މަކުނުދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ރާއީއަށް މަރުގެ އިންޒާރު ދީފިއެވެ.
މެންބަރު ރާއީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގުންޑާއިން ފޮނުވައިގެން އިންޒާރު ދީ މަރާލަން ބުނި ނަމަވެސް ބިރު ނުގަންނަ ކަމަށެވެ.
"ފުރާނަ ހިއްޕަވަނީ މާތް ﷲ، އެމް ޑީން، ނެއް ނޫން"
ރާއީ ކުރެއްވި ޓުވިޓެއްގައި ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރާޢީ އަށް މަރުގެ އިންޒާރު ދިނީ މިރޭ 9:30 ހާއިރު ރަސްފަންނު ސަރަހައްދުގައި ހުންނަވަނިކޮށް ސައިކަލެއްގައި އެތަނަށް ދިޔަ ދެމީހެކެވެ.
"އެމްޑީންނަށް ބިރުދައްކާނަމަ ކޮށާލާނަން، ބަލައިގެން އުޅޭތި"
މިފަދަ އިންޒާރު އެމީހުން ދިން ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
ރާއީއަށް މަރުގެ އިންޒާރު ދީފައިވާއިރު ބައެއް ކުންފުނިތަކުގެ އެމްޑީންނާއި މެދު ހިތްހަމަ ނުޖެހުން ފާޅުކޮށް ޓުވީޓުތަކެއް މިދެތިންދުވަހުވަނީ ކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!