ނ. މިލަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިލަދޫގައި މަސްތުވާ ތަކެތީގެ ވިޔަފާރި ކުރަން އުޅުނު މީހެއް ހުއްޓުވުމުން، އެމީހާ ހުއްޓުވި ފުލުސް އޮފިސަރަށް އިންޒާރުދީފައިވާ ކަމަށެވެ.
އަދި ފުލުސް މީހާގެ ސައިކަލުގައި ރޭ ވަނީ އަލިފާން ރޯކޮށްލާފައި ކަމަށް ވެސް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.
މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!