ހއ. އިހަވަންދޫގައި ފައިބަރު އޮޑިދޯނިފަހަރު ބަނުމަށް ވިޔަފާރު އުސޫލުން ބިން ދޫކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
މިކަން ހާމަކޮށް މިއަދު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ފައިބަރުން އޮޑިދޯނި ފަހަރު ބަނުމަށް ވިޔަފާރި އުޞޫލުން ބިން ހޯދުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 20 ފެބްރުއަރީ 2022 އިން ފެށިގެން 28 ފެބްރުއަރީ 2022 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް އެ އިދާރާއަށް ދުރުވެ އެކަމާއި ގުޅުންހުރި މަޢުލޫމާތު ސާފުކުރެއްވުމަށް އެދޭކަމަށެވެ.
އެ ކައުންސިލުން އިތުރަށް ވިދާޅުވެފައި ވަނީ މި ފުރުޞަތު ހުޅުވާލެވިފައި ވަނީ ކުންފުނިތަކާއި ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުގެ އިތުރުން އަމިއްލަ ފަރާތްތަކަށް ކަމަށެވެ.
ފައިބަރު އޮޑިދޯނި ފަހަރު ބަނުމަށް ބިން ހޯދުމަށް އެދި ޕްރޮޕޯސަލް ފޯމް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 06 މާރިޗު 2022 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 އަށް އެ އިދާރާއަށް ދުރުވެ ޕްރޮޕޯސަލް ފޯމު ހުށަހެޅުއްވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
މަޢުލޫމާތު ސާފްކުރާ ފަރާތްނޫން އެހެން ފަރާތެއް ޕްރޮޕޯސަލް ފޯމު ހުށަހެޅުމަށް ހާޒިރުވާނަމަ، އެކަން އެނގޭނެ ރަސްމީ ސިޓީއަކާއި އެ ތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނައުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
ހއ. އިހަވަންދޫއަކީ މިހާރު ވެސް ފައިބަގްލާސް މަސްދޯނި ބަނުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށެކެވެ. އިހަވަންދޫއަކީ ރާއްޖޭގެ ނިސްބަތުން މަސްވެރިކަމުގައި ފާހަގަ ކޮށްލެވޭ ރަށެކެވެ. އެ ރަށުގައި ގިނަ އަދަދެއްގެ ބޮޑެތި ފައިބަގްލާސް މަސްދޯނި މަސްވެރިކަމުގައި ބޭނުންކުރަމުން އަންނައިރު އެ އުޅަނޑުތަކަކީ އެ ރަށުގެ އުފެއްދުންތަކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!