އިއްޔެ ރާއްޖެއަށް ރެކޯޑު އަދަދަކަށް ފަތުރުވެރިން އައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނި ގޮތުގައި 2020 ވަނަ އަހަރު ކޯވިޑު ތެރޭގައި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވި ފަހުން އެއްދުވަހެއްގެ ތެރޭ އެންމެ ގިނަ ފަތުރުވެރިން އައި ދުވަހެއެވެ.
އިއްޔެ 7،668 ފަތުރުވެރިން ރާއްޖެ އައެވެ.
އެންމެ ފަހުން ފަތުރުވެރިންގެ އާ ރެކޯޑެއް ހެދީ މިދިޔަ ޑިސެމްބަރު 5ގައެވެ. އެ ދުވަހު 6،269 ޓޫރިސްޓުން ރާއްޖެ އައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިއަހަރު މިހާތަނަށް ރާއްޖެ އައީ 171،982 ފަތުރުވެރިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!