"އިންޑިއާ އައުޓް" ޖަހައިގެން ދަމާފައި ހުންނަ ބެނާތައް ކެނޑި ނަމަވެސް އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތްގެ ތެރެއިން އެހެން ގޮވުން ނުހުއްޓުވޭނެ ކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ މުޙައްމަދު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގަ އެވެ.
އެ ޓްވީޓްގައި ވަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިސްވެ ހިންގާ "އިންޑިއާ މިލިޓަރީ އައުޓް" ހަރަކާތުގެ ތެރެއިން ރަށެއްގެ މަގެއްގައި ދަމާފައި ހުރި ބެނާ އެއް މީހަކު ކަނޑާލާ ވީޑިއޯ އެއް ހިމަނާފައެވެ.
އެ ޓްވީޓްގައި އޭނާ ވިދާޅުވީ ބެނާ ކަނޑައިގެން އިންޑިއާ އައުޓް ގޮވުމެއް ނުހުއްޓޭނެ ކަމަށެވެ. އަދި ގާނޫނު ހަދާ ބާރުން ރައްޔިތުންނަށް ބިރު ދައްކަން ގާނޫނު ހަރުކަށިކޮށްގެން ވެސް އެހެން ގޮވުން ނުހުއްޓުވޭނެ ކަމަށެވެ.
Bena kandaa ge India out nuhutuvayne gaanoonu hadhaa baarun Raiyythun nah biru dhahkan gaanoonu harukashi kohgen ves nu huhtuvayne pic.twitter.com/YKwzcAbQRH
— Mohamed Ismail (@Muhmed_Ismail) February 15, 2022
މުޙައްމަދު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައިވާ ގޮތުން އެ ވީޑިއޯއިން ފެންނަނީ، ހދ. ހަނިމާދޫގައި އުޅޭ ޕީޕީއެމް،ޕީއެންސީ ސަޕޯޓަރުން، އެރަށުގެ މަގެއް މަތީގައި ދަމާފައިވާ ބެނާއެއް، އެރަށުގެ އެމްޑީޕީގެ އެކްޓިވިސްޓަކު ކަނޑާލާ މަންޒަރު ކަމަށެވެ. ބެނާ ކަނޑާވަރަކުން ދަމާނެ ކަމަށް ވެސް އޭނާ ވަނީ ޓްވީޓްގައި ވިދާޅުވެފައެވެ.
މައުލޫމާތު އެނގޭ މީހަކު ބުނިގޮތުގައި ހަނިމާދޫގައި އިދިކޮޅު ސަޕޯޓަރުން ހަތަރު ވަރަކަށް ފަހަރު މިހާރު ވަނީ "އިންޑިއާ މިލިޓަރީ އައުޓް" ލިޔެ ބެނާ ދަމާފައެވެ. އަލުން ބެނާ ދަމަނީ ކުރިން ދެމި ބެނާ ދެމި ދުވަހުގެރޭވެފައި އަލިވިލޭއިރު ކަނޑާލާފައި އޮންނާތީ ކަމަށްވެއެވެ.
Hanimaadhoo ge maguthakuga dhamamun gendhiya “Indian Military out” Bena thah Kan’dhamun dhaa MDP ge Activist Hanimaadhoo Athireege Ibrahim Ali ( beachy ) Ekan kuramun gendhiya ghothuge video ? Kandaa varakah dhamaanan Inshaa Allah pic.twitter.com/KQVhUvZfHS
— Mohamed Ismail (@Muhmed_Ismail) February 15, 2022
ހަނިމާދޫގައި "އިންޑިއާ މިލިޓަރީ އައުޓް" ޖަހާފައިވާ ބެނާ ދަމަމުން އަންނަނީ ހަނިމާދޫގެ މީހުން އުޅޭ ސަރަހައްދާއި، އެއާޕޯޓް ސަރަހައްދަށް އިން ވަކިކުރެވިފައިވާ ސަރަހައްދުގައެވެ. އަދި މީގެ އަހަރުތަކެއް ކުރިން ހއ. ހަތިފުށިން އެރަށަށް ހިޖުރަކޮށްފައިވާ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުންނަ ފިހާރައެއްގެ ފާރުގައި ވެސް ވަނީ "އިންޑިއާ މިލިޓަރީ އައުޓް" ޖަހާފައެވެ. އެ ފިހާރައަކީ ހަނިމާދޫގައި ގާއިމުވެ ތިބޭ އިންޑިއާ ސިފައިން އާންމުކޮށް ބާޒާރުކުރަން ގޮސްއުޅޭ ފިހާރަ އެކެވެ.
ރާއްޖެގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ހިންގަމުންދާ "އިންޑިއާ މިލިޓަރީ އައުޓް" ކެމްޕޭން ބޮޑު ހަރަކާތެއް ހަނިމާދޫގައި ހިންގަން ނިންމައި އެކަމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ވެސް މުހައްމަދު ކުރިން ވަނީ ވިދާޅުވެފައެވެ.
އިދިކޮޅުން ހަނިމާދޫގައި މި ހަރަކާތް ހިންގަމުންދާއިރު އެރަށަކީ، 30 އަށްވުރެ ގިނަ އިންޑިއާ ސިފައިން ގާއިމުތިބޭ ރަށެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!