔާ ތަރިއަކީ މިހާތަނަށް ފެނުނު އެންމެ ބޮޑު ތަރިއަށްވާއިރު އެންމެ އަވަހަށް ފަޅައިގެންދާނީ އެ ތަރިކަމަށް ބެލެވުނެވެ. ނަމަވެސް ފަޅައިގެން ދިޔައީ އެހެން ތަރިއެކެވެ.
ފަޅައިގެން ދިޔަ ތަރި ފެނިފައިވަނީ ދުނިޔެއާ 120 މިލިއަން ލައިޓް އަހަރު ދުރުންނެވެ. މި ތަރި ފަޅައިގެންދާނެ ކަމަށް ބެލެވޭތީ އެސްޓްރޯނަމަރުން އައީ ޓެލެސްކޯޕެއްގެ އެހީގައި ތަރީގެ ކަންކަން 130 ދުވަސް ވަންދެން ބަލަމުންނެވެ.
މި ތަރި ފަޅައިގެން ގޮސްފައިވަނީ 2020 ވަނަ އަހަރުއެވެ. އެ ތަރި ފަޅައިގެން ދިޔަ މަންޒަރު ބަލަން ތިބި އެސްޓްރޯނަމަރުން މަންޒަރު ސިފަ ކުރަނީ ބޮމެއް ގޮވާ ހެންނެވެ. އެގޮތުން ތަރި ފަޅައިގެން ދިޔައީ އިރަށް ވުރެ ބޮޑުވިފަހުން ކަމަށާއި އޭގެ ވަށައިގެން އެއްޗެއް ހުރި ކަމަށްވެސް ބުނެއެވެ. ތަރިއެއް ފަޅައިގެން ގޮސް ދެން އުފެދެނީ ސުޕަރ ނޯވާރ އެކެވެ. މިތަރި ގޮވައިގެން އުފެދުނު ުޕަރނޯވާރ އަށް ދީފައިވާ ނަމަކީ "ސުޕަރނޯވާރ2020ޓީއެލްއެފް" އެވެ.
މިތަރި ގޮވި މަންޒަރު ދައްކުވައިދޭ އެނިމޭޝަންތަކެއް ވަނީ ހިއްސާ ކޮއްފަ އެވެ.
މި ކަމާ ގުޅޭ ދިރާސާ ރިޕޯޓެއް މިހާރު ވަނީ ޕަބްލިޝްކޮށްފައެވެ. ގިނަ އަދަދެއްގެ ސައިންސްވެރިން އަދިވެސް ދަނީ ޖައްވީ ކަންކަމާ ގުޅޭ ދިރާސާތައް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!