ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން “ފައިގަތަޅާ ފޯރި” ގެ ނަމުގައި ބާއްވާ ފައިގަތަޅާ މުބާރާތް މިއަދު ފަށައިފިއެވެ. މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގެ މެޗުތައް ކުޅޭނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފަލްޓު ސަރަހައްދުގައި ހަދާފައިވާ ބަސް ސްޓޮޕާ ދިމާލުން ބީޗުގައި މިކަމަށް ހާއްސަކޮށްފައިވާ ކޯޓުގައެވެ. ޔުނިކް ސްޕޯޓިން އާއި ސްޕޯޓްސް ކޯޕަރޭޝަން ގުޅިގެން ބާއްވާ، ފައިގަތަޅާ މުބާރާތުގައި 38 ޓީމަކުން ވާދަކުރެއެވެ. އެއީ އި އަންހެން 18 ޓީމާއި ފިރިހެން [...
މުޙައްމަދު ވަސީމް
އިއްޔެ ގަލޮޅު ދަނޑުގައި ޔޯގާ ޑޭ ފާހަގަކުރުމަށް ބޭއްވި ހަރަކާތުގައި ހިނގައިދިޔަ ހަމަނުޖެހުމާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން ފުލުހުންނަށް ފާޑު ކިޔައިފިއެވެ. ޔޫތު މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން ގަލޮޅު ދަނޑުގައި އިއްޔެ ބޭއްވި ހަރަކާތް ހުއްޓުވުމަށް އެތަނަށް ބަޔަކު ވަނީ ގަދަކަމުން ވަދެގަނެފައެވެ. ޝަހާދަތުގެ ދެ ކަލިމަ ލިޔެފައިވާ ދިދަތަކެއް ހިފައިގެން ދަނޑަށް ވަން ބަޔަކު މުޅި ތަނުގައި ދުވެ ހަޅޭއްލަވާ މީހުންނަށް އަނިޔާވެސް ކޮށްފައިވާ މަންޒަރު ފެނުނެވެ. އެ […]
ޔުމްނާ ޢަލީ
އިއްޔެ ގަލޮޅު ދަނޑުގައި ޔޯގާ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތުގައި ހަމަނުޖެހުން ހިންގި މައްސަލާގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި އިއްޔެ އެތަނުން 6 މީހަކު ހައްޔަރުކުރި އިރު މިއަދު ހައްޔަރުކުރި ތިން މީހުންނާއި އެކު ޖުމްލަ 9 މީހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އެކަމަކު މިއަދު ހައްޔަރު ކުރި 3 މީހުންގެ މައުލޫމާތު ފުލުހުން އަދި ހާމައެއް ނުކުރެއެވެ. މި މައްސަލައާ ގުޅިގެން އިއްޔެ ހައްޔަރުކޮށްފައިވަނީ: މުޙައްމަދު ނަދީމް / ކ. […]
ޝިއުނާ އާދަމް
ރިސޯޓްތަކުގައި ކޯވިޑް-19 ފެތުރުން އިތުރުވެފައިވާކަމަށާއި، ކަރަންޓީނާ ގުޅިގެން ރިސޯޓް މުވައްޒަފުންނާމެދު ޢަމަލުކުރާ އިހާނެތި ގޮތްތައް ހުއްޓުވައި ދިނުމަށް ޓޫރިޒަމް އެމްޕްލޯއިމަންޓް އެސޯސިއޭޝަން (ޓީމް) އިން ގޮވާލައިފިއެވެ. ރިސޯޓް މުވައްޒަފުންގެ ޙައްޤުތައް ރައްކާތެރި ކޮށްދިނުމަށް އުފައްދާފައިވާ ރިސޯޓު މުވައްޒަފުންގެ ޖަމްޢިއްޔާ، ޓީމުން ނެރުނު ބަޔާނެއްގައި ވިދާޅުވީ އަނެއްކާވެސް ރިސޯޓުތަކުގެ މުވައްޒަފުން ކަރަންޓީނުކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަމަށެވެ. އެއާއެކު މިގޮތަށް ކަރަންޓީނުކުރ...
ސަނިއްޔާ އަބޫބަކުރު
ރައްޔިތުންގެ މަޖިލިސް މެމްބަރުކަން ކޮށްފައިވާ ފަރާތްތަކަށް ދެމުން އަންނަނީ ނުބައްދަލު އިނާޔަތްތަކެއް ކަމަށް އެ އިނާޔަތްތައް ކަނޑާލަން މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ) އިން ހުށަހަޅައިފިއެވެ. އެމްއެންޕީން މިގޮތަށް ހުށަހަޅާފައި ވަނީ އެ ޕާޓީން ޕެންޝަން އުސޫލަށް ބަދަލު ގެންނަން ހުށަހެޅި މައްސަަ މަޖިލީހުން ބޭރުކޮށްލާފައިވަނިކޮށެވެ. އެ ޕާޓީން ބުނީ 20 -30 އަހަރު ވަންދެން ސަރުކާރަށް ޚިދުމަތް ކޮށްދީފައިވާ ފަރާތްތަކަށް ނުލިބޭ ފަދަ އިނާޔާތްތަކެއް އެންމެ ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރާ ބަޔަކަށް ލިބު...
ޝިއުނާ އާދަމް
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާން ދިނުމާއި ތަމްރީނު ހިންގުމަށް މޯލްޑިވްސް ޕޮލިޓެކްނިކާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އައިޝަތު ނަހުލާއެވެ. އަދި ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަންއެވެ. މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ. ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މިއަދު ސޮއި ކުރެވުނު ފަހުމުނާމ...
ޝިއުނާ އާދަމް
ޔޯގާ ޑޭ ފާހަގަކުރުމަށް އިއްޔެ ބޭއްވި ހަރަކާތް ފުލުހުންނަށް ނުހުއްޓުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި، ފުލުހުންގެ ހަރަކާތްތައް މިއަށް ވުރެ ވަރުގަދަކުރާނެ ކަމަށް ކޮމިޝަނަރ އޮފ ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ. ޔޫތު މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން ގަލޮޅު ދަނޑުގައި އިއްޔެ ބޭއްވި ހަރަކާތް ހުއްޓުވުމަށް އެތަނަށް ބަޔަކު ވަނީ ގަދަކަމުން ވަދެގަނެފައެވެ. ޝަހާދަތުގެ ދެ ކަލިމަ ލިޔެފައިވާ ދިދަތަކެއް ހިފައިގެން ދަނޑަށް ވަން ބަޔަކު މުޅި ތަނުގައި ދުވެ ހަޅޭއްލަވާ...
ޝިއުނާ އާދަމް
ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ ދީނީ އިލްމުވެރިޔާ ޝައިހު އަހުމަދު ސަމީރަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. މި މައްސަލަ ފެންމަތިވީ ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި އެކަމާ ދެކޮޅަށް ވާހަކަދެއްކުމުގެ ތެރެއިންނެވެ. އެގޮތުން ޝައިހު ސަމީރުގެ ޕޯސްޓެއް މީހަކު ފޭސްބުކުގައި ޝެއާކޮށްފައި ވަނިކޮށް އެއަށް ކޮމެންޓު ކުރި މީހަކު ވަނީ އޭނާ އަށް މަރުގެ އިންޒާރުދީ ކޮމެންޓުކޮށްފައެވެ. އެކަމާ ގުޅިގެން ފުލުހުން ބުނީ އެކަމާ ގުޅިގެން ފުލުހުން […]
ޝިއުނާ އާދަމް
ގެއެއްގެ ރުކުން ވަގަށް ކާށި އެޅި މީހަކު 7،200ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ގދ. ފަރެސްމާތޮޑާ، ފަރެސް އަވަށު، ނިރު އިބްރާހިމް ފުޒޫލްގެ މައްޗަށް އެ ހުކުމް 2020 ވަނަ އަހަރުގެ ފަހުކޮޅު އެރަށު ގެއެއްގެ ދެ ރުކަކުން ވަގަށް ކާށި އެޅުމުންނެވެ. ވަގަށް އެޅި ކާށީގެ އަދަދެއް ނޭނގެ އެވެ. އެހެން މީހެއްގެ މުދަލަށް ހުއްދަނޫން ގޮތުގައި ބާރު ހިންގިކަމުގެ ދައުވާއަށް އޭނާ ކޯޓުގައި އެއްބަސްވި އެވެ. އެ ކުށުގެ […]
ހުސައިން ހަބީބް
ދުނިޔޭގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އަންހެނުން ބާކީނުކޮށް، އިތުބާރާއި އެއް ރޫޙެއްގައި މަސައްކަތްކުރަންޖެހޭ ކަމަށް، މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ. މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ، ރުވާންޑާގެ ވެރިރަށް ކިގާލީގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ވިމެންސް ފޯރަމްގެ “ސެޝަން އޮން ވިމެންސް އެންގޭޖްމަންޓް އިން ޕީސް އެންޑް ސެކިއުރިޓީ” ގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއީ ކޮމަންވެލްތު ވިމެންސް ފޯރަމްގައި ދިވެހިރާއްޖޭގެ ވަޒީރަކު ވާހަކަފުޅު ދެއްކެވި ފުރަތ...
ޝިއުނާ އާދަމް
ޔޫތު މިނިސްޓްރީއާ ގުޅިގެން، ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުން އިއްޔެ ނެޝަނަލް ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތުގައި ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރު ކުރި ހަ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި އެވެ. ފުލުހުން ބުނީ، އިއްޔެ ހެދުނު ނެޝަނަލް ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ ހަރަކާތަށް ހުރަސް އަޅައި އެ ހަރަކާތުގައި ބައިވެރިވި ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން އަދި އާންމުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭ ގޮތަށް އެތަނަށް ބަޔަކު ވަދެގަނެ ބައެއް މީހުންނަށ...
އަލީ އާދިލް
ކުރީގެ ފިރިމީހާ މަރާލި މައްސަލާގައި އުމުރަށް ޖަލަށްލާފައިވާ މަރިޔަމް ނަޒާހާ ދުރާލާ ރާވައިގެން ކުރީގެ ފިރިމީހާ މަރާލީ ކަމަށް ދައުލަތުން ބުނާތީ ނަޒާހާގެ ވަކީލް ސުޕްރީމް ކޯޓުގައި މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ. ޖޫން، 2010 ގައި މާލޭގައި ނަޒާހާގެ ކުރީގެ ފިރިމީހާ މއ. އެދުރުގޭ، ހަސަން ޝާހިދަށް ވަޅިން ހަމަލާދިން މައްސަލާގައި ނަޒާހާ އުމުރަށް ޖަލަށްލި ހުކުމް ހައި ކޯޓުން ދެމެހެއްޓި މައްސަލަ ނަޒާހާގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. ސުޕްރީމް ކޯޓުގައި […]
ހުސައިން ހަބީބް
“އާންމު ރައްޔިތުންގެ ޕާޓީ”ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދިން ހުއްދަ ބަތިލުކޮށްފިއެވެ. އާންމު ރައްޔިތުންގެ ޕާޓީގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައި ވަނީ ސ. ހިތަދޫ ކަނަދޫގެ އަހުމަދު ސައީދަށެވެ. އޭނާ އަށް އީސީން އެ ހުއްދަ ދިނީ މިދިޔަ އަހަރުގެ ފެބްރުއަރީ 20 ވަނަ ދުވަހުއެވެ. އީސީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު މިއަދު ވިދަޅުވީ، އާންމު ރައްޔިތުންގެ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި އީސީން […]
ޔުމްނާ ޢަލީ
މާލޭގެ ގޯއްޗެއްގައި ހުރި މުރަނގަފަތް ގަހަކުން ވަގަށް މުރަނގަ ފަތް ބިން މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފައިވާ މީހާ އަދިވެސް ނުފެންނަ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ. މިކަމާއި ގުޅޭގޮތުން ފުލުހުން “ތިލަދުން” އަށް ވިދާޅުވީ، ތަކުރާރުކޮށް ވަގަށް މުރަނގަފަތް ބިންނަ މީހާ އަދިވެސް ހައްޔަރު ނުކުރެވޭ ކަމަށާއި އެމީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަކަމަށެވެ. ބަނޑޭރިކޮށި ގޯއްޗެއްގައި ހުރި ގަހަކުން މަގުމައްޗާވީ ފަޅުން ފަތް ބިންނަ ވީޑިއޯ އާންމުކޮށް، އެމީހާ ހޯދުމަށް […]
އަލީ އާދިލް
ށ. ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން މޭކަޕް ކޯހެއް ހިންގަން ނިންމައިފިއެވެ. ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން މިކަމަށް ކުރި އިއުލާނެއްގައި ބުނީ އެ ކޮމެޓީން އިންތިޒާމް ކޮށްގެން ބާއްވާ މޭކަޕް ކޯސް އޮންނާނީ އަންނަ އޯގަސްޓް މަހު ފުރަތަމަ ދުވަހުން ފެށިގެން ކަމަށެވެ. އެހެން ކަމުން މި ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި އަންނަ ޖުލައި މަހުގެ 15 ގެ ކުރިން ނަންނޯޓު ކުރުމުގެ ފުރުސަތު މިހާރު ވަނީ ނަރުދޫ އަންހެނުންގެ […]
ސަނިއްޔާ އަބޫބަކުރު
އުރީދޫ ނޭޝަން ރާއްޖޭގައި ތައާރަފްކުރުމަކީ، ގޭމިން ދާއިރާގައި ޕްރޮފެޝަނަލް ބަޔަކަށް ދިވެހި ޒުވާނުން ވެ، އިތުރު ހަރުފަތަކަށް ވާސިލްވުމަށް، ލޯކަލް ގޭމިން ކޮމިއުނިޓީ ބާރުވެރިކުރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚަމަދު އަލް ހަމާދީ ވިދާޅުވެއްޖެ އެވެ. އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚަމަދު އަލް ހަމާދީ މިހެން ވިދާޅުވީ ރޭ އުރީދޫ މޯލްޑިވްސްއިން ބައިނަލްއަގުވާމީ ގޭމިން ޕްލެޓްފޯމް، “އުރީދޫ ނޭޝަން-ގޭމާސް ލޭންޑް” ރާއްޖެއަށް ތައާރަފްކޮށްދެއްވުމަށް ބޭއްވި...
އިބްރާހިމް އަސްވާޤް
މައްސަލަ ބޮޑުވެފައިވާ ބާ އިމްތިހާން އެންމެ ފަހުން ފަސްކޮށްފިއެވެ. ގާނޫނީ ވަކީލުކަން ކުރުމަށް ލައިސަންސް ނުވަތަ ހުއްދަ ހޯދުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ބާ އިމްތިހާން ފަސްކުރަން ނިންމިކަން އިޢުލާން ކުރެއްވުމަށް ބާ ކައުންސިލުން ނެރުނު ބަޔާނެއްގައި ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ކުރިން ނިންމާފައިވާ ބާ އިމްތިހާން އަންނަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހަށް ފަސްކުރަން ނިންމާފައިވާ ކަމަށެވެ. ބާ ކައުންސިލުން ބުނީ މި މަހުގެ 25 ވަނަ ދުވަހު އިމްތިހާން ހެދުމަށް […]
ސަނިއްޔާ އަބޫބަކުރު
ބޮޑުތިލަދުންމަތީގެ 13 ރަށެއްގެ ލޭންޑްޔޫސް ޕްލޭން ހަދަން އެލްޖީއޭއިން ޙަވާލު ކޮށްފިއެވެ. އެލްޖީއޭގައި ބޭއްވި ރަސްމިއްޔާތެއްގައި ބޮޑުތިލަދުންމަތީގެ 13 ރަށެއް ހިމެނޭހެން ޖުމުލަ 18 ރަށެއްގެ ޓޮޕްގުރަފިކް ސަރވޭ އަދި ލޭންޑްޔޫސް ޕްލޭން ތައްޔާރު ކުރުމަށް ޙަވާލު ކޮށްފައިވަނީ އީޕޮކް އެސޯސިއޭޓްސް ޕ.ވ.ޓ ލިމިޓެޑް ކިޔާ ދިވެހި ކުންފުންޏަކާއެވެ. އީޕޮކް އެސޯސިއޭޓްސް އިން މި މަސައްކަތް ކުރާނީ ޗެރެޓް ސްޓޫޑިއޯޒް އާއި އެކު އެސޯސިއޭޓް ވެގެންނެވެ. އެލްޖީއޭގައި އިއްޔެ ސޮއި ކޮށްފައިވާ މި އެއްބަސްވުމުގެ އަގު 1.4 މިލިއަން...
ސަނިއްޔާ އަބޫބަކުރު