އެމެރިކާގެ އިދިކޮޅު ރިޕަބްލިކަން ޕާޓީއިން އެގައުމުގެ ސަރުކާރަށް، ކޮވިޑް19 އާއި ގުޅިގެން އެގައުމުގައި އިޢުލާންކޮށްފައިވާ ޞިއްޙީ ނުރައްކަލުގެ ހާލަތު އުވާލުމަށް ގޮވާލައިފި އެވެ.
އިދިކޮޅުން މިގޮތައް ގޮވާލާފައިވަނީ، 70 އަށްވުރެއްގިނަ ހައުސް ރިޕަޕްލިކަންއިން ސޮއިކޮށް ބައިޑަން އާއި އެގައުމުގެ ހެލްތު އަދި ހިއުމަން ސާރވިސް ސެކެޓެރީއަށް ފޮނުވި ސިޓީއެއްގަ އެވެ.
އެސިޓީގައި ބުނެފައިވަނީ، ކޮވިޑް 19 އިން ދިފާއުވުމަށް ވެކްސިން އުފެދުމާއި ކޮރޯނާ ވައިރަސްއަށް ދެވޭ ފަރުވާތަކުގެ ފެންވަރު ރަނގަޅުވެފައިވާކަމަށް ބުނެއެވެ. އަދި ގިނަ ދުވަސްތަކަކަށް ސްކޫލްތަކާއި އޮފީސްތައް ބަންދުކޮށްފައި ހުންނަ ނަމަ އިޖްތިމާއި އަދި ނަފްސާނީ ބަލިމަޑުކަން އިތުރުވާނެކަން ވަނީ ފާހަގަކޮށްފައެވެ.
ސްކޫލްތައް ހުޅުވުމަށާއި، ޞިއްޙީ ދާއިރާގައި ހުއްޓިފައިވާ އޮޕަރޭޝަންތަކާއި ބޮޑެތި ބަލިތަކަށް ފަރުވާ ދިނުން އަލުން ފަށުމަށްވެސް ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން، އެމެރިކާގައި ކޮވިޑް 19ގެ ހާލަތު ރަނގަޅުވަމުން އަންނަކަން ފާހަގަކޮށްފައިވެއެވެ. އޮމިކްރޯން ވޭރިއަންޓްގެ ކޭސްތައްވެސް އެގައުމުން ފެނިފައިވާއިރު، ކޮރޯނާ ވައިރަސް ޖެހިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރާ މީހުންގެ މިންވަރު ނިސްބަތުން މަދުވެފައިވާކަމަށް ސަރުކާރުން ހާމަކޮށްފައިވާ ވަގުތެއްގައެވެ.
ރިޕަބްލިކަން ޕާޓީގެ ބައެއް މެންބަރުން ވަނީ އަންނަ މާޗްމަހުގެ 15 ގެ ކުރިން ރައީސް ބައިޑެންގެ ޕްލޭންތައް ޤާނޫނު ހަދާ މަޖިލީހަށް ހުށަހެޅުމަށްވެސް ގޮވާލާފައެވެ. އަދި އެންމެ ފަހުން އެކުލަވާލާފައިވާ ޞިއްޙަތާއި ބެހޭ ޤަވައިދުތައް އަންނަ އޭޕްރިލް މަހު މުއްދަތު ހަމަވާނެކަމަށްވެސް މެންބަރުން ވަނީ ފާހަގަކޮށްފައެވެ.
އެމެރިކާ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި ހަފްތާއަށް ބަލާއިރު އެގައުމުގައި ކޮވިޑް ބަލީގައި މަރުވާ މީހުންގެ ނިސްބަތްވެސް ވަނީ މަދުވެފައެވެ. މިހާރު ދުވާލެއްގެ މައްޗަށް މީހުން މަރުވާ މިންވަރު ދަށްވެ، ދުވާލެއްގެ މައްޗަށް 2،300 މީހުން މަރުވެގެން ރެކޯޑު ކުރެވިފައިވާކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ.
ފާއިތުވި ހަފްތާގައި އެމެރިކާގެ ޑޮމޮކްރެޓިކް ލެޑް ސްޓޭޓްތަކުގައި އިންޑޯ ތަންތަނުގައި މާސްކް އެޅުން މަޖުބޫރުކުރުންވެސް ވަނީ އުވާލާފައެވެ.
އިދިކޮޅުން މިގޮތައް ގޮވާލަމުން ދާއިރު އެގައުމުގެ ހޮސްޕިޓަލް ލޮބީ ގުރޫޕްތަކުން އެދެމުންދަނީ ސިއްހީ ނުރައްކަލުގެ ހާލަތު އިތުރު ކުރުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!