އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާން ދިނުމާއި ތަމްރީނު ހިންގުމަށް މޯލްޑިވްސް ޕޮލިޓެކްނިކާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އައިޝަތު ނަހުލާއެވެ. އަދި ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަންއެވެ.

Ad
rt

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ. ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މިއަދު ސޮއި ކުރެވުނު ފަހުމުނާމާގެ ތެރެއިން ޕޮލިޓެކްނިކާއި ޓްރާންސްޕޯޓު މިނިސްޓްރީގެ ތެރެއިން ތިއަރީ ޓެސްޓުގެ ޚިދުމަތް މީގެ ކުރިން ވެސް ކުރިއަށް ގެންދަވާ ކަން ފާހަގަ ކުރައްވާފައެވެ. އަދި ގަރާޖުތަކުގައި ޓްރާންސްޕޯޓުން ބޭނުންވާ ފެންވަރުގެ ފުރުސަތު ޕޮލިޓެކްނިކަށް ލިބިގެންދާ ކަން މިނިސްޓަރ ފާހަގަ ކުރެއްވި އެވެ.

" މި ފަހުމުނާމާގެ ތެރެއިން އަޅުގަނޑު އުފާވާ ކަމަކީ ޕޮލިޓެކްނިކްގެ ޓްރަސްޓު ފަންޑަށްވެސް ހެޔޮ ގޮތެއް މެދުވެރިވެގެން ދާކަން. މިއީ އަޅުގަނޑުމެންނަށް މީގެ ތެރެއިން ލިބޭ ވަރަށް މުހިއްމު ފައިދާއެއް."

މިނިސްޓަރ ވިދާޅުވި އެވެ.

ޓްރާންސްޕޯޓު ދާއިރާއަކީ ވަރަށް ގިނަ ތަފާތު ސްކިލްސްތަކެއް އެކުލެވޭ މަސައްކަތްތަކެއް ހިމެނޭ ވުޒާރާއަކަށް ވާއިރު އެ ވުޒާރާގައި ހިމެނޭ މަސައްކަތްތަކަކީ ސްޓޭންޑަރޑް ތަކާއި އެއްގޮތަށް ކޯސްތައް ހިންގާ ދާއިރާއަކަށް ވުމަކީ އެމަނިކުފާނުގެ ހުވަފެންފުޅެއް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވީ ސޮއި ކުރެވުނު އެމްއޯޔޫގެ ސަބަބުން ޕޮލިޓެކްނިކުން ތަމްރީނު ކުރުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ. މާލެ ސަރަހައްދުގައި ރޯޑް ވާދިނަސް ހެދެމުންދާ ގަރާޖުތަކުގައި ތިބޭނީ ޕޮލިޓެކްނިކުން ޓްރެއިންވެފައި ތިބި މީހުން ކަމަށެވެ.
"އޭގެ އެއްފައިދާއެއްގެ ގޮތުގައި އަޅުގަނޑު ފާހަގަ ކުރަނީ ރޯޑް ވާދިނަސް ހެދޭ ކޮންމެ ގަރާޖެއްގައި ދިވެއްސެއް ހުރުމުގެ މުހިއްމު ކަން. އޭގެ ސަބަބުން ވަޒީފާގެ ފުރުސަތު ވެސް އިތުރަށް ތަނަވެސް ވެގެ ދާނެ. ޕޮލިހުންނަށް ވެސް މި ކަންތައްތައް މޮނިޓަރ ކުރަން ވެސް ފަސޭހަ ވެގެންދާނެ."

މިނިސްޓަރ ނަހުލާ ވިދާޅުވި އެވެ.

މި ފަހުމުނާމާގެ މަޤްސަދަކީ
• އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިޙާންދިނުން
• އެއްގަމު އުޅަނދު ދުއްވުމާއި ގުޅޭ ތަމްރީން ޕްރޮގްރާމްތައް ހިންގުން
o ސެޓްފިކްޓް އިން ވެހިކަލް އިންސްޕެކްޝަން
o ސެޓްފިކެޓް 3 އިން ޑްރައިވިންގ އެގްޒެމިނަރ
o ސެޓްފިކްޓް 3 އިން ޑްރައިވިންގ އިންސްޓްރަކްޓަރ