މާލެ ސިޓީގައި ހިނގާފައިވާ ވައްކަމުގެ ދެ މައްސަލައަކާއި ގުޅިގެން ތިން މީހަކު ހޯދުމަށް އާންމުގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެއެވެ.
މިގޮތުން ފުލުހުން އެހީތެރިކަމަށް އެދިފައިވާ ފުރަތަމަ ވައްކަމުގެ މައްސަލައަކީ މާލޭ ސިޓީގެ ހުޅުމާލެއިން ކޮށްފައިވާ ވައްކަމެއްގެ މައްސަލައެވެ. އެ މައްސަލާގައި ފުލުހުން ހޯދަމުން ދަނީ ހުޅުމާލޭ ކޮރަލްވިލް ފްލެޓަކުން ވައްކަންކޮށްފައިވާ ކަމުގެ ތުހުމަތުގައި ހޯދާ މީހެކެވެ.
އެ މައްސަލާގައި ތުހުމަތުވާ މީހާގެ ވީޑިއޯ އާންމުކުރަށްވައި، ފުލުހުން ވަނީ އެ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ޕޮލިސްގެ ނަންބަރު 9980062 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދިފައެވެ.
ހުޅުމާލެ ކޮރަލްވިލް ފްލެޓަކުން ވައްކަންކޮށްފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ
ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ޕޮލިސްގެ ނަންބަރު 9980062 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެން.https://t.co/CmpwStbwsJ pic.twitter.com/BG0xE9GkON
— Maldives Police (@PoliceMv) February 14, 2022
ދެވަނަ މައްސަލައިގެ ތުހުމަތުގައި ދަނީ ދެ މީހަކު ހޯދަމުންނެވެ. އެއީ މާލޭ ސިޓީގެ މާފަންނު ގެއަކުން ވައްކަންކޮށްފައިވާ މައްސަލައަކާ ގުޅިގެން އެކަމުގެ ތުހުމަތުގައި ހޯދާ ދެމީހުންނެވެ.
އެ މައްސަލައާއިގުޅޭ ވީޑިއޯވެސް އާންމު ކުރަށްވައި އެ ވީޑިއޯއިން ފެންނަ ދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ މާފަންނު ޕޮލިސްގެ ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
#policemvappeal
މާފަންނު ގެއަކުން ވައްކަންކޮށްފައިވާ މައްސަލައަކާ ގުޅިގެން ދެމީހަކު ހޯދަނީވީޑިއޯއިން ފެންނަ ދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ މާފަންނު ޕޮލިސްގެ ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެން.https://t.co/ClGh4oKXcf pic.twitter.com/MSQkeIGR1s
— Maldives Police (@PoliceMv) February 14, 2022
ރާއްޖޭގައި ވައްކަން އާންމުވެފައިވާއިރު، ދޭތެރެދޭތެރެއިން ފުލުހުން ދަނީ މިގޮތަށް ވީޑިއޯ އާންމުކޮށް އެބާވަތުގެ މައްސަލަތަކުގައި ތުހުމަތުވާ މީހުން ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދެމުންނެވެ.
ރައްޔިތުންގެ ސަލާމަތާއި، ރައްކާތެރިކަމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރަށްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!