ބޮޑުތިލަދުންމަތީގެ 13 ރަށެއްގެ ލޭންޑްޔޫސް ޕްލޭން ހަދަން އެލްޖީއޭއިން ޙަވާލު ކޮށްފިއެވެ.

އެލްޖީއޭގައި ބޭއްވި ރަސްމިއްޔާތެއްގައި ބޮޑުތިލަދުންމަތީގެ 13 ރަށެއް ހިމެނޭހެން ޖުމުލަ 18 ރަށެއްގެ ޓޮޕްގުރަފިކް ސަރވޭ އަދި ލޭންޑްޔޫސް ޕްލޭން ތައްޔާރު ކުރުމަށް ޙަވާލު ކޮށްފައިވަނީ އީޕޮކް އެސޯސިއޭޓްސް ޕ.ވ.ޓ ލިމިޓެޑް ކިޔާ ދިވެހި ކުންފުންޏަކާއެވެ.

Ad
rt

އީޕޮކް އެސޯސިއޭޓްސް އިން މި މަސައްކަތް ކުރާނީ ޗެރެޓް ސްޓޫޑިއޯޒް އާއި އެކު އެސޯސިއޭޓް ވެގެންނެވެ.

އެލްޖީއޭގައި އިއްޔެ ސޮއި ކޮށްފައިވާ މި އެއްބަސްވުމުގެ އަގު 1.4 މިލިއަން ރުފިޔާއަށް އަރައެވެ.

މި މަސައްކަތް ތިން މަސް ދުވަސް ތެރޭގައި ނިންމުމަށް ކަނޑައަޅާފައި ވާއިރު، ލޭންޑްޔޫސް ޕްލޭން ހަދަން އިއްޔެ ޙަވާލު ކޮށްފައިވާ ރަށްތަކަކީ، ހއ. މާރަންދޫ, ހއ. ވަށަފަރު, ހއ. ތަކަންދޫ, ހއ. މޮޅަދޫ, ހދ. ކުރިނބީ, ހދ. ހިރިމަރަދޫ, ށ. ފޯކައިދޫ, ށ. ފޭދޫ, ށ. ޅައިމަގު, ށ. ނަރުދޫ, ށ. ނޫމަރާ, ށ. މަރޮށި, ށ. ކޮމަންޑޫގެ އިތުރުން ރ. އަލިފުށި, ރ. މަޑުއްވަރީ, ރ. މާކުރަތު, ރ. ވާދޫ, ރ. ރަސްގެތީމެވެ.

ފަހަކަށް އައިސް ރަށް ރަށުގެ ތަރައްގީއަށް ބޭނުންވާ ލޭންޑް ޔޫސް ޕްލޭން ނުހެދުމުގެ މައްސަލަ ބޮޑުވެފައި ވާއިރު، ގިނަ ރަށްތަކުން މި ޕްލޭން ތައްޔާރު ކުރުމަށްފަހު، ކަމާބެހޭ ވުޒާރާއަށް ހުށަހަޅާފައި ވީނަމަވެސް ފާސްވެފައި ނުވާކަން ވަނީ ފާހަގަވެ ސަރުކާރުގެ ސަމާލުކަމަށް ގެނެވިފައެވެ.

އެއާއެކު ލޭންޑްޔޫސް ޕްލޭން ނުނިމުމުގެ ސަބަބުން ރަށްތައް ތަރައްގީ ކުރުމަށް ޓަކައި ކައުންސިލް ތަކަށް ދަނީ ބޮޑެތި ގޮމްޖެހުންތަކެއް ކުރިމަތިވަމުން ކަމުގައި ކައުންސިލް ތަކުން ފާހަގަ ކޮށްފައި ވެއެވެ.