އިއްޔެ ގަލޮޅު ދަނޑުގައި ޔޯގާ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތުގައި ހަމަނުޖެހުން ހިންގި މައްސަލާގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި އިއްޔެ އެތަނުން 6 މީހަކު ހައްޔަރުކުރި އިރު މިއަދު ހައްޔަރުކުރި ތިން މީހުންނާއި އެކު ޖުމްލަ 9 މީހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އެކަމަކު މިއަދު ހައްޔަރު ކުރި 3 މީހުންގެ މައުލޫމާތު ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
މި މައްސަލައާ ގުޅިގެން އިއްޔެ ހައްޔަރުކޮށްފައިވަނީ:
މުޙައްމަދު ނަދީމް / ކ. ތުލުސްދޫ، ވީނަސް، 43އ
މުޙައްމަދު ޛިލްޔަން / ކ. މާލެ، މއ. ކަނުހުރާ، (37އ)
ޝާމީ ރަޝާދު އިދްރީސް / ކ. މާލެ، ދަފްތަރު ނަންބަރު ދރ 1105، (30އ)
މުޙައްމަދު މަޢުޞޫމް / ތ. މަޑިފުށި، ހެޕީސައިޑް، (40އ)
މުޙައްމަދު ޙުސައިން / ހއ. ތުރާކުނު، ގްރީންހައުސް، (47އ)
އަމީން އަޙްމަދު / ގދ. ރަތަފަންދޫ، ލިލީޕާރކް، (35އ)
މުޙައްމަދު ނަދީމާއި މުޙައްމަދު މަޢުޞޫމާއި މުޙައްމަދު ޙުސައިންގެ އިތުރުން އަމީން އަޙްމަދެވެ. ގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ 60 ދުވަހުގެ ބަންދު ޖަހާފައެވެ. އަދ މުޙައްމަދު ޛިލްޔަން އާއި ޝާމީ ރަޝާދު އިދްރީސް ބަންދުކޮށްފައި ވަނީ ފަސް ދުވަހަށެވެ.
މި މައްސަލަ އަކީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ބަލަމުން އަންނަ މައްސަލައެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!