ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފޯރުކޮށްދެމުން އަންނަ ބައެއް ޚިދުމަތްތަކަށް އާދައިގެ މަތިން މިރޭވެސް ބުރޫއަރާނެކަމުގައި އެ ކުންފުނިން ހާމަކޮށްފިއެވެ.

މިކަމާއި ގުޅިގެން ބީއެމްއެލްއިން މިރޭ ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ މިރޭ ދަންވަރު 01:30 އިން 02:30 އާއި ހަމައަށް މެއިޓެއިނެންސްގެ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

Ad
rt

މިކަމުގެ ސަބަބުން އެ ބޭންކުން ފޯރުކޮށްދެމުން އަންނަ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ އިންޓަރނެޓް ބޭންކިންގް ޙިދުމަތާއި، އޭޓީއެމްތަކާއި ޕީއޯއެސް މެޝިންތަކުން ދޭ ޙިދުމަތްތަކާއި، ޔޫއެސްޑޮލަރ ބުކިންގ ޕޯޓަލްގެ ޚިދުމަތްތައް ހޯދުމުގައި އެ ވަގުތުތަކުގައި ގޮންޖެހުންތަކާއި ކުރިމަތިވާނެ ކަމަށެވެ.

މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ބީއެމްއެލްގެ ފަރާތުން ވަނީ މައާފަށް އެދިފައެވެ.

މިފަހަކުން ބީއެމްއެލްގެ މެއިންޓަރނެންސް އަދި އަޕްގްރޭޑްގެ މަސައްކަތްތައް ކުރުމަށް ކޮންމެ ރެޔަކުހެން އަންނަނީ ޚިދުމަތްތަކަށް ބުރޫ އަރުވަމުންނެވެ. ދަންވަރުގެ ވަގުތުތަކުގައި މިމަސައްކަތް ކުރިއަށްގެންދަނީ ޚިދުމަތް ހޯދާ ފަރާތްތަކަށް އެކަމުން ކުރިމަތިވާނެ ތަކުލީފުތަށް ކުޑަކުރުމަށްކަމަށް ދިވެހިންގެ ބޭންކުން ބުނެއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ބޭންކުގެ ޚިދުމަތްތައްވަނީ ވަރަށް ބޮޑަށް އަންސްޓޭބަލް ވެފަ އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ ފަހުކޮޅުން ފެށިގެން ތިން ހަފްތާއެއްހާ ދުވަހަށް ޚިދުމަތްތައް ކޮންމެ ދުވަހަކުހެން މައްސަލަތައް ދިމާވަމުން ދިޔަ އެވެ. އެފަހަރު ބޭންކުގެ ހިދުމަތްތައް މެދުކެނޑުނީ ކޮންމެހެން ގެންނަ ޖެހޭ އަޕްގްރޭޑިންގެ މަސައްކަތެއް ނިންމާލިއިރު ދިމާވި މައްސަލައެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ސޮއި ކޮށް ހުރިހާ ކަސްޓަމަރުންނަށް ޑިސެމްބަރ މަހުގެ 7 ވަނަ ދުވަހު ވަނީ މައާފުގެ ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ބުނެފައިވަނީ ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް މައާފަށް އެދޭ ކަމަށާއި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދޭން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ނަމަވެސް މިމަސް ފެށުމާއި އެކު އަނެއްކާވެސް ބީއެމްއެލްގެ ޚިދުމަތްތައް ބުރޫއަރައިގެން ރައްޔިތުން ސަކުވާކުރާ އަޑުމިވަނީ ގަދަވެފަ އެވެ.