ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ފުރުން ފާހަގަކުރަމުންދާއިރު “ޓޫރިޒަމް ނެތް ހދ“ އަށް ޓޫރިޒަމް ގެނައުމަށް މިސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ހާމަކޮށްފި އެވެ. ހދ. އަތޮޅު ކައުންސިލްގެ ކުރީގެ ރައީސްކަން ކުރައްވާފައިވާ އަދި މިހާރު ޓޫރިޒަމް މިނިސްޓްރީގެ ނައިބްގެ މަގާމު ފުރުއްވަމުން ގެންދަވާ އަޙްމަދު އާތިފް ވިދާޅުވީ “50 އަހަރު ވީއިރު ގާވެފައި ހުރި އެއްޗެއް ހެޔޮކުރަން އިރުކޮޅެއް ވާނެ” ކަމަށެވެ. އަދި ހދ އަތޮޅަށް ޓޫރިޒަމް ގެނައުމަށް މަސައްކަތް ކުރަމުން އަންނަކަމުގައި ވިދާޅުވި...
އިބްރާހިމް އަސްވާޤް
ދިވެހިރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާފަދަ އެއްވެސް ކަމެއް މިހާރު މިއޮތް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ކުރައްވާފައި ނުވާނެ ކަމަށް މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ. މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ ރޭ ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީ (241) ގައި ވާހަކަދައްކަވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ (241) ކޮމިޓީން މިހާރު ވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އިސްވެއޮވެ ހިންގަވާ “އިންޑިއާ އައު...
އަލީ އާދިލް
ނ. މިލަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިލަދޫގައި މަސްތުވާ ތަކެތީގެ ވިޔަފާރި ކުރަން އުޅުނު މީހެއް ހުއްޓުވުމުން، އެމީހާ ހުއްޓުވި ފުލުސް އޮފިސަރަށް އިންޒާރުދީފައިވާ ކަމަށެވެ. އަދި ފުލުސް މީހާގެ ސައިކަލުގައި ރޭ ވަނީ އަލިފާން ރޯކޮށްލާފައި ކަމަށް ވެސް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ. މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ޔުމްނާ ޢަލީ
ޔޫރަޕާލީގުގައި ބުރާސްފަތި ދުވަހުގެރޭ ސުޕެއިންގެ ބާސެލޯނާއާއި އިޓަލީގެ ނަޕޯލީ ބައްދަލުކުރިމެޗް 1-1 ކުން އެއްވަރު ވެއްޖެއެވެ. މެޗުފަށައިގެން ފުރަތަމަ ހަމަލާ ފޮނުވާލާފައި ވަނީ ބާސާއިންނެވެ. މެޗުގެ ފަސްވަނަ މިނެޓުގައި ބާސާގެ ޒުވާން މިޑްފީލްޑަރ ޕެޑުރީ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ހުރަސްދަނޑިމަތިން ބޭރަށެވެ. މީގެ އިތުރުން ވެސް ބާސާގެ ފަރާތުން ގިނަ ހަމާލާތަކެއް ވަނީ ފެނިގެން ގޮސްފައެވެ. މިގޮތުން އެ ޓީމުން މެޗުގައި 18 ހަމަލާއެއް އުފެއްދިއިރު އޭގެތެރެއިން ގޯލާއި އަމާޒު ވެފައިވަނީ ފަސް ހަމަލާއެކެވެ. ނަޕޯލީއި...
އަލީ ރިޔާޟް
ހދ. ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި އިޤްރައު އިންސްޓިޓިއުޓް ގުޅިގެން އެ ރަށުގައި ޤިރާއަތު ތިން ލެވެލްއެއްގެ ކޯސްތަކެއް ހިންގަން ނިންމައި ބައިވެރިން ހޯދުމަށް އިޢުލާން ކޮށްފިއެވެ. މިގޮތުން ޤިރާއަތު ލެވެލް 1، 2، 3 ހިންގުމަށް ހަމަޖެހިފައިވާއިރު މި ތިން ކޯހަކީ ވެސް އެމްކިއުއޭ އެޕްރޫވް ކޯސްތަކެއް ކަމުގައި އެ ކޮމެޓީން ވަނީ ހާމަ ކޮށްފައެވެ. އެ ކޮމެޓީން މި ތިން ކޯހުގައި ބައިވެރި ވުމަށް ފުރުޞަތު ހުޅުވާލައި ކޮށްފައިވާ އިޢުލާނުގައި މި ކޯސްތަކަށް […]
އިބްރާހިމް ޚަލީލް
ރަޝިއާގެ ބިލިއަނަރެއް ކަމަށްވާ އެލީޝާ ބަރަކަނޯވިޗް އަޒްމަނަވްގެ ޕްރައިވެޓް އެއާބަސް އޭ340 ރާއްޖެއަށް އަތުވެއްޖެއެވެ. ރާއްޖޭގެ އޭވިޝަންގެ ހަބަރު ގެނެސްދޭ އޭވިއޭޓަސް މޯލްޑިވްސްގައި ބުނެފައިވާ ގޮތުގައި މި ބޯޓު އައީ މި ހަފިތާ ތެރޭގައެވެ. ނަމަވެސް އެއާ ގުޅޭ އިތުރު މައުލޫމާތެއް އެ ވެބްސައިޓުގައި އާއްމު ކޮށްފައި ނުވެއެވެ. އަޒްމަނަވް މައިނިން އާއި މެޓަލްގެ ވިޔަފާރި ކުރާ ބޭފުޅެކެވެ. އޭނާ އަކީ ރަޝިއާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ މެޓަލޯ އިންވެސްޓްމަންޓުގެ މެޖޯރިޓީ ޝެއާ ހޮލްޑާވެސްމެއެވެ. […]
އަޙްމަދު ވަހީދު
ހއ. އަލިދޫ ރިސޯޓްގެ ކުއްޔަށް 29 މިލިއަން ޑޮލަރު (447 މިލިއަން ރުފިޔާ) ދައްކަން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް ކުންފުނީގެ މައްޗަށް ކުރި ހުކުމް ހައި ކޯޓުން ދަމަހައްޓައިފި އެވެ. ޔޮޓް ޓުއާސުން ކުރިން ހިންގި އަލިދޫ ރިސޯޓް އެ ކުންފުނިން ހިންގި މުއްދަތުގެ ކުލި ނުދެއްކުމުން ކުއްޔާއި ޖޫރިމަނާއަށް 2017 ވަނަ އަހަރާ ހަމައަށް 29 މިލިއަން ޑޮލަރު އަރާފައި އޮތުމުން އެ ފައިސާ ދައްކަން ސިވިލް ކޯޓުން […]
ހުސައިން ހަބީބް
އދ. ދަނގެތީގައި މަރާލި ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރުގެ ގާތިލް ސާލިމް ކިބައިން މަރަށް މަރު ހިފަން މަހްމޫދުގެ ހުރިހާ ވާރިސުން އެދުމުން މައާފަށް އެދި ސާލިމް ކޯޓުގައި އާދޭސްކޮށްފި އެވެ. މިދިޔަ އޮކްޓޫބަރު މަހު މަހްމޫދު މަރާލި މައްސަލާގައި ކުށަށް އިއުތިރާފްވެފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސާލިމްގެ ކިބައިން މަރަށް މަރު ހިފުން ނޫން ގޮތެއް ބޭނުން ނުވާ ކަމަށް މަހްމޫދުގެ ފަސް ދަރިންނާއި އަނބިމީހާގެ އިތުރުން އޭނާގެ މަންމަ ކްރިމިނަލް ކޯޓުގައި މިއަދު ވަނީ ބުނެފަ […]
ހުސައިން ހަބީބް
މި އަހަރު ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިމެނުމުގެ މަސައްކަތުގައި ބައިވެރިވާނެ މީހުން ހޯދަން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިކްސް އިން އިއުލާންކޮށްފި އެވެ. މިއަދު އެ ބިއުރޯއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މި އަހަރުގެ ސެޕްޓެމްބަރު 13 އާއި 14 އަދި އެ މަހުގެ 17-25 އަށް ކުރިއަށް ގެންދާ ބޯހިމެނުމުގައި ޓްރޭނަރުންނާއި އެނިއުމަރޭޓަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ފުރުޞަތު ހުޅުވާލާފައިވަނީ އަންނަ މެއި މަހުގެ 31 ނިޔަލަށެވެ. ތަމްރީނުތަކުގެ ދުވަސްވަރުގަ އާއި ބޯހިމެނުމުގ...
އަލީ އާދިލް
އުރީދޫގެ އެމްފައިސާ މެދުވެރިކޮށް ވައިބަރ އިން ފައިސާ ފޮނުވޭ ހިދުމަތެއް މިއަދު ތައާރަފުކޮށްފި އެވެ. މި ހިދުމަތް ތައާރަފު ކޮށްދެއްވީ އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު ހަސަން އަލް ހަމާދީ އާއި އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒާއި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމެވެ. މި ރަސްމިއްޔާތުގައި ވައިބާރގެ ސީނިއާ ޑިރެކްޓަރު ޑީވިޑް ސޫ ވެސް ވާޗުއަލްކޮށް ބައިވެރިވެވަޑައިގެންނެވިއެވެ. އުރީދޫން ބުނި ގޮތުގައި އެ ކުންފުނިން މި ހިދުމަތް ތައާރަފުކުރީ ވަކިވަކި […]
އަޙްމަދު ވަހީދު
ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން މިދިޔަ އަހަރު އެންމެ ރަނގަޅު ވިޔަފާރި ކޮށްފައިވާ އެޖެންޓުންގެ އަގު ވަޒަންކޮށްފިއެވެ. އެޖެންޓުންގެ އަގު ވަޒަން ކުރުމަށްޓަކައި މިއަދު ބޭއްވި ހަފްލާގައި މިދިޔަ އަހަރު އެންމެ ރަނގަޅު ފަސް އެޖެންޓުން ހޮވައި، ކޮންމެ މީހަކަށް 5000 ރުފިޔާގެ ގިފްޓް ވައުޗަރެެއް ވަނީ ދީފައެވެ. މި ގިފްޓް ވައުޗާޔައް ހަވާލުކޮށްދެއްވީ އެސްޓީއޯ އެނާޖީ އެންޑް ކޮންސްޓްރަކްޝަންގެ ޖެނެރަލް މެނޭޖަރު މުހައްމަދު އީމާންއެވެ. އެސްޓީއޯ ކޮންސްޓްރަކްޝަން އެޖެންޓުން...
އަޙްމަދު ވަހީދު
ހދ. ހަނިމާދޫއިން 200 ބަންޑާރަ ގޯތި ދޫކުރުމުގެ ހުއްދަ ހަނިމާދޫ ކައުންސިލަށް ދީފިއެވެ. ހަނިމާދޫއިން މީހުން ދިރިއުޅުމަށް 3000 އަކަފޫޓުގެ 200 ގޯތި ދޫކުރުމުގެ ހުއްދަ ހައުސިން މިނިސްޓްރީން އެ ރަށު ކައުންސިލަށް ދީފައިވާކަން ހާމަކޮށްފައި ވަނީ އެ ކައުންސިލްގެ ނައިބް ރައީސް ފިރާގު މުޙައްމަދު މިއަދު ކުރެއްވި ޓްވީޓެއްގައެވެ. މިކަން ހާމަކޮށް ފިރާގު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ 11 އަހަރަށް ފަހު ހަނިމާދޫން ބަންޑާރަ ގޯތި ދޫކުރުމަށް ސަރުކާރުން ހުއްދަ ދެއްވައި، ދެއްވި […]
އިބްރާހިމް ޚަލީލް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރެއްވުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް ފޯމް ހުށައަޅުއްވައިފި އެވެ. އެމްޑީޕީގެ ގަމު ދާއިރާގެ ރައީސްކަންވެސް ކުރައްވަމުން ގެންދަވާ، ފައްޔާޒް ފޯމު ހުށަހަޅުއްވާފައިކަމަށް އެމްޑީޕީން ދެންމެ ކުރި ޓްވީޓެއްގައި ވަނީ ބުނެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓަރު ފައްޔާޒު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލެއްވުމަށް ފޯމް ހުށައެޅުއްވީ އޭނާއަށް ތާއީދު ކުރައްވާ އެމްޑީޕީގެ 6،000 ވުރެ ގިނަ މެންބަރުންގެ ސޮޔާއެކ...
އަލީ އާދިލް
ޓޫރިޒަމް މިނިސްޓްރީން މިދިޔަ ޖެނުއަރީ މަހު ރިސޯޓު ތަރައްގީކުރަން ބީލަން ހުށަހެޅުމަށް ފުރުސަތުހުޅުވާލި ރަށްތަކުގެ ލިސްޓުން ށ. ކޮމަންޑޫ ކައިރިން ރިސޯޓު ތަރައްގީކުރުމަށް ދޫކުރުމަށް ޢިއުލާން ކުރިން ތިން ރަށް ވެސް އިއްޔެ އުނިކޮށްފި އެވެ. މިމަހުގެ 5 ވަނަ ދުވަހު އޮތް ށ. ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަނާ ދިމާކޮށް އެރަށް ކައިރި ތިން ރަށެއްގައި ރިސޯޓް ހަދަން ކުއްޔަށް ދޭން ސަރުކާރުން ނިންމާ ޢިއުލާންކުރި ރަށްތަކަކީ ށ. މެދުރަށާއި ށ. މައިރަށާއި […]
ޝިއުނާ އާދަމް
ހއ. އިހަވަންދޫގައި ފައިބަރު އޮޑިދޯނިފަހަރު ބަނުމަށް ވިޔަފާރު އުސޫލުން ބިން ދޫކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. މިކަން ހާމަކޮށް މިއަދު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ފައިބަރުން އޮޑިދޯނި ފަހަރު ބަނުމަށް ވިޔަފާރި އުޞޫލުން ބިން ހޯދުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 20 ފެބްރުއަރީ 2022 އިން ފެށިގެން 28 ފެބްރުއަރީ 2022 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް އެ އިދާރާއަށް ދުރުވެ އެކަމާއި ގުޅުންހުރި މަޢުލޫމާތު ސާފުކުރެއްވުމަށް އެދޭކަމަށެވެ. އެ ކައުންސިލުން […]
އިބްރާހިމް ޚަލީލް
ރާއްޖެ އަށް ޓޫރިޒަމް ތައާރަފުކުރެއްވި އެއް ބާނީ، ފަތުރުވެރިކަމުގެ ދާއިރާގެ ކޮންސަލްޓަންޓް ޖޯޖް ކޯބިން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރާތެއް ކުރައްވައިފިއެވެ. އިޓަލީވިލާތުގެ ޑައިވިންގް ޓުއަރ އޮޕަރޭޓަރެއްގެ ގޮތުން ރާއްޖެއަށް ތަޢާރަފްވި ކޯބިން އަކީ ދިވެހިރާއްޖޭގައި ފަތުރުވެރިކަން ފަށައިގަތުމަށް މުހިއްމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. މިއަދު މެންދުރު ކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދިވެހ...
ޔުމްނާ ޢަލީ
ހއ. އުތީމު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކޮމެޓީން، އެރަށުގައި ކަސްރަތު ޕްރޮގްރާމެއް ހިންގަން ނިއްމައި، ބައިވެރިވާން ފުރުޞަޠު ހުޅުވާލައިފިއެވެ. އުތީމު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކޮމެޓީން ވިދާޅުވި ގޮތުގައި މި ޕްރޮގްރާމް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ދެ ހަފުތާގެ މުއްދަތަށެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ އެރަށުގެ މީހުން ވައިބާ މެދުވެރިކޮށް މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން އެންގުމަށް އެ ކޮމެޓީން ވަނީ އެދިފައެވެ. އެ ކޮމެޓީން މިކަމަށް ޚާއްޞަކޮށްފައިވާ ވައިބާ ނަމްބަރުތަކަކީ، 774...
ޙުސައިން ޝަހުދީ
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ ޕްރިޒަން އޮފިސަރުން ތެރެއިން ފްރޮންޓްލައިންގައި ހަރަކާތްތެރިވާ ޓްރަޔަލްއެއްގެ ގޮތުގައި ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށުމަށް، އެ ތަކެތި ރާއްޖެ އެތެރެކޮށް ޑިސްޓްރިބިއުޓްކުރާ ޒެޓާ ޓެކްނޮލަޖީސްއާ އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ. ބޮޑީ ވޯން ކެމެރާ ދިވެހިރާއްޖެއަށް އެތެރެކޮށް ޑިސްޓްރިބިއުޓްކުރާ ޒެޓާ ޓެކްނޮލަޖީސްއާއެކު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުއ...
ޔުމްނާ ޢަލީ